28 ޑިސެމްބަރ 2020
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް، މުޅިން އާ ކޮންސެޕްޓަކަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި ރިހެބިލިޓޭޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް، މުޅިން އާ ކޮންސެޕްޓަކަށް ފަރުވާ ދިނުމަށް ގއ. ވިލިނގިލީގައި ރިހެބިލިޓޭޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
"އައުޓް ޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމަންޓް" ދިނުމަށް "ދަގެނާ" ނަމުގައި ހުޅުވި ސެންޓަރަކީ ވިލިނގިލީގައި ހުންނަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ކްލަބް ޖަމިއްޔާތަކާއި މުޖުތައުގެ އެންމެން ގުޅިގެން އެހީތެރިވެދޭ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކޮމިއުނިޓީ ފަރުވާގެ ހިދުމަތް ފެށި މިފަދަ ފުރަތަމަ މަރުކަޒެވެ.
މި ފަރުވާގެ ނިޒާމު ބައްޓަން ކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހަކު، ފަރުވާ ނިންމައި މުޖުތަމައަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށް ނުލައި އެހީތެރިވެ ދިނުމުގެ ގޮތުން މުޅި މުޖުތަމައުގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެންޓަރުތައް ގާއިމުކޮށްފައި އެބަހުއްޓެވެ. ނަމަވެސް އެ ތަންތަނުން ފަރުވާ ދިނުމުގައި، ރަށުގައި ހުންނަ ސެންޓަރުތަކުގެ ބައިވެރިވުމެއް މާ ބޮޑަކަށް ނޯވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން އެކި ފަހަރު މަތިން އެކި ގޮތަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ޕްރޮގްރާމުތަކަށް ބެލުމަށް ފަހު ތަފާތު ޕްރޮގްރާމެއް މިއަދު ޕައިލެޓް ކުރީ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކޮމިއުނިޓީ ފަރުވާ ފަށަނީ ހެޔޮ ނިޔަތެއްގައި ކަމަށެވެ. ނަމެއް ކިޔާފައި ތަނެއް ހުޅުވައި މަސައްކަތްތެރިން ހޯދިދާނެ ކަމަށާއި އެކަމަކު މުޖުތަމައުގެ އެންމެން ގުޅިގެން ނޫނީ ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެ ހިދުމަތް ދޭން ޖެހެނީ، އާއިޝާ ވިދާޅުވި ގޮތުގައި، ވަށައިޖެހޭ ގޮތަށެވެ. އެހެން ނޫނީ ދޭތެރެދޭތެރެއިން ހުންނާނީ ހާ ވެފައި ހުންނަ ތަންތަން ކަމަށާއި މިކަން ކުރަން ޖެހޭނީ އެފަދަ ހާވެފައި ހުންނަ ތަންތަން ނުބަހައްޓައި މީހެއްގެ އަތުގައި ހިފުމަށް ފަހު ދޫނުކޮށްލާ ގޮތަށް ކަމަށް ވިދާޅުވި އެވެ.
ސެންޓަރަށް ވަންނަ ކޮންމެ މީހަކު، ހޮސްޕިޓަލުން ނޫނީ ފުލުހަކު، މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ އަތުގައި ހިފިއަސް އެ މީހެއްގެ އަތުން ދޫނުކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ފަރުވާ ދިނުމަށް އެސެސްމަންޓް ހަދާއިރު، ހައި ރިސްކު މީހެއް ނަމަ އެ މީހަކު ގެންދާނެ ތަނެއް ނިންމަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރަށް ވުރެ ފަސޭހައިން އެކަން ކުރެވޭނީ ކިހިނެއްތޯ ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ. މިއީ ރައްޔިތުން ކަންބޮޑުވާ ކަންކަމަށް ވިދާޅުވި އެވެ.
މީޑިއަމް ރިސްކް މީހުންނަކީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ބޭސް ދީގެން ފަރުވާ ދޭ މީހުންނެވެ. ހެލްތު މިނިސްޓްރީއާ ވާހަކަ ދައްކައިގެން ހޮސްޕިޓަލުން ވަކި ތަނެއް ހަމަޖައްސައި އެކަން ކުރާނެ ކަމަށް އާއިޝާ ވިދާޅުވި އެވެ.
ލޯ ރިސްކް މީހުންނަކީ، އެ މީހުންނާއެކު ކޮށްލާ ކުޑަ ބުރަ މަސައްކަތަކުން އެ މީހުން ރަނގަޅުކުރެވޭ މީހުންނެވެ.
"މިއަދު އަޅުގަނޑުމެންނަށް ފެށެނީ ވަރަށް ބޮޑު ޕްރޮޖެކްޓެއްގެ ބިންގާ. އަދި މަސައްކަތް އޮތީ ކުރިއަށް. ހީކުރަން އަޅުގަނޑުމެން މަސައްކަތް ފަށާފައި އަޅުގަނޑުމެން ނުނިދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ހަގީގީ ބަދަލު ގެނައުމަށް ހުރިހާ ކަމެއް ކުރަން ތައްޔާރަށް ހުންނެވިކަމަށް އޭނާ ވިދާޅުވި އެވެ.
"ބަދަލު ގެނެސްގެން ޑްރަގްގެ މައްސަލަ ހައްލުކުރަންޖެހޭ"
މަސްތުގެ އާބާދީ ބޮޑުވެ، ދައުލަތް ގޮތް ހުސްވެފައި!
މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!
އެންޑީއޭ އިސްލާހުކުރުން ލަސްވުމަކީ ގެއްލުމެއް: ނަޝީދު
މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރާނެ ގޮތްތަކެއް
ޑްރަގުން ސަލާމަތްވުމަށް މެތަޑޯންގެ ފަރުވާ އަލުން ފަށަނީ
އެންޑީއޭ އަނެއްކާ ވެސް ހެލްތުގެ ދަށަށް ބަދަލުކޮށްފި
މައްސަލަ ހުރިކަން ގަބޫލުކުރަން، ބަދަލު އެބަ ގެންނަން
ޑްރަގް ރިހެބް ސެންޓަރު ހިންގަން އަމިއްލަ ފަރާތްތަކަށް
ގިނަ ބަޔަކަށް ފަރުވާ ދެވޭނީ ހިދުމަތް ޕްރައިވެޓްކޮށްގެން