16 މާޗް 2021
ނުވަ އަހަރުގެ ކުއްޖަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު ދަށު ކޯޓުން ސަލާމަތްވެފައި ވަނިކޮށް، އޭނާ 14 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ނުވަ އަހަރުގެ ކުއްޖަކަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މީހަކު ދަށު ކޯޓުން ސަލާމަތްވެފައި ވަނިކޮށް، އޭނާ 14 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އދ. ގެ އަތޮޅުގެ ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކަށް 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި އެ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓެއްގައި މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުންނެވެ. ދައުވާ ލިބޭ މީހާގެ މައުލޫމާތު ޚަބަރުގައި ހިމަނާފައި ނުވަނީ އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އަނިޔާ ލިބުނު ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ކިޔައިި ދިނުމުގެ އިތުރުން އެ ކުއްޖާގެ މައިންބަފައިންނަށް އެ ކުއްޖާ ކިޔައިދީފައިވާ ވާހަކަތައް ދިމާވާ ކަމަށެވެ. އެ ކުއްޖާ ކިޔައިދީފައިވާ ވާހަކަތަކަށް ބަލާއިރު، އެއީ ހަގީގަތެއް ކަމަށް ގަބޫލު ކުރެވޭ މިންވަރަށް ތަފްސީލުތައް އެ ކުއްޖާ ކިޔައިދީފައިވާ ކަމަށާއި އެ ކުއްޖާގެ ބުނުމަށް ބާރު ލިބޭ އިތުރު ހެކި ވެސް އެބަހުރި ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މީހާ އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އޭނާ 14 އަހަރަށް ޖަލަށްލާން ހުކުމްކުރާ ކަމަށެވެ.
ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ހުސައިން މަޒީދެވެ.
ޔުނާން ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ތިން އަހަރުގެ ކުއްޖަކާ ބެހުނު މީހާ ސަލާމަތެއްނުވި
ކުއްޖާގެ ބަޔާން ބަދަލު ކުރިޔަސް، ސަލާމަތެއް ނުވި
ކުއްޖަކާ ބެހުނުކަމަށް ތުހުމަތުވާ ބައްޕަ އަލުން ބަންދަށް
ތަހުގީގުކުރި ގޮތުން ބޮޑު ހުކުމަކުން ސަލާމަތްވެއްޖެ
އެއް ކަމެއް، ދެ ނިންމުމެއް: އޮޅުން ބޮޅުމަކަށް
އެއް ކަމެއްގައި ހައި ކޯޓުގެ ހުކުމް ދެ ގޮތަކަށް!
ޖިންސީ ގޯނާގެ ދައުވާލިބޭ ޓީޗަރަކު އަލުން ބަންދަށް
ޖިންސީ އަމަލު ހިންގުވައިގެން ޖަލަށްލި މަންމަ މިނިވަން
ހަތަރު ބެއިންނާ ބެހުނު މައްސަލަ އަލުންބަލަން އަންގައިފި