02 މާޗް 2021
ވާޗުއަލްކޮށް އެމެރިކާގެ ކޯޓެއްގައި ބޭއްވި އަޑުއެހުމެއްގައި، ޑޮކްޓަރަކު ބަލި މީހަކު އޮޕަރޭޝަންކުރަމުން ޒޫމް މެދުވެރިކޮށް ބައިވެރިވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
ވާޗުއަލްކޮށް އެމެރިކާގެ ކޯޓެއްގައި ބޭއްވި އަޑުއެހުމެއްގައި، ޑޮކްޓަރަކު ބަލި މީހަކު އޮޕަރޭޝަންކުރަމުން ޒޫމް މެދުވެރިކޮށް ބައިވެރިވުމުން ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.
މިކަން ހިނގާފައި ވަނީ އެމެރިކާގެ ކެލިފޯނިއާގެ ސެކްރަމަންޓޯގެ ސުޕީރިއާ ކޯޓްގައި މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ވާޗުއަލްކޮށް ބޭއްވި ޓްރެފިކް މައްސަލައެއްގައި ޑރ. ސްކޮޓް ގްރީން ބައިވެރިވެވަޑައިގަތް އިރު އޭނާ ހުންނެވީ އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތުގަ އެވެ.
އަޑުއެހުން ފެށުމުގެ ކުރިން ކޯޓުން އެކަން އިތުރަށް އޮޅުން ފިލުވުމުން ޑޮކްޓަރު ވިދާޅުވީ ބަލި މީހާ އޮޕަރޭޝަންކުރަމުން ވެސް އަޑުއެހުމުގައި ބައިވެރިވޭނެ ކަމަށާއި އެކަމުގައި އޭނާ އަށް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ ލައިވްކޮށް އަޑުއެހުން ކުރިއަށް ގެންދާކަން ވެސް ހަނދާންކޮށް ދީފަ އެވެ. އަދި ޓްރެފިކާ ގުޅޭ މައްސަލަތަކުގެ އަޑުއެހުން ލައިވްކުރަން ޖެހޭތީ އެކަން އެގޮތަށް ކުރާނެ ކަމަށް ބުންޏެވެ.
ނަމަވެސް ފަނޑިޔާރު ވަޑައިގެން އަޑުއެހުން ފެއްޓެވި އިރު ވެސް ޑޮކްޓަރު ހުންނެވީ އޮޕަރޭޝަން ކުރެއްވުމުގައި ކަން ފާހަގަކުރިވިގެން ކޯޓް ކޮމިޝަނަރު ގެރީ ލިންކް އެކަން ސާފުކޮށް ދެއްވަން އެދިވަޑައިގަތެވެ.
"ކުށްހީއަކަށް ނުވާނަ ޑޮކްޓަރު ތި ހުންނެވީ ޕޭޝަންޓަކު އޮޕަރޭޝަންކުރެއްވުމުގެ މަަސައްކަތުގައި ދެއްތޯ؟" މިކަން ސާފުކޮށްލަ ދެއްވާ،" ކޯޓް ކޮމިޝަނަރު އެދިވަޑަައިގެންނެވި އެވެ.
ޖަވާބުގައި ޑޮކަޓަރު ވިދާޅުވީ އާނއެކޭ ކަމަށެވެ.
Judge: “Unless I’m mistaken, I’m seeing a defendant who’s in the middle of an operating room appearing to be actively engaged in providing services to a patient. Is that correct, Mr. Green?”
— Ajit Pai (@AjitPai) February 28, 2021
Defendant: “Yes, sir.”
Judge: “Or should I say, Dr. Green.”
? pic.twitter.com/iKpWwKsFEg
"އަހަންނާ އެކު އެހެން ޑޮކްޓަރަކު ބެސް އެބަހުރި އެހެންވީމާ އޮޕަރޭޝަން ކުރަމުން ބައިވެރިވާކަށް އަހަންނަކަށް އެއްވެސް ދައްޗެއް ނެތް ކުރިއަށް ގެންދަވާ،" ގްރީން ވިދާޅުވި އެވެ.
ނަމަވެސް ރައްދުގައި ފަނޑިޔާރު ވިދާޅުވީ ޑޮކްޓަރު އެފެދަ ހާލަތެއްގައި ހުންނަވައިގެން ބައިވެރިވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެއީ ބަލި މީހެއްގެ ހައްގުތަކެއް ގެއްލިދާނެ ފަދަ ހާލަތެއް ކަމަށެވެ. ވުމާއެކު އަޑުއެހުން ފަސްކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އެހެން ތާރީހަކަށް އަޑުއެހުން ފަސްކުރާ ވާހަކަ ދަންނަވަން،" ފަނޑިޔާރު ވިދާޅުވެ އެވެ.
އެއާ އެކު ޑޮކްޓަރު މާފަށް ވެސް އެދޭތަން އާންމުވެފައިވާ ވީޑިއޯ ކޯލުން ފެނެ އެވެ.
މި މައްސަލަ ފެންމަތިވުމުން ކެލިފޯނިއާގެ މެޑިކަލް ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ހިނގި ގޮތަށް ބަލާނެ ކަމަށެވެ.
"ޑޮކްޓަރުންނަކީ ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ވަކި މިންގަނޑުތަކމެއް އުސޫލުތަކެއް ހިފަހައްޓަން ޖެހޭ ބައެއް. ފެންމަތިވި މައްސަލަ އަހަރެމެން ވަރަށް ސީރިއަސްކޮށް ބަލާނަން." ބަޔާނުގައި ބުންޏެވެ.
މިކަމާ ގުޅިގެން މީޑިއާތަކުން ޑޮކްޓަރުގެ ބަހެއް ހޯދަން މަސައްކަތްކުރުމުން އޭނާ ވަނީ އެ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ބުންޏެވެ.
"ކަން ހިނގި ގޮތަކަށް ނޫން ވާހަކަތައް ދެކެވެނީ. އަހަރެން ބޭނުމެއް ނޫން އެއްވެސް ކޮމެންޓެއް ކުރާކަށް." ޑރ. ގްރީން އެންބީސީ އަށް ވިދާޅުވި އެވެ.
އެމެރިކާ ސްކޫލެއްގެ ވާޗުއަލް މީޓިން ލީކުވެ ބޮޑު ލަދެއް
އެއްމާބަނޑަސް މި ކުދިންގެ އުފަންދުވަސް ތަފާތު
އޮމިކްރޯންއާ ނަން ވައްތަރުކަމުން ޖޯކު ޖަހައިފި
ސަރުކާރާ ދެކޮޅަށް، އެމެރިކާގައި 5ޖީ ދޭން ފަށަނީ
ކަންޔޭ އާ ގެއެއް ގަތީ ކިމްގެ ގެއާ ވަރަށް ކައިރިން
ކެލިފޯނިއާ އަށް 17 ފޫޓުގެ ސްނޯ
ވައުދު ނުފުއްދުމުން 30،000 ޑޮލަރު ދޭން ޖެހިއްޖެ
ރޮހިންގާ ބަޔަކު އެފްބީއާ ދެކޮޅަށް ބޮޑު ދައުވާއެއް
ސީއީއޯގެ މަގާމު ހޯދަން ކޮންގްރެސް އިން އިސްތިއުފާދެނީ
ޖަލުގައި 22 އަހަރު، މިހާރު ސޯޝަލް މީޑިއާ ތަރިއެއް