Roadha Mihaaru
އެއްބަސްވުމާ ޚިލާފަށް އެޗްޑީސީން ފައިސާ ނަގާ ތުހުމަތެއް

ފްލެޓް އެއްބަސްވުމާ ޚިލާފަށް އެޗްޑީސީން ފައިސާ ނަގާ މައްސަލައެއް ފެންމަތިކޮށްފި

28 ޖެނުއަރީ 2021

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމާ ޚިލާފަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކާ ފައިސާ ޖޫރިމަނާގެ ގޮތުގައި ކަނޑަމުންދާ މައްސަލައެއް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ފެންމަތިކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ފްލެޓްތަކުގެ އެއްބަސްވުމާ ޚިލާފަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކާ ފައިސާ ޖޫރިމަނާގެ ގޮތުގައި ކަނޑަމުންދާ މައްސަލައެއް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ފެންމަތިކޮށްފި އެވެ.

އެ ތަނުން ނެރުނު ބަޔާނެއްގައި ބުނީ އެއްބަސްވުމާ ޚިލާފަށް އެޗްޑީސީން ފައިސާ ނަގާ މައްސަލައިގައި ގިނަ ޝަކުވާތަކަކާ އެކު މައްސަލަ ޝަރީއަތަށް ހުށަހަޅައިދޭން އެދެމުން އަންނަ ކަމަށެވެ. ބޮޑު އަދަދުން ޖޫރިމަނާކޮށް ފައިސާ ނުދެއްކުނު މީހުންގެ އަތުން ފްލެޓް އަތުލާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް ޕީއައިއެލްސީން ބުންޏެވެ.

އެ ލޯފާމުން މިހާރު އަންނަނީ އެ މައުލޫމާތު ހޯދަމުންނެވެ.

"މި މައްސަލަ މި ޖަމިއްޔާ އިން ދިރާސާކުރިއިރު، ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ ސޯޝަލް ހައުސިން ފްލެޓްތަކާ ގުޅޭ ގޮތުން އެޗްޑީސީން ޖޫރިމަނާކޮށްފައި ވަނީ ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުންތަކާ ޚިލާފަށް ކަން ފާހަގަކުރެވިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ފައިސާ ނުދިން ބިދޭސީންގެ ހައްގުގައި ޕީއައިއެލްސީގެ ވަކީލުން އެ ރަށަށް ގޮސް މިދިޔަ އަހަރު ހަރަކާތްތެރިވަނީ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރުވައި ފައިސާ ނުދިން ބިދޭސީންގެ ހައްގުގައި ޕީއައިއެލްސީގެ ވަކީލުން އެ ރަށަށް ގޮސް މިދިޔަ އަހަރު ހަރަކާތްތެރިވަނީ.

ޕީއައިއެލްސީން ބުނި ގޮތުގައި މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން ބަލާނީ މުއައްސަސާތަކާ ވާހަކަ ދައްކައިގެން ހައްލެއް ހޯދޭތޯ އެވެ. އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ހައްލެއް ނުހޯދިއްޖެ ނަމަ ޝަރީއަތަށް ހުށަހަޅާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އިންސްޓޯލްމަންޓުގެ ގޮތުގައި ދައްކާ ފައިސާ ޖޫރިމަނާގެ ގޮތުގައި ކަނޑައި ފްލެޓް އަތުލާފައިވާ މީހުންގެ ހައްގު ހޯދައިދޭން ހިލޭ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދޭން ވެސް، މިފަދަ ގިނަ މައްސަލަތަކުގައި ވަކާލާތުކުރާ، ޕީއައިއެލްސީން ވަނީ ނިންމައިފަ އެވެ.

މި މައްސަލާގައި އެތަނުގެ އެހީތެރިކަން ބޭނުންވާ މީހުން 10 ދުވަހުގެ ތެރޭގައި ލިއުންތައް ފޮނުވައިދޭން ވަނީ އެދިފަ އެވެ.