26 ޖެނުއަރީ 2021
އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވަންޓުން، ސިވިލް ސާވިސްގައި އެ މީހަކު އަދާކުރާ ވަޒީފާއަކުން އަންނަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވަންޓުން، ސިވިލް ސާވިސްގައި އެ މީހަކު އަދާކުރާ ވަޒީފާއަކުން އަންނަ ހުކުރު ދުވަހުން ފެށިގެން ސަސްޕެންޑު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ގާނޫނުގައިވާ ގޮތުން، ސިވިލް ސާވިސްގެ ވަޒީފާއެއްގައި ހުރި މީހަކު އިންތިޚާބަކަށް ކުރިމަތިލައިފި ނަމަ އެ މީހަކު ހުރި މަގާމުން ސަސްޕެންޑު ވާނެ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރިން ބާއްވަން އުޅުނު ތާރީޚާ ގުޅިގެން މިދިޔަ އަހަރު އެ އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅި 204 ސިވިލް ސާވަންޓަކު މަގާމުތަކުން އޭރު ސަސްޕެންޑުވި އެވެ.
ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އޭރު އިންތިޚާބު ފަސްކުރަން ޖެހުމުން، އެ މީހުންގެ ހައްގުތައް ގެއްލިފައި ވާތީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ހާއްސަ ގާނޫނުގައި ވަނީ އެ މީހުންގެ ސަސްޕެންޝަން އުވައިލުމަށް މާއްދާއެއް ހިމަނައިފަ އެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެ މީހުންގެ ސަސްޕެންޝަން މިހާރު ވަނީ އުވައިލާފަ އެވެ.
ކައުންސިލްތަކުގެ އިންތިޚާބު އޭޕްރިލް 10 ގައި ބާއްވާނެ ކަން އިއުލާން ކުރުމަށް އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ އާ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރާ ސިވިލް ސާވަންޓުން އަނެއްކާވެސް މި މަހުގެ 29 އިން ފެށިގެން މަގާމުތަކުން ސަސްޕެންޑު ވާނެ ކަމަށެވެ.
"ސަންސެޓް ގާނޫނުގެ 6 ވަނަ މާއްދާގެ (ރ) ގައި ބުނޭ ކޮން އިރަކުންހޭ ސަސްޕެންޝަން އުވާލާފައި އަލުން ސަސްޕެންޑު ވާނީ. އެ ބޭފުުޅުން މިހާރު އަނެއްކާ ސަސްޕެންޑު ވާނީ 29 ޖެނުއަރީ 2021 ގައި. އެ ދުވަހުން ފެށިގެން އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ ހުރިހާ މުއައްޒަފުން ސަސްޕެންޑު ވޭ،" ހަބީބު ވިދާޅުވި އެވެ.
ސަން ސެޓް ގާނޫނަށް ގެނައި އާ އިސްލާހުތަކާއެކު، ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދެމިއޮތަސް އިންތިހާބު ބޭއްވޭނެ އެވެ. އީސީން ނިންމާފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް އެގޮތަށް އިންތިހާބު ކުރިޔަށް ގެންދަން އިތުރު 44.9 މިލިއަން ރުފިޔާ ޚަރަދުވާތީ އީސީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ބިލް އޮތީ ސިވިލް ސާވަންޓުންގެ ސަސްޕެންޝަން އުވޭ ގޮތަށް
ކަނޑޫދޫ އާ ކައުންސިލް ހުވާކުރުން ފަސްކުރަން އަންގައިފި
ތިން ދާއިރާއެއްގެ އިންތިޚާބު މައްސަލަ ކޯޓުން ނާކާމިޔާބު
އެމްޑީޕީއަށް 400 ގޮނޑި، ޕީޕީއެމަށް 325 ގޮނޑި
އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރަން މިރޭ ފަށަނީ
ނަތީޖާ އެއްވަރުވި ދެ ދާއިރާއެއްގައި އަލުން ވޯޓުލަނީ
ތިން ފޮއްޓެއްގެ ވޯޓު މާދަމާ ގުނަން ނިންމައިފި
ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނީ ހުކުރުދުވަހު: އީސީ
ހަމަނުޖެހުމާ ގުޅިގެން ޕާޓީތަކުން ހަދަނީ ދޮގު: އީސީ
އެހެން ދާއިރާއެއްގެ ބަޔަކު ވޯޓުދިން ކަމުގެ ޝަކުވާއެއް