18 ޖެނުއަރީ 2021
ލިވަޕޫލް (ޖެނުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް 0-0 އިން އެއްވަރުވިއިރު، ކްރިސްޓަލް ޕެލަސް އަތުން 4-0 މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލް (ޖެނުއަރީ 18) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް 0-0 އިން އެއްވަރުވިއިރު، ކްރިސްޓަލް ޕެލަސް އަތުން 4-0 މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލިވަޕޫލް ބަލިކޮށްގެން ޔުނައިޓެޑަށް އެއް ވަނައިގައި ލީޑުފުޅާކުރުމުގެ ފުރުސަތު އޮތްނަމަވެސް މެޗު އެއްވަރުވުމުން މިި ވަގުތު ޔުނައިޓެޑަށް ލިބިފައި އޮތީ ދެ ޕޮއިންޓުގެ ލީޑެކެވެ. ޔުނައިޓެޑަށް 18 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެ ވަނައިގައި އޮތީ 17 މެޗުން 35 ޕޮއިންޓާ އެކު އެވެ. ސިޓީ މެޗު ހަމަކުރާއިރު އެއް ވަަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.
ރޭގެ މެޗުން މޮޅުވެގެން އެއް ވަނަ އަށް އެރެން އޮތް ލިވަޕޫލަށް މޮޅުނުވެވުމުން ވަނީ ހަތަރަކަށް ވެއްޓިފަ އެވެ. ލިވަޕޫލް ހަތަރު ވަނައިގައި އޮތީ 18 މެޗުން 34 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީގެ އޮތީ 18 މެޗުން 35 ޕޮއިންޓެވެ.
ލިވަޕޫލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ޖުމްލަކޮށް ބަލާއިރު ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައީ ޔުނައިޓެޑަށެވެ. އެ ޓީމުގެ މެދުތެރެއަށް ކުޅޭ ބްރޫނޯ ފެނާންޑޭސް އާއި ޕައުލް ޕޮގްބާ އޭރިއާތެރެއިން ހުސްކޮށްހުރެފައި ފޮނުވާލި ދެ ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ ފޮނުވާލި ބާރު ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ މަތަކުރިއެވެ. ލިވަޕޫލްގެ ކުރިއަށް ކުޅޭ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯ ހިފެހެއްޓުމުގައި ޔުނައިޓެޑްގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ލިވަޕޫލަށް މޮޅެއް ނުލިބުމުގެ އިތުރުން ދެން އޮތް ކަންބޮޑުވުމަކީ ލަނޑެއް ވެސް ނުޖެހުމެވެ. މިއީ މިދިޔަ 15 އަހަރުތެރޭ ލީގުގައި ޖެހިޖެހިގެން ތިން މެޗު ލަނޑެއް ނުޖައި ލިވަޕޫލުން ނިންމާލި ފުރަތަމަ ފަަހަރެވެ. އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެއީ މި ވަގުތަށް ބަލާއިރު ކަންބޮޑުވުމެއްގެ ގޮތުގައި ފެންނަން އޮތް ކަމެއް ވިޔަސް ހަގީގަތުގައި އެއީ އޭނާ އަށް މާ ބޮޑު މައްސަލައެއް ނޫން ކަމަށެވެ.
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މި ނަތީޖާ އެންމެ ގޯހެއް ނޫން ކަމަށާއި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކަށް ބަލާއިރު ޔުނައިޓެޑުން މި ނަގާލީ ލިވަޕޫލް ބަލިކުރަން ލިބިފައި އޮތް ބޮޑު ފުރުސަތެއް ކަމަށެވެ.
ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުގެ އިނގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް ވަނީ ދެ ގޯލު ޖަހައިފަ އެވެ. ކްރިސްޓަލް ޕެލަސް އަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، ސިޓީގެ އަނެއް ދެ ގޯލު ޖެހީ އިލްކާއި ގުންޑޮގާން އާއި ރަހީމް ސްޓާލިން އެވެ.
ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ރޭ ޓޮޓެންހަމް ހޮޓްސްޕާސް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 3-1 އިންނެވެ. ޓޮޓެންހަމް ފަސް ވަނައިގައި އޮތީ 18 މެޗުން 33 ޕޮއިންޓާ އެކު އެވެ.
އަމޯރިމްގެ ފުރަތަމަ ބަލި، ސިޓީއަށް ހަމަނޭވާއެއް
ލިވަޕޫލްގެ ސަޕޯޓަރުންނަށް ކްލޮޕްގެ ހާއްސަ ޝުކުރެއް
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޔުނައިޓެޑް ބަލި، ވާދަވެރި ލިވަޕޫލާއި ސިޓީ ގަދަ
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ޔުނައިޓެޑާއި ޗެލްސީ އެއްވަރު، ލިވަޕޫލް ދެ ވަނަ އަށް
މާނޭ ފަހު ވަގުތު ލިވަޕޫލްގެ ލީޑު ދަމަހައްޓައިދީފި
ރެކޯޑް މޮޅާ އެކު ލިވަޕޫލް މަގާމު ދަމަހައްޓައިފި
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ