މިިދިޔަ ހުކުރު ދުވަހުގެ ހަވީރު ކ. ހުރާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ފިރިހެން ކުޑަކުއްޖާގެ ހާލު ކުރިއަށް ވުރެ ސީރިއަސް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ. އަދި ޓްރަކް ދުއްވަން އިން އެރަށު ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.
06 ނޮވެމްބަރ 2016
މިިދިޔަ ހުކުރު ދުވަހުގެ ހަވީރު ކ. ހުރާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ފިރިހެން ކުޑަކުއްޖާގެ ހާލު ކުރިއަށް ވުރެ ސީރިއަސް ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ. އަދި ޓްރަކް ދުއްވަން އިން އެރަށު ޑްރައިވަރު ވަނީ ހައްޔަރުކޮށްފަ އެވެ.
އުމުރުން ތިން އަހަރުގެ މުހައްމަދު ނާލަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ލިވާ ފަޅައިގެން ދިއުން ހިމެނެ އެވެ. އޭނާ ހަމަ އެދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ހަވީރު ވަނީ އިންޑިޔާއަށް ގެންގޮސްފަ އެވެ.
އެކްސިޑެންޓްވި ޓްރަކް ދުއްވަން އިން ހުރާގެ ގާތްގަނޑަކަށް 50 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށް ގޭ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގުކުރަން ދިހަ ދުވަސް، ކޯޓުން ވަނީ ޖަހައިދީފަ އެވެ.
ނާލްގެ އާއިލާއާ ހަވާލާދީ ހުރާ ކައުންސިލްގެ ރައީސް އީސާ އަހުމަދު ވިދާޅުވީ އިންޑިޔާއަށް ގެންދިޔަ އިރަށް ވުރެ މިހާރު ހާލު ސީރިއަސްވުމުން އިތުރު އޮޕަރޭޝަނެއް ކުރެވޭ ވަރު އަދި ނުވާ ކަމަށެވެ. ހޮސްޕިޓަލްގައި ބާއްވައިގެން މަހެއްހާ ދުވަސް ވަންދެން ފަރުވާދޭން ޖެހޭ ކަމަށް ޑޮކްްޓަރުން ބުނިކަމަށް ވެސް އީސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުއްޖާގެ މެއަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން ބުނާ ކަމަށެވެ.
ނާލް ދަށުވި ވެހިކަލަކީ އެ ރަށުގައި ކުޑަކުދިން އަރުވައިގެން އާންމުކޮށް ހަވީރު ގަޑީގައި ދުއްވާ އެއްޗެކެވެ.
ނާލްގެ ހާލު އަންނަނީ ރަނގަޅުވަމުން: ރަށު ކައުންސިލް
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި
އެކްސިޑެންޓްތަކާ ގުޅިގެން ޕީޖީ އާއި ފުލުހުން މަޖިލީހަށް
އަލްސަން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
ނިޔާވީ އަޝްފާ އާއި ތޭރަވާގެ ދަރިފުޅު