Roadha Mihaaru
ރޯދަ މަހު ފިޔާ، އަލުވި، ބިހުގެ އަގު ހެޔޮވާނެ

ރޯދަ މަހު ފިޔާ، އަލުވި، ބިހުގެ އަގު ހެޔޮވާނެ: ރެޑްވޭވް

16 މާޗް 2021

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކުރަން ރެޑްވޭވުން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކުރަން ރެޑްވޭވުން ނިންމައިފި އެވެ.

އެ ފިހާރައިން ބުނީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހާ ދިމާކޮށް އެ ތަކެތީގެ އަގު އުފުލުނު ނަމަވެސް މި އަހަރުގެ ރޯދަ މަހު ހެޔޮ އަގުގައި އެ ތަކެތި ވިއްކަން އެ ފިހާރައިން މަސައްކަތް ކުރަމުން އަަންނަ ކަމަށެވެ. އެގޮތުން، މިހާރު ވެސް އެ ފިހާރައިން ވިއްކާ ބިހުގެ އަގު 1.50ރ. އަށް ދަށް ކޮށްފައިވާ ކަމަށް ރެޑްވޭވުން ބުންޏެވެ.

މީގެ އިތުރުން އަލުވި އާއި ފިޔާގެ އާ ޝިޕްމަންޓް އައުމާއެކު އެ ތަކެތީގެ އަގުވެސް ހެޔޮ ކުރާނެ ކަމަށް ރެޑްވޭވުން ބުންޏެވެ. ރޯދަ މަސް ނިމެންދެން މިތަކެތި ވިއްކާނީ ހެޔޮ އަގުގައި ކަމަށް ވެސް އެ ފިހާރައިން ބުންޏެވެ.

ފިޔާ، އަލުވި އަދި ބިހުގެ އިތުރުން އެ ފިހާރައިން ވިއްކާ ހައިސެންސް އާއި ޝާޕް ބްރޭންޑުގެ އުފެއްދުންތައް ވެސް ރޯދަ މަހާ ދިމާކޮށް އަގު ހެޔޮވާނެ ކަމަށް ރެޑްވޭވުން ބުންޏެވެ.