Roadha Mihaaru
އާމިރުގެ ދަރިފުޅު ޖުނައިދު މުޅިން ތަފާތުކޮށް

އާމިރު ޚާންގެ ދަރިފުޅު ޖުނައިދު މުޅިން ތަފާތުކޮށް

13 މާޗް 2021

އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު އޭނާ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންގެ ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު އޭނާ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ބުދަ ދުވަހު އާމިރާ އެކު އަންހެން ދަރިފުޅު އިރާ ޚާނާއި ޖުނައިދު ފެނުނު އިރު މީޑިއާތަކުގެ ސަމާލުކަން ހުއްޓުނީ ޖުނައިދު ވަރަށް ހިކިކޮށް ފެނުމާ ގުޅިގެންނެވެ. ބެލެވޭ ގޮތުން މިއީ އޭނާގެ ފުރަތަމަ ފިލްމު "މަހާރާޖާ" ގެ ކެރެކްޓާ އަށް ގެނައި ބަދަލެކެވެ. އަދި ޖުނައިދު ހުރީ ވަރަށް ހިމަ ސްޓައިލަކަށް މަތިމަހެއް ވެސް ލައިފަ އެވެ.

ކުރިން ޖުނައިދަނީ ބޯކޮށް ތުނބުޅި މަތިމަސް ހުރި ޒުވާނެކެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ "މަޖާރާޖާ" ގައި ޖުނައިދު ކުޅެނީ އިންޑިއާގެ ވަރަށް ކުރީގެ ނޫސްވެރިއެއް ކަމަށްވާ ކަރްސަންދާސް މުލްޖީގެ ރޯލެވެ. މި ފިލްމަކީ 1862 ގައި އިންޑިއާގައި ފެންމަތިވި ޖިންސީ މައްސަލަތަކެއްގެ ވާހަކަ ގެނެސްދިން ނޫސްވެރިންތަކަކާ ދެކޮޅަށް ކުރި ދައުވާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ އެއްޗެކެވެ.

"ހިޗްކީ" އާއި "ވީ އާ ފެމިލީ" ގެނެސްދިން ސިދާތު ޕީ މަލްއުތުރާ ޑައިރެކްޓްކުރާ "މަހާރާޖާ" ގެ ކާސްޓްގައި ޝާލިނީ ޕާންޑޭ އާއި ޝަރުވާރީ ވާގްގެ އިތުރުން ޖައިދީޕް އަހުލުވާތު ވެސް ހިމެނެ އެވެ. މި ފިލްމުގެ ޝޫޓިން ފެށީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ.

ފިލްމުގެ ކެރެކްޓާ އަށް ޖުނައިދު ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަކީ މާ ހައިރާންޖެހޭ ވަރުގެ ކަމެއް ވެސް ނޫނެވެ. ސަބަބަކީ އޭނާގެ ބައްޕަ އާމިރަކީ އެފަދަ ބަދަލުތަކަށް ބޮލީވުޑްގައި އެންމެ އަރާހުރި އެކަކު ކަމަށްވުމެވެ. އެހެންވެ ބައްޕަގެ ފިޔަވަޅު މަތިން ޖިނައިދު ކުރިއަށް ދިއުމަކީ ނުވެނުދާނެ ގޮތެކެވެ.