31 ޑިސެމްބަރ 2020
ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް އަމީތާބް ބައްޗަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މިއީ ސޫރަޖްގެ ފިލްމެއް އަމީތާބަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމެއް އަމީތާބް ބައްޗަން އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. މިއީ ސޫރަޖްގެ ފިލްމެއް އަމީތާބަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
އާއިލީ ފިލްމުތައް ގެނެސްދޭން މަޝްހޫރު ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި ރާޖް ޝްރީ ޕްރޮޑަކްޝަނުން އަމީތާބަށް ވެސް ހުށަހެޅީ ބޮޑު އާއިލާއެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށާއި އޭގެ ސްކްރިޕްޓް ކަމުދާތީ އަމީތާބް ވަގުތުން ފިލްމަށް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. ނޫސްތަކުން ބުނި ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ މި ފިލްމުގައި އަމީތާބްގެ ކެރެކްޓާ އަކީ ބޮޑު އާއިލާއެއްގެ އެންމެ އިސް މީހާގެ ރޯލެވެ.
މި ކަހަލަ ރޯލްތަކެއް އޭނާ ކުރިން ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ކަބީ ޚުޝީ ކަބީ ޢަމް" އާއި "އޭކް ރިޝްތާ" ގެ އިތުރުން "ބާގްބާން" ފާހަގަކޮށްކޮށްލެވެ އެވެ. ރިޕޯޓްތައް ބުނާގޮތުން އަމީތާބާ އެކު ސޫރަޖްގެ ފިލްމުގައި ބޮމަން އިރާނީ ވެސް ވަރަށް ވަރުގަދަ ކެރެކްޓާއެއް ކުޅޭނެ އެވެ.
އަމީތާބް މި ވަގުތު އަންނަނީ އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ތިން ވަނަ ފިލްމު "މޭޑޭ" ގެ މަސައްކަތްކުރަމުންނެވެ.
އަމީތާބާއި ބޮމަން.
ސޫރަޖް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ އޭނާގެ ފިލްމުތައް އާންމުކޮށް ކުޅޭ ސަލްމާން ޚާނާއި ސޯނަމް ކަޕޫރާ އެކު ގެނެސްދިން 2015 ގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އެވެ. "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް ސާތު ސާތު ހޭ" އަދި "ހަމް އާޕް ކޭ ހޭން ކޯން" އަދި "ވިވާ" ފަދަ ހިންދީ ސިނަމާގެ އައިކޮނިކް ފިލްމުތައް ގެނެސްދިން ސޫރަޖްގެ ފިލްމެއް އަމީތާބަށް ހުށަހެޅި އިރު، އޭނާގެ ދަރިފުޅު އަބީޝެކް ވަނީ ސޫރަޖާ އެކު މަސައްކަތްކޮށްފަ އެވެ.
އެއީ ރިތިކް ރޯޝަނާއި ކަރީނާ ކަޕޫރް ވެސް މުހިއްމު ރޯލްތައް ކުޅުނު 2003 ގެ "މޭ ޕްރޭމް ކީ ދީވާނީ ހޫ" އެވެ.
ރިޕޯޓްތައް ބުނާގޮތުން އަމީތާބާ އެކު ސޫރަޖް ހަދާ ފިލްމަކީ ސަލްމާނާ އެކު ހަދަން ނިންމާފައިވާ ފިލްމުގެ ކުރިން ގެނެސްދޭނެ ފިލްމެކެވެ. އޭގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ 2022 ގަ އެވެ.
ސޫރަޖްގެ ފިލްމަކަށް ސަލްމާން ހުރީ ތައްޔާރަށް
ސަލީމް ބުނަނީ އަމީތާބް ރިޓަޔާކުރަން ވެއްޖެ ކަމަށް
އަމީތާބް "ޗެހެރޭ" ކުޅުނީ ހިލޭ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
އަމީތާބާ އެކު ސޫރަޖް ހަދާ ފިލްމު ފަސްކޮށްފި
އަމީތާބަށް އެންމެ އުނދަގުލީ އަޑުއަޅަން
އަލިޒޭ ބޮލީވުޑަށް ނުކުންނަނީ ތައި ރީމޭކަކުން
އާޔޫޝް އިސްކަންދޭނީ ސޯލޯ ލީޑް ފިލްމުތަކަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް