20 ފެބުރުއަރީ 2021
އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި މާކް އެންޑް ސްޕެންސާ (އެމްއެންޑްއެސް) އިން ކޭކާއި ބިސްކޯދު އެއްކޮށްގެން ހައިބްރިޑް އުފެއްދުމެއްގެ ގޮތުގައި "ބިސްކޭކް" ނެރެފި އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި މާކް އެންޑް ސްޕެންސާ (އެމްއެންޑްއެސް) އިން ކޭކާއި ބިސްކޯދު އެއްކޮށްގެން ހައިބްރިޑް އުފެއްދުމެއްގެ ގޮތުގައި "ބިސްކޭކް" ނެރެފި އެވެ.
މިއީ ސްޕޮންޖް ކޭކުގެ ތިރީ ފަށަލާގައި ބިސްކޯދު ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. އެހެންވެ މިއަށް ދިން ނަމަކީ "ބިސްކޭކް" އެވެ. މީގެ ތިން ރަހައަށް މި ވަގުތު ލިބޭނެ އެވެ. އެއީ ލެމަން މެރައިން އާއި ޗޮކޯ ޗިޕްގެ އިތުރުން ޗެރީ ބޭކްވެލް އެވެ.
އެމްއެންޑްއެސް އިން ބުނީ "ބިސްކޭކް" ނެރުމުގެ ހިޔާލަކީ ސަޔާ އެކު ރަނގަޅީ ބިސްކޯދުތޯ ނުވަތަ ކޭކުތޯ ބަލައިލަން ވެގެން ވިސްނި ވިސްނުމެއްގެ ތެރެއިން އުފަންވި އެއްޗެއް ކަމަށެވެ.
އެ ކުންފުނީގެ ޕްރޮޑަކްޓް ޑިވެލޮޕަރު ނަޓަލީ ޓޭޓް ވިދާޅުވި ގޮތުގައި ސަޔަކީ ވަރަށް ގިނަ ބަޔަކު "އެންޖޯއިކުރާ" އެއްޗަކަށްވެފައި ސަޔާއެކު ބޭނުންކޮށްލަން އެންމެ ހިތްގައިމީ ބިސްކޯދުތޯ ނުވަތަ ކޭކުތޯ އެއީ ވަރަށް ޒަމާންވީ ބޮޑު ސުވާލެއް ކަމަށެވެ.
"އެހެންވެ އަހަރެމެން މި ކުރި ކަމަކީ އެކައްޗަކުން ދެބައި ގެނައުން،" އޭނާ ވިދާޅުވި އެވެ. "މިހާރު ބިސްކޭކް ބޭނުންކޮށްލީމަ ސަޔާ އެކު އެކައްޗެެއްގެ ގޮތުގައި ކޭކު އަދި ބިސްކޯދު ވެސް ކެވުނީ."
"ބިސްކޭކް" ގެ ތިން ރަހައަށް ބަލާ އިރު ލެމަން މެރައިން ތައްޔާރުކޮށްފައި ވަނީ ލެމަން ކާޑާއި ލެމަން ބަޓަކްރީމާ އެކު މެރައިން ހިމަނައިގެންނެވެ. ބޭކްވެލް ތައްޔާރުކޮށްފައި ވަނީ އާމަންޑް ސްޕޮންޖާއި ރާސްބެރީ ޖާމާ އެކު ބަޓަކްރީމް އަދި ގްލޭސް ޗެރީ ހިމައިގެންނެވެ. ޗޮކޯ ޗިޕް ފްލެވާ އަކީ ޗޮކްލެޓް ބަޓަކްރީމާއި މިލްކް ޗޮކްލެޓް ކުކީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެކެވެ.
އެމްއެންއެސް އިން ބުނީ ކޮންމެ ރަހައަކުން ވެސް ދެ "ބިސްކޭކް" ހިމެނޭ ޕެކެއްގެ އަގަކީ 2.50 ޕައުންޑް (3.51 ޑޮލަރު) ކަމަށެވެ.
"ސްމާޓް ޓެޓޫ" އުފައްދައިފި
ކިޓްކެޓުން ވެޖެޓޭރިއަން ޗޮކްލެޓެއް ނެރެނީ
އިންސާނުން ކޮޕީކުރާ ހުނަރުވެރި ރޮބަޓެއް
މޫނުގައި އަތްލެވެން އުޅޭ ނަމަ އަންގައިދޭ ޑިވައިސްއެއް
މަސް ކާ ހިތްވާ މީހުންނަށް "މީޓް" ޕެޗެއް
ވަޅީގެ ނުރައްކާ ކުޑަކުރަން ޑިޒައިނަށް ބަދަލެއް
ވީޑިއޯ ގޭމް ކުޅޭ މީހުންނަށް ޕޫމާގެ ބޫޓެއް
އިނގިރޭސި ހޮސްޕިޓަލެއްގައި ޑިސްޕޯސަބަލް ބުރުގާ
ފާހާނާތަށީގައި ހޭދަކުރާ ވަގުތު މަދުކުރަން އާ ގޮތެއް
ފަރުނީޗަރު ޖެހުމުގެ ބަދަލުގައި ހައްދަނީ