17 މާޗް 2021
ފްލޮރިޑާ (މާޗް 17) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮތް ދޫކުރައްވައި، ކޮރޯނާވައިރަހުގެ ވެކްސިން ޖެހުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެންމެ ފަހުން ހިތްވަރު ދެއްވައިފި އެވެ.
ފްލޮރިޑާ (މާޗް 17) - އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮތް ދޫކުރައްވައި، ކޮރޯނާވައިރަހުގެ ވެކްސިން ޖެހުމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް އެންމެ ފަހުން ހިތްވަރު ދެއްވައިފި އެވެ.
ރައީސްކަމުގައި ހުންނެވިއިރު ވެކްސިން ޖެހުމަށް އެހާ ބޮޑަށް ޓްރަމްޕް ބާރު އަޅުއްވައިފައެއް ނުވެ އެވެ. ދުނިޔޭގައި ތިއްބެވި އެމެރިކާގެ ކުރީގެ ހުރިހާ ރައީސުން ވެސް ވެކްސިން ޖެހުމަށް ހިތްވަރު ދެއްވި އިރު ޓްރަމްޕް ހުންނެވީ ހިމޭނުންނެވެ. ޓްރަމްޕް ވެކްސިން ޖައްސަވާނެ އިރަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ވެސް ޖަވާބު ދެއްވައިފައެއް ނުވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ވަނީ ޖެނުއަރީ މަހު ވައިޓް ހައުސްގައި ސިއްރުން ވެކްސިން ޖައްސަވައިފަ އެވެ. ނަމަވެސް ޓީވީ އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ ވެކްސިނަކީ ރައްކާތެރި އެއްޗެއް ކަމަށާއި ކޮވިޑް ވެކްސިން ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕުގެ ކޮންޒަވެޓިވް ފޭން ބޭސް އަކީ ވެކްސިން ޕްރޮގްރާމްއާ އެންމެ ދެކޮޅު ގްރޫޕެވެ.
"އަޅުގަނޑަށް ވޯޓު ދިން އެތައް ބައެއްގެ ކިބައިން މި އެދެނީ ވެކްސިން ޖެހުމަށް،" ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ. "އެއީ ރަނގަޅު، ރައްކާތެރި ވެކްސިނެއް."
ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކެވުމުގެ އެއް ދުވަސްކުރިން ރައީސް ޖޯ ބައިޑަން ވަނީ ބައެއް ކޮންޒަވެޓިވުން ވެކްސިން ޖަހަން ދެކޮޅު ހަދާތީ އެކަމުގެ ހިތްހަމަނުޖެހުން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ޖެން ސާކީ ވިދާޅުވީ ރައީސް ޓްރަމްޕް މާދަމާ ހެނދުނު ނިދިން ހޭފުޅުލައްވައިގެން، ވެކްސިންގެ ރައްކާތެރިކަމާ މެދު ވާހަކަ ދައްކަވައިފި ނަމަ އެކަމަށް ތާއީދު ކުރައްވާނެ ކަމަށެވެ.
"އެމެރިކާގެ ކުރީގެ ހުރިހާ ރައީސުން ވެސް ވަނީ ވެކްސިން ކެމްޕޭނުތަކުގައި ބައިވެރިވެވަޑައިގެންފައި. ކަރުދާހުގައި ކަނޑާނަގާފައިވާ ދައުވަތެއް އެބޭފުޅުންނަކަށް ނުދެން،" ތަރުޖަމާން ވިދާޅުވި އެވެ.
ޓްރަމްޕަށް ކޮވިޑްގެ ހާލަތު ބަދަލުކޮށްލެވިދާނެ: ފައުޗީ
ވެކްސިން ދަނީ ގަސްދުގައި ލަސްކުރަމުން: ޓްރަމްޕް
ޓްރަމްޕް ސަރުކާރުން ޗާގޯސް ޑީލަށް ހުރަސް އަޅާފާނެ
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕުގެ ދައުވާއާ މެދު ގޮތް ނިންމުން ފަސްކޮށްފި
ޓްރަމްޕަށް ސާބިތުވި ދައުވާ ބާތިލްކުރާނެތޯ ނިންމަނީ
ޓްރަމްޕާ އެކު ސުލްހަޔަށް މަސައްކަތްކުރާނަން: އައްބާސް
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ޓްރަމްޕާއި ނަތަންޔާހޫގެ ކޯލެއް، އީރާންގެ ވާހަކަ ދެއްކި
ޓްރަމްޕު އެނބުރި އައުމުން ޔޫރަޕުގައި ހާސްކަން