05 މާޗް 2021
ރާއްޖޭގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ނުގޮސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް 100 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް އަލަށް ޕޮޒިޓިވް ވެއްޖެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށަށް ނުގޮސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް 100 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް އަލަށް ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައޫލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމަަށް ރާއްޖޭން އެ ބައްޔަށް އަލަށް ޕޮޒިޓިވްވީ 118 މީހުންނެވެ. އޭގެ ތެރެއިން 95 މީހުންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ. ރިސޯޓްތަކުން 19 މީހުން އަދި މީހުން އުޅޭ ރަށްތަކުން ހަތަރު މީހަކު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮންމެ ދުވަހަކުވެސް 100 އަށް ވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވަމުން ގޮސްފައި ވެ އެވެ. އެގޮތުން މިދިޔަ ހަތަރު ދުވަހުވެސް 200 އާ ގާތްކުރާ އަދަދަކަށް އާ ކޭސްތައް ފެނުނެވެ.
މިއަދު އަލަށް ފެނުނު ކޭސްތަކާ އެކު ރާއްޖޭން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ މިހާރު 20،447 އެވެ. އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 64 އެވެ.
ކޮވިޑް-19 އިން ދިފާއުވާ ވެކްސިން ދިނުމުގެ މަސައްކަތް ވެސް ރާއްޖޭގައި ހަލުވިކަމާ އެކު ކުރިއަށް އެބަ ދެއެވެ. އެގޮތުން މިއަދުވެސް 1703 މީހަކަށް ވެކްސިން ދިން އިރު އެ ހުރިހާ އެންމެންނަކީ ވެސް މާލެ ފިޔަވާ އެހެން ރަށްތަކުގައި ވެކްސިން ދިން މީހުންނެވެ. ރާއްޖޭގައި ކޮވިޑްގެ ވެކްސިނުގެ ފުރަތަމަ ޑޯޒް ދިން މީހުންގެ އަދަދަކީ މިހާރު 138،827 އެވެ.
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި
އިތުރު ފިޔަވަޅުތައް ބުދަ ދުވަހު އިއުލާންކުރަނީ
ކޮވިޑް-19: ކުއްލިއަކަށް ކޭސްތައް އިތުރުވެއްޖެ
ވޭމަންޑޫ މޮނިޓރިން އަށް ލައިފި
ޅ. އަތޮޅަށް ކޮވިޑް ފެތުރުނީ އިހުމާލުން: ޝިޔާމް
ކޮވިޑް ކޭސްތައް މަދުވާން ފަށައިފި
ކޮވިޑް ކޭސްތަކެއް ފެނުމުން ތިނަދޫ ބަންދުކޮށްފި
ފުރަތަމަ ދުވަހު ވެކްސިން ދިނީ 282 މީހުންނަށް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި
ރަނގަޅަށް އަމަލްކުރަންޏާ ގެސްޓްހައުސްތަކުން ބިރެއް ނެތް