01 ފެބުރުއަރީ 2021
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ އަލަތު ދަރިފުޅު ވިހޭތާ މަހެއްވާން ކައިރިވެފައި ވަނިކޮށް ދަރިފުޅުގެ ނަން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ އަލަތު ދަރިފުޅު ވިހޭތާ މަހެއްވާން ކައިރިވެފައި ވަނިކޮށް ދަރިފުޅުގެ ނަން ހޯމަ ދުވަހު އިއުލާންކޮށްފި އެވެ.
ދަރިފުޅާއި ފިރިމީހާ ވިރާޓް ކޯލީއާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް އަނުޝްކާ ބުނީ އަނަހެން ދަރިފުޅުގެ ނަމަކީ "ވަމިކާ" ކަމަށެވެ. އެ ޕޯސްޓްގައި އޭނާ ވަނީ އާއިލާ އަށް އިތުރުވި އާ މެމްބަރާ އެކު މުޅި އާއިލާ އަށް ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަނުޝްކާ ވިހެއީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭ އަނުޝްކާ ބަލިވެއިންކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އަނުޝްކާ އާއި ކްރިކެޓް ތަރި ވިރާޓް ކޯލީ ކައިވެނިކުރީ 2017 ގަ އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބަތަލާ އެންމެ ފަހުން ބޮޑު ސްކްރީނުން ފެނިފައި ވަނީ 2018 ގެ "ޒީރޯ" އިންނެވެ. އަނުޝްކާ ބުނީ ދަރިޔަކު ލިބުނަސް އެކްޓިންއާ ދުރަށް ނުދާނެ ކަމަށާއި ވަރަށް އަވަހަށް އަލުން އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނާނެ ކަމަށެވެ.
އަނުޝްކާ ޝަރުމާ އިނީ ބަލިވެ
ކާތިކް ބޭނުމީ ކްރިކެޓް ތަރި ވިރާޓްގެ ރޯލު ކުޅެން
ޖޫލާންގެ ރޯލަށް އަނުޝްކާގެ ބަދަލުގައި ޓްރިޕްތީ
އަނުޝްކާ އާއި ވިރާޓްގެ ބޮޑީގާޑަށް ބޮޑު މުސާރައެއް
އަނުޝްކާ ފިލްމަކަށް ތައްޔާރުވާން ފަށައިފި
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
ވިހެއުމަށް ފަހު އަނުޝްކާ އަލުން މަސައްކަތަށް
އަނުޝްކާ އާއި ވިރާޓްގެ ދަރިފުޅާ އެކު އަމީތާބްގެ ޖޯކެއް