26 ޖޫން 2020
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ބައެއް ގައުމުތަކުގައި ދޭ ފަރުވާ، "މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރާއްޖޭގައި ދިނުން ހުއްޓާލާފައި އޮންނަތާ ތިން އަަހަރަށް ފަހު އެ ފަރުވާ އަލުން ދިނުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރަން ބައެއް ގައުމުތަކުގައި ދޭ ފަރުވާ، "މެތަޑޯން މެއިންޓެނެންސް ތެރަޕީ" ރާއްޖޭގައި ދިނުން ހުއްޓާލާފައި އޮންނަތާ ތިން އަަހަރަށް ފަހު އެ ފަރުވާ އަލުން ދިނުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް މަަަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ޖެންޑާ މިިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިއަދު އާއްމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެ ފަރުވާ އަލުން ފަށަން އުޅެނީ އިންޑިއާ ސަރުކާރުގެ އެހީގައި ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އިތުރުން، އެ ގައުމުގެ މެޑިކަލް ސައިންސަސް (އެއިމްސް)ގެ ފަންނީ އެހީތެރިކަމާ އެކު، މެތަޑޯން ތެރަޕީ ރާއްޖޭގައި އަލުން ފެށުމާ ބެހޭ މަޝްވަރާތައް ކޮށް، ބޭނުންވާ ބޭސްތައް ގެނެސް، އަންނަ ސެޕްޓެމްބަރު މަހު ފަރުވާދޭން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފަައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނެސް ތެރަޕީއަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ރާއްޖޭގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ޕްރޮގްރާމް ވަނީ މީގެ ތިން އަަހަރު ދުވަސް ކުރިން ހުއްޓާލައިފަ އެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، މަސްތުވާތެކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަކީ އަބަދުވެސް ތަރައްގީކޮށްް، އާ ހޯދުންތަކުގެ އަލީގައި ކުރަން ޖެހޭ ކަމެކެވެ. އެއީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ އެކަނި މަަސައްކަތެއް ނޫން ކަަމަށާއި އެކަމުގައި ފަރުދުންނާއި މުޅި މުޖުތަމައު ބައިވެރިވާން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތި ބޭނުންކުރުމަށް ފަހު، އެ ކަމުން ސަލާމަތް ވުމުގެ ފަރުވާ ލިބި ރިހެބިލިޓޭޓްވެގެން ނުކުންނަ މީހުންނަކީ މުޖުތަމައުން ބަލައިގަންނަ މީހުންނަށް ހެދުމަށް އެންމެން ގުޅިގެން ބުރަ މަސައްކަތެއް ކުރަން ޖެހޭ ކަަމާށް ވެސް އާއިޝާ ވިދާޅުވި އެވެ.
"...ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަށް ފަރުވާގެ އިންްތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި، ބޭނުންވާ ފަރުވާ ލިބިދިިނުމުގައި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށްފި ނަމަ މިކަމުގައި އިތުރު ކާމިޔާބީތައް ލިބިގެންދާނެ އެވެ،" މެސެޖުގައި އޭނާ ވިދާޅުވި އެވެ.
މަސްތުގެ އާބާދީ ބޮޑުވެ، ދައުލަތް ގޮތް ހުސްވެފައި!
މިހާރު ފަރުވާ ބޭނުން ވަނީ އެންޑީއޭ އަށް!
އެންޑީއޭ އިސްލާހުކުރުން ލަސްވުމަކީ ގެއްލުމެއް: ނަޝީދު
ޑްރަގްގެ ފަރުވާ ދިނުމަށް އާ ކޮންސެޕްޓެއް
"ބަދަލު ގެނެސްގެން ޑްރަގްގެ މައްސަލަ ހައްލުކުރަންޖެހޭ"
މަސްތުވާތަކެތީގެ ފަރުވާ ރަނގަޅުކުރާނެ ގޮތްތަކެއް
އެންޑީއޭ އަނެއްކާ ވެސް ހެލްތުގެ ދަށަށް ބަދަލުކޮށްފި
މައްސަލަ ހުރިކަން ގަބޫލުކުރަން، ބަދަލު އެބަ ގެންނަން
ޑްރަގް ރިހެބް ސެންޓަރު ހިންގަން އަމިއްލަ ފަރާތްތަކަށް
ގިނަ ބަޔަކަށް ފަރުވާ ދެވޭނީ ހިދުމަތް ޕްރައިވެޓްކޮށްގެން