02 ޑިސެމްބަރ 2020
އޮގަސްޓް މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޓައިޓްލް ރޯލު ކުޅުނު ޒުވާން ބަތަލާ ޖާންވީ ކަޕޫރް އަންނަ މަހުގެ ތެރޭގައި އާ ފިލްމެއްގެ ޝޫޓިން އަށް ތައްޔާރުވާން ފަށައިފި އެވެ.
އޮގަސްޓް މަހު ނެޓްފްލިކްސް އިން ޕްރިމިއާކުރި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޓައިޓްލް ރޯލު ކުޅުނު ޒުވާން ބަތަލާ ޖާންވީ ކަޕޫރް އަންނަ މަހުގެ ތެރޭގައި އާ ފިލްމެއްގެ ޝޫޓިން އަށް ތައްޔާރުވާން ފަށައިފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޖެނުއަރީ މަހުގެ 9 ގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ފިލްމަކީ 2018 ގައި ގެނެސްދިން ކާމިޔާބު ތަމަޅަ ފިލްމު "ކޮލަމަވޫ ކޮކީލާ" ގެ ރިމެކެވެ. ނަޔަންތަރާ ލޯޑް ރޯލް ކުޅުނު އެ ފިލްމަކީ ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކުރި ބްލެކް ކޮމެޑީ ކްރައިމް ފިލްމެކެވެ.
މީޑިއާތަކުން ބުނީ މީގެ ހިންދީ ރިމެކް ޖާންވީއާ އެކު ގެނެސްދެނީ "ޒީރޯ" އާއި "ރާންޖަނާ" އަދި "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އާނަންދު އެލް ރާއީގެ ފިލްމު ކުންފުނި ކަލަ ޔެލޯ ޕްރޮޑަކްޝަނުން ކަމަށެވެ. އަދި ފިލްމުގެ ޑައިރެކްޓަރަކީ "އޯޔޭ ލަކީ، ލަކީ އޯޔޭ" އާއި "އަގުނީޕަތު" ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ސިދާތު ސެންގުޕްތާ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ފިލްމުގެ ޝޫޓިން އަށް ޖެނުއަރީ މަހުގެ 7 ގައި ޖާންވީ ޕަންޖާބަށް ދާނެ ކަމަށާއި ފިލްމުގެ މަންޒަރުތައް ނަގާނީ އެތަނުގެ އެކި ލޮކޭޝަންތަކުގައި ކަމަށެވެ. އަދި މި ފިލްމުގެ ޝޫޓިން ފަށާތާ 45 ދުވަހުގެ ތެރެގައި ނިންމައިލާ ގޮތަށް ފިލްމުގެ ޓީމުން ވަނީ ރާވައިފަ އެވެ.
ތަމަޅަ ފިލްމެއްގެ ރިމެކް ކުޅެން 2018 ގެ "ދަޅަކް" އިން ބޮލީވުޑަށް ނުކުތް އުންމީދީ ބަތަލާ ތައްޔާރުވާ އިރު، މަލަޔާޅަމްގެ ސަވައިވަލް ތުރިލާ "ހެލެން" ގެ ހިންދީ ރިމެކަކީ ވެސް ޖާންވީ ކުޅޭނެ ކަމަށް ބެލެވޭ ފިލްމެކެވެ. އޭގެ ރައިޓްސް ޖާންވީގެ ބައްޕަ ޕްރޮޑިއުސަރު ބޯނީ ކަޕޫރް ހޯދާފައިވާ އިރު، ފިލްމު ހަދާނީ ޒީ ސްޓޫޑިއޯސްއާ ގުޅިގެން ކަމަށްވެ އެވެ.
ޖާންވީ ޝޫޓިން ފަށާފައި ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންސްގެ ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" އާއި ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ-ކޮމެޑީ "ރޫހީ އަފްޒާނާ" ހިމެނެ އެވެ.
ކުރީގެ ބަތަލާ ސްރީދޭވީގެ ދަރިފުޅު ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކަރަންގެ "ތަޚުތު" އާއި ބައްޕަގެ "ބޮމްބޭ ގާލް" ހިމެނެ އެވެ.
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އެންމެ ވަރުގަދަ ކްރިޓަކީ އެއްބަފާ ދައްތަ
ބޯނީ ކަޕޫރް ޑައިރެކްޝަނަށް ނުކުންނަނީ
މުޒާހަރާއާ ހެދި ޖާންވީގެ ފިލްމަށް ހުރަސްތަކެއް
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު
ޖާންވީގެ އާ ފިލްމަކީ "ގުޑް ލަކް ޖެރީ"
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް