20 ޖެނުއަރީ 2021
އޮޅުވާލައިގެން މިޔަރު އުރަހަ ބޭރު ކުރަން އުޅުނު މައްސަލާގައި ޝާމިލްވާ ކުންފުނީގެ ނަން ހާމަ ނުކުރަނީ، މިކަހަލަ މައްސަލަތަކުގައި އޮޅުވައިލުންތައް ހުންނާތީ ކަމަށާއި، މައްސަލަ ތަހުގީގު ކުރުމަށް ފަހު އެއީ ކޮން ބައެއްކަން ހާމަ ކުރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފި އެވެ.
އޮޅުވާލައިގެން މިޔަރު އުރަހަ ބޭރު ކުރަން އުޅުނު މައްސަލާގައި ޝާމިލްވާ ކުންފުނީގެ ނަން ހާމަ ނުކުރަނީ، މިކަހަލަ މައްސަލަތަކުގައި އޮޅުވައިލުންތައް ހުންނާތީ ކަމަށާއި، މައްސަލަ ތަހުގީގު ކުރުމަށް ފަހު އެއީ ކޮން ބައެއްކަން ހާމަ ކުރާނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން ބުނީ، ގަވައިދާ ހިލާފަށް މިޔަރު އުރަހަ ބޭރު ކުރަން އުޅުނު ކުންފުނީގެ ތަފްސީލުތައް އަދި ހާމަ ނުކުރަނީ މައްސަލަ ތަހުގީގު ކުރަމުންދާތީ ކަމަށެވެ. އާންމުގޮތެއްގައި އޮޅުވާލައިގެން މަނާ ތަކެތި އެތެރެ ކުރުމުގައި އެހެން ކުންފުނިތަކުގެ ނަން ބޭނުން ކޮށްގެން އެފަދަ ކަންކަން ކުރާ ކަމަށާއި އެހެންކަމުން މިޔަރު އުރަހަ ބޭރުކުރަން އުޅުނު މީހުން ވެސް އެގޮތަށް ކަންކަން ކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ކަސްޓަމްސްއިންނެވެ. އެ ކުންފުނިން ބުނީ މައްސަލައިގެ ތަހުގީގަށް އިތުރު އެހީ ބޭނުންވާ ނަމަ ފުލުހުންގެ އެހީތެރިކަން ވެސް ހޯދާނެ ކަމަށެވެ.
މި މަހުގެ ތިން ވަނަ ދުވަހު މިޔަރު އުރަހަ ރާއްޖެއިން ބޭރަށް ފޮނުވާލަން މަސައްކަތް ކުރީ އެންސިސްގެ އެންޒީ ބްރޭންޑްގެ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ފޮށިތަކުގަ އެވެ. މި މިޔަރު އުރަހަތަކަކީ އެންސިސްގެ ތަކެތި ނޫން ކަމަށް ކަސްޓަމްސް އިން މީގެ ކުރިން ހާމަކޮށްފައިވެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި މިޔަރު އުރަހަ ވިއްކުމާއި އިމްޕޯޓް/އެކްސްޕޯޓް މަނާ ކުރި ނަމަވެސް ޗައިނާ ފަދަ ބައެއް ބޮޑެތި ގައުމުތަކުގައި ކެއުމަށް މި ތަކެތި ގަނެ ހަދަ އެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި މިޔަރުގެ އުރަހައިގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި މިޔަރު އުރަހަ ކިލޯއެއް އާއްމުކޮށް އުޅެނީ 400 ޑޮލަރު (6،168ރ.) ގަ އެވެ. މި ރޭޓުން ބަލާނަމަ އިއްޔެ އެއާޕޯޓުން އަތުލައިގަތް 429 ކިލޯގެ މިޔަރު އުރަހައަށް ދުނިޔޭގެ ބާޒާރުގައި ގާތްގަނޑަކަށް 2.6 މިލިއަން ރުފިޔާ ލިބޭނެ އެވެ.
މިޔަރު އުރަހަ އަތުލައިގަތް މައްސަލައިގެ ތަހުގީގު ނުނިމޭ
އަތުލައިގަތް މިޔަރު އުރަހައިގެ އަގު 2.6 މިލިއަން
243 ކިލޯ މިޔަރުއުރަހައިިގެ މައްސަލަ އަދިވެސް ނުނިމޭ
ގިނަ އަދަދެއްގެ މިޔަރު އުރަހަ އެއާޕޯޓުން ހިފަހައްޓައިފި
ކަސްޓަމްސްއާ ހެދި މިޔަރު އުރަހައިގެ މައްސަލަ ހުއްޓިފައި
މިޔަރުގެ ވަގު ވިޔަފާރި ފުޅާވާކަން ފާހަގަވޭ: ފިޝަރީޒް
429 ކިލޯގެ މިޔަރު އުރަހަ އެއާޕޯޓުން ހިފަހައްޓައިފި
ކަނޑުމަގުން ގެނައި 3.3 ކިލޯގެ ޑްރަގް އަތުލައިގެންފި
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ދުންފަތް ނައްތާލުމުގެ ހަރަދު ދޭންޖެހޭނީ ގެނައި މީހަކު