28 ޖެނުއަރީ 2021
މި މަހުގެ މެދުތެރޭގައި ޕަންޖާބްގެ ޕަޓިއާލާގައި ޝޫޓިން ފެށި ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ފިލްމު "ގުޑް ލަކް ޖެރީ" ގެ މަސައްކަތްތަކަށް އިންޑިއާގެ ދަނޑުވެރިން ކުރަމުން އަންނަ މުޒާހަރާގެ ސަބަބުން ހުރަސްތަކެއް ދިމާވެ، ފިލްމުގެ ކްރޫ އަށް ނުރައްކާވެދާނެތީ ޝޫޓިން އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.
މި މަހުގެ މެދުތެރޭގައި ޕަންޖާބްގެ ޕަޓިއާލާގައި ޝޫޓިން ފެށި ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ފިލްމު "ގުޑް ލަކް ޖެރީ" ގެ މަސައްކަތްތަކަށް އިންޑިއާގެ ދަނޑުވެރިން ކުރަމުން އަންނަ މުޒާހަރާގެ ސަބަބުން ހުރަސްތަކެއް ދިމާވެ، ފިލްމުގެ ކްރޫ އަށް ނުރައްކާވެދާނެތީ ޝޫޓިން އެހެން ތަނަކަށް ބަދަލުކޮށްފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޕަޓިއާލާގެ ބަދަލުގައި ފިލްމުގެ ޝޫޓިން މިހާރު ވަނީ ޗަންދީގަޅަށް ބަދަލުކޮށްފަ އެވެ.
އެ ސިޓީ އަކީ މި ފަހުން ވަރަށް ގިނަ ފިލްމުތައް ޝޫޓްކުރަމުން އަންނަ ތަނެކެވެ. އެގޮތުން އަކްޝޭ ކުމާރުގެ "ބައްޗަން ޕާންޑޭ" އާއި ވަރުން ދަވަންގެ "ޖުގް ޖުގް ޖިއޯ" ގެ އިތުރުން ރާޖްކުމާރު ރާއޯގެ "ހަމް ދޯ ހަމާރޭ ދޯ" އަކީ ޗަންދީގަޅްގައި އެއްކޮށްހެން ޝޫޓްކުރި ފިލްމުތަކެވެ.
މީޑިއާތަކުން ބުނީ ޖާންވީގެ ފިލްމުގެ ކާސްޓާއި ކްރޫ އަށް ޕަޓިއާލާ ދޫކޮށްދާން މަޖުބޫރުވީ ފިލްމުގެ މަންޒަރުތައް ނަގަމުން ދިޔަ ބައެއް ހިސާބުތަކަށް ވެސް މުޒާހަރާކުރާ މީހުން އެއްވެ، އަޑުގަދަކުރުމާއި ސީދާ ޖާންވީ ހުރި ހޮޓަލުގެ ކައިރި އަށް ވެސް އެއްވެސް، ޖާންވީއާ ދެކޮޅަަށް ވެސް އަޑުއުފުލަން ފެށުމުންނެވެ.
ސިދާތު ސެންގުޕްތާ ޑައިރެކްޓްކުރާ "ގުޑް ލަކް ޖެރީ" އަކީ އަކްޝޭ ކުމާރާއި ސާރާ އަލީ ޚާނާއި ދަނޫޝްއާ އެކު "އަތުރަންގީ ރޭ" ގެނެސްދޭން ތައްޔާރުވަމުން އަންނަ ޑައިރެކްޓަރު އާނަންދު އެލް ރާއީ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ޖާންވީއާ އެކު ފިލްމު ފެންނާނެ ކާސްޓުންގެ ތެރޭގައި ދީޕަކް ދޮބްރިޔާލް، މިތާ ވަޝިސްތު، ނީރަޖް ސޫދު އަދި ސުޝާންތު ސިންގް ހިމެނެ އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ގުޑް ލަކް ޖެރީ" އަކީ 2018 ގެ ކާމިޔާބު ތަމަޅަ ފިލްމު "ކޮލަމަވޫ ކޮކީލާ" ގެ ރިމެކެކެވެ.
ވަރުން އާއި ޖާންވީ އަށް އަލުން ފުރުސަތެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އެންމެ ވަރުގަދަ ކްރިޓަކީ އެއްބަފާ ދައްތަ
ބޯނީ ކަޕޫރް ޑައިރެކްޝަނަށް ނުކުންނަނީ
ސްރީދޭވީގެ ހަގު ދަރިފުޅު ވެސް ބޮލީވުޑަށް ތައްޔާރު
ޖާންވީގެ އާ ފިލްމަކީ "ގުޑް ލަކް ޖެރީ"
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ޖާންވީގެ އާ ފިލްމަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް
ފާޑުކިޔުންތައް ބަލައިގަތުމަކީ ކުރިއެރުމެއް: ޖާންވީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް