10 ފެބުރުއަރީ 2021
ކަލާޒް ޗެނެލްގެ ޑާންސް ޝޯ "ޑާންސް ދިވާނޭ" ގެ ތިން ވަނަ ސީޒަން މި މަހުގެ 27 ގައި ދައްކަން ފަށަން ނިންމައި އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.
ކަލާޒް ޗެނެލްގެ ޑާންސް ޝޯ "ޑާންސް ދިވާނޭ" ގެ ތިން ވަނަ ސީޒަން މި މަހުގެ 27 ގައި ދައްކަން ފަށަން ނިންމައި އާ ޕްރޮމޯއެއް ދައްކާލައިފި އެވެ.
މި ޝޯ އަކީ މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ނުބޭއްވިގެން މި އަހަރަށް ފަސްކުރި ޝޯއެކެވެ.
ކަލާޒް އިން 2018 ގައި ދައްކަން ފެށި "ޑާންސް ދިވާނޭ" އަކީ ތިން ޖެނެރޭޝަނެއްގެ މީހުން ބައިވެރިކޮށްގެން ހަދާ ޝޯއެކެވެ. މީގައި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނާއި ކުޑަކުދިން ޝޯގައި ވާދަކުރެ އެވެ. މި ފަހަރުގެ ސީޒަން މި ފަށަނީ މިދިޔަ އަހަރު ބޭއްވި އޮންލައިން އޮޑިޝަނަށް ފަހު އެވެ.
"ޑާންސް ދިވާނޭ" ގައި ތިން ޖަޖުން ހިމެނޭ އިރު އޭގެ ތެރެއިން އެކަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓެވެ. އޭނާއާ އެކު ފުރަތަމަ ދެ ސީޒަނުގައި ޖަޖްކަންކުރީ ކޮރިއޮގްރާފަރު ތުޝާރު ކާލިއާ އާއި ޑައިރެކްޓަރު ޝިޝާންކް ކައިތާނެވެ. ނަމަވެސް ތިން ވަނަ ސީޒަނުން ޝިޝާންކްގެ ބަދަލުގައި ޖަޖެއްގެ ގޮތުގައި ފެންނާނީ ކޮރިއޮގްރާފަރު ދަރްމޭޝް އެވެ.
"ޑާންސް ދިވާނޭ 3" ގެ ހޯސްޓް ވެސް މި ފަހަރު ވަނީ ބަދަލުވެފަ އެވެ. ކުރިން ޓީވީ އެކްޓަރު އަރުޖުން ބިޖިލާނީ ހޯސްޓްކުރި ޝޯގެ އާ ހޯސްޓަކީ ނެށުންތެެރިޔާ/އެކްޓަރު/ހޯސްޓް ރަގަވް ޖުޔާލް އެވެ.
މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޝޯ ޕްރިމިއާކުރާނީ ވަރަށް ކުލަގަދަކޮށް، ފޯރިގަދަ އައިޓަމްތަކާ ވެސް އެކީގަ އެވެ.
މަދޫރީގެ "ޑާންސް ދިވާނޭ 3" ފަށަނީ
މިތުންއާ އެކު ކަލާޒް އަށް "ހުނަރުބާޒް"
މުމްތާޒަށް "ޑާންސް ދީވާނޭ 3" ގެ ފުރުސަތު ގެއްލިއްޖެ
"ބިގް ބޮސް 17" މުނައްވަރު ކާމިޔާބުކޮށްފި
ބިގްބޮސް 17 ގެ ފައިނަލް މާދަމާ ރޭ
ތަރުހީބު ކުޑަކަމުން "ބަލިކާ ވަދޫ 2" ހުއްޓާލަނީ
"ބިގް ބޮސް 15" ގެ ފިނާލޭ ހޮނިހިރު، އާދިއްތައިގައި
މޯނީ، ޑާންސް ޝޯއެއްގެ ޖަޖަކަށް
ޕަރިނީތީ ޖަޖުކަން ކުރާ "ހުނަރުބާޒް" މި މަހު
ޝިލްޕާގެ "އައިޖީޓީ 9" މި މަހުގެ 15 ގައި