Roadha Mihaaru
އިއްޒުއްދީންގެ ލީޑިން ޓީޗަރުންތަކެއް އިސްތިއުފާދީފި

އިއްޒުއްދީން ސްކޫލުގެ ގިނަ ލީޑިން ޓީޗަރުންތަކެއް އެއްފަހަރާ އިސްތިއުފާ ދީފި

14 ފެބުރުއަރީ 2021

މާލޭގައި މިދިޔަ އަހަރު ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ގިނަ ލީޑިން ޓީޗަރުންތަކެއް ކުއްލި ގޮތަކަށް އިސްތިއުފާދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި މިދިޔަ އަހަރު ކިޔަވައިދޭން ފެށި އިއްޒުއްދީން ސްކޫލުގެ ގިނަ ލީޑިން ޓީޗަރުންތަކެއް ކުއްލި ގޮތަކަށް އިސްތިއުފާދީފި އެވެ.

އެނގިފައިވާ ގޮތުގައި، ގްރޭޑު 1-6 އަށް ކިޔަވައިދޭ ސްކޫލުގެ ގްރޭޑު 1 ގެ ލީޑިން ޓީޗަރު ފިޔަވައި ދެން ތިބި އެންމެން ވަނީ އެއްފަަހަރާ ވަޒީފާއިން ވަކިވެފަ އެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އިއްޒުއްދީން ސްކޫލުން އަދި އެޑިއުކޭޝަން މިނިސްޓްރީން ވެސް ނުލިބެ އެވެ.

ލީޑިން ޓީޗަރުންގެ ޒިންމާގެ ތެރޭގައި، ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން އެ ގްރޭޑެއްގެ ކަންކަން ބެލެހެއްޓުން ހިމެނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެއްދަންފަޅީގެ ސިޔާސަތާ އެއްގޮތަށް މާލޭގައި މި ވަގުތު ކިޔަވައިދެމުން އަންނަ ހަމައެކަނި ސްކޫލަކީ އިއްޒުއްދީން ސްކޫލެވެ.

ކުރީގެ އެމްއީއެސް އިމާރާތުގައި ހެދި ސްކޫލުން 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ ޖާގަ ދީފަ އެވެ.