Roadha Mihaaru
އެއްބާރުލުން ހޯއްދަވަން މިނިސްޓަރު އައިޝާ އޮފީސްތަކަށް

ޑްރަގްގެ މައްސަލަތައް ހައްލު ކުރުމަށް އެއްބާރުލުން ހޯދަން މިނިސްޓަރު އޮފީސްތަކަށް

14 ޖެނުއަރީ 2021

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ބާރު އެޅުއްވުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށް ޒިޔާރަތް ކުރައްވަން މިއަދު ފަށްޓަވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ބާރު އެޅުއްވުމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދައުލަތުގެ އިދާރާތަކަށާއި ކުންފުނިތަކަށް ޒިޔާރަތް ކުރައްވަން މިއަދު ފަށްޓަވައިފި އެވެ.

ޖެންޑާ މިނިސްޓްރީން ބުނީ ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކަށް މިނިސްޓަރު ޒިޔާރަތް ކުރައްވަން ފެއްޓެވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތުގައި އެ ތަންތަނުގެ ވެރިންނަށް މުހިއްމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށެވެ.

މިިނިސްޓަރު އާއިޝާ އެ ތަންތަނަށް ޒިޔާރަތް ކުރެއްވުމުގެ ބޭނުމަކީ މުވައްޒަފުން ހޭލުންތެރި ކުރުމަށް، ހާއްސަކޮށް ސީނިއާ މެނޭޖްމަންޓުތަކަށް ބާރު އެޅުން ކަމަށް ވެސްް ބުންޏެވެ.

ޑްރަގް މައްސަލަ ހައްލުކުރަން ބައިވެރިވުން ހޯއްދަވަން ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ އިދާރާތަކުގެ ވެރިންނާ މަޝްވަރާކުރައްވަނީ.

ޑްރަގް މައްސަލަ ހައްލުކުރަން ބައިވެރިވުން ހޯއްދަވަން ޖެންޑާ މިނިސްޓަރު އައިޝަތު ދީދީ އިދާރާތަކުގެ ވެރިންނާ މަޝްވަރާކުރައްވަނީ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ޒިރާޔަތް ކުރައްވަން ފެއްޓެވުމުގެ ގޮތުން އާއިޝާ މިއަދު ވަޑައިގަތީ މޯލްޑިވްސް ކަސްޓަމްސް ސާވިސް، އެލައިޑް އިންޝުއަރެންސް، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް އަދި މޯލްޑިވްސް އިސްލާމިކް ބޭންކަށެވެ. އެ ތަންތަނުގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެހީތެރިވެދެވޭނެ ގޮތްތަކާ ބެހޭގޮތުންނެވެ.

މިނިސްޓަރުގެ އިތުރުން ނެޝަނަލް ޑްރަގް އެޖެންސީގެ އިސް ބޭފުޅުން ވެސް ގެންދަވަނީ ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތް ކުރައްވައި މަޝްވަރާތައް ކުރައްވަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި 15 ތަނަކަށް ޒިޔާރަތް ކުރަން ހަމަޖެހިފައި ވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަނަށް މިނިސްޓަރު ވެސް ވަޑައިގަންނަވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.