03 ފެބުރުއަރީ 2021
ވަރަށް އަވަހަށް ފިލްމު ޑައިރެކްޝަނަށް ނުކުންނާނެ ކަމަށް ބޮލީވުޑްގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.
ވަރަށް އަވަހަށް ފިލްމު ޑައިރެކްޝަނަށް ނުކުންނާނެ ކަމަށް ބޮލީވުޑްގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ބުނެފި އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބުނީ ޑައިރެކްޝަނަށް އަބަދު ވެސް ޝައުގުވެރިކަން ހުންނަ ކަމަށާއި މިހާރަކީ ކަމެއް ކުރަން ބޭނުންވާ ނަމަ މަޑުކުރަންވީ ޒަމާނެއް ނޫން ކަމަށެވެ.
"އެހެންވެ މާ ލަސްތަކެއް ނުވެ ޑައިރެކްޝަނަށް ނުކުންނާނަން. ކަމެއް ކުރަން ހިތުލައިގެން ހުރި ނަމަ މަޑުކުރަން ޖެހޭ ސަބަބެއް ވެސް ނެތް،" އެކްޓަރުން ކަމަށްވާ އަނިލް އާއި ސަންޖޭ ކަޕޫރްގެ ބޭބެ ބުންޏެވެ.
ފިލްމީ ތަރިން ކަމަށްވާ އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ ބައްޕަ ބުނީ ފިލްމު ޕްރޮޑިއުސްކުރުމުގައި ވަރަށް ގިނަ ދުވަހު މިހާރު އުޅެވި، ފިލްމީ ކަންކަމުގެ ތަޖުރިބާ ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ. ބޯނީ ފިލްމު ޕްރޮޑިއުސްކުރަން ފެށީ އުމުރުން 25 އަހަރުގަ އެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް އޭނާ ޕްރޮޑިއުސްކޮށްފައިވެ އެވެ. "ހަމް ޕާންޗް" އިން ފަށައިގަތް ދަތުރުގެ ތެރެއިން "މިސްޓަ އިންޑިއާ" އާއި "ވޯންޓެޑް" އާއި "ޖުދާއީ" އާއި "ސިރުފް ތުމް" އާއި "ނޯ އެންޓްރީ" އަދި "ތޭވަރު" ފަދަ އެތައް ފިލްމެއް މިހާތަނަށް ގެނެސްދީފައިވެ އެވެ.
މި އަހަރު ރިލީޒްކުރާ އަޖޭ ދޭވްގަންގެ "މައިދާން" އަކީ ވެސް ބޯނީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ދަރިފުޅު ޖާންވީގެ "ބޮމްގޭ ގާލް" އަކީ ވެސް އޭނާ ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ބޯނީ މިހާރު އަންނަނީ ފިލްމެއްގައި އެކްޓް ވެސް ކުރަމުންނެވެ. އެއީ ޑައިރެކްޓަރު ލަވް ރަންޖަން މިހާރު ޝޫޓްކުރަމުން އަންނަ ނަން އިއުލާން ނުކުރާ ރޮމޭންޓިކް ކޮމެޑީ އެވެ. ރަންބީރް ކަޕޫރާއި ޝްރަދާ ކަޕޫރް ލީޑް ރޯލު ކުޅޭ ފިލްމުގައި ބޯނީ، 65، ކުޅެނީ ރަންބީރްގެ ބައްޕަގެ ރޯލެވެ. އެ ފިލްމުގައި ބޯނީގެ އަންހެނުންގެ ރޯލުން ފެންނާނީ ޑިމްޕަލް ކަޕާޑިއާ އެވެ.
ބޯނީގެ އާއިލާ އިން މިހާތަނަށް ފިލްމީ ދާއިރާ އަށް ނުކުމެފައި ވަނީ މުޅިން އެކްޓަރުން ކަމަށް ވިޔަސް އޭނާގެ ބައްޕަ ސުރިންދުރަ ކަޕޫރަކީ ފިލްމު ޕްރޮޑިއުސްކޮށް، ދެ ތިން ފިލްމެއް ޑައިރެކްޓްކުރި މީހެކެވެ. އޭނާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2001 ގެ "ބޫކާ ޝޭރު" އާއި "ޒަޚްމީ ޝޭރުނީ" އާއި ތަނޭދާރްނީ (1994) ހިމެނެ އެވެ.
އެހެންވެ ބައްޕަ ފަދައިން ޑައިރެކްޝަނަށް އާއިލާ އިން ނުކުންނަ ފުރަތަނަ މީހަކީ ބޯނީ އެވެ.
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އެންމެ ވަރުގަދަ ކްރިޓަކީ އެއްބަފާ ދައްތަ
މުޒާހަރާއާ ހެދި ޖާންވީގެ ފިލްމަށް ހުރަސްތަކެއް
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު
ޖާންވީގެ އާ ފިލްމަކީ "ގުޑް ލަކް ޖެރީ"
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އާ ފިލްމަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް
ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް