Roadha Mihaaru
ނުކުޅެދޭ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަނީ

ނުކުޅެދުންތެރިކަން ހުންނަ މީހަކު ގެސްޓް ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

27 ޑިސެމްބަރ 2020

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު މާލޭގެ ގެސްޓު ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު މާލޭގެ ގެސްޓު ހައުސްއަކަށް ގެންގޮސް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ 7:30 ހާއިރު ރިޕޯޓްކުރި އެ މައްސަލައިގައި ހައްޔަރުކުރީ 40 އަހަރުގެ މީހެއް ކަމަށެވެ.

މި މައްސަލައިގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާއްމުވެފައިވާ އިރު ތުހުމަތުކުރެވޭ މީހާއާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ސުވާލުކުރާ އަޑު އިވެ އެވެ. ގެސްޓް ހައުސްއެއްގެ އެނދުމަތީގައި އިން އެ މީހާއާ ސުވާލުކޮށް، އޭނާ އެތަނަށް ގެންދިޔަ މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭތޯ އަހަ އެވެ. އެ ތަނުގައި ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.

މީގެ އިތުރުން މެދު ރާއްޖެތެރޭގެ ރަށެއްގައި އެކި ދުވަސް މަތިން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ވެސް ފިރިހެނަކު އިއްޔެ ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން 66 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދާ ގުޅޭ ގޮތުން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ވަނީ ޖަހައިފަ އެވެ.

މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.