Roadha Mihaaru
ދިއްދޫ "އަމާން ވެށި" އަށް 15 ކުދިން ގެންގޮސްފި

ދިއްދޫ "އަމާން ވެށި" އަށް 15 ކުދިން ގެންގޮސްފި

07 މާޗް 2021

ހއ. ދިއްދޫގައި ހަދާފައިވާ "އަމާން ވެށި" އަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 15 ކުއްޖަކު ބަދަލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހއ. ދިއްދޫގައި ހަދާފައިވާ "އަމާން ވެށި" އަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 15 ކުއްޖަކު ބަދަލުކޮށްފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް މުޖްތަމައުގެ ލޯތްބާއި އަޅާލުން ލިބޭނެ ގޮތް ހެދުމުގެ މަގްސަދުގައި ރަށްރަށުގައި އަމާން ވެށި ހެދުމަށް ފަހު، ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުދިން އެތަންތަނަށް ބަދަލުކުރަން ފެށީ މިދިޔަ އަހަރު ފަހުކޮޅެވެ. މިހާތަނަށް ދިއްދޫގެ އިތުރުން ބ. އޭދަފުއްޓާއި ށ. ފުނަދޫ އާއި ފުވައްމުލަކަށް ވެސް ކުދިން ބަދަލުކޮށްފައި ވެ އެވެ.

ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް "މިހާރު" އަށް ވިދާޅުވީ ދިއްދު އަށް އިއްޔެ ގެންދިޔަ ކުދިން ތިބޭނީ ދެ ބުރީގެ އިމާރާތެއްގައި ކަމަށެވެ. އެ އިމާރާތުގައި ހަ ކޮޓަރި ހުރެ އެވެ.

އޭނާ ވިދާޅުވީ އުމުރުން 4-15 އަހަރުގެ ކުދިން އެ ރަށަށް ގެންދިޔަ ކަމަށެވެ.

"ދެ އަހަރުގެ ކުއްޖެއް ވެސް ގެންނާނެ މި ރަށަށް. އެ ކުއްޖާ ކުޑަކޮށް ބަލިވީމަ އަދި ނުގެނޭ،" ހާޝިމް ވިދާޅުވި އެވެ.

ހާޝިމް ވިދާޅުވީ އެ ކުދިންނަށް ރަނގަޅަށް އަޅާލައި، މުޖްތަމައުގެ ލޯތްބާއި އަޅާލުން ދިނުމަށް ތިބީ ތައްޔާރަށް ކަމަށެވެ.