13 ނޮވެމްބަރ 2024
ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަމިއްލަ ދަރިފުޅާއި އިތުރު އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ.
ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަމިއްލަ ދަރިފުޅާއި އިތުރު އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާއަކީ މީގެ 13 އަހަރުކުރިން ވެސް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހެކެވެ. އެ ފަހަރު އޭނާއަކަށް ދައުވާއެއް ނުކުރެ އެވެ.
އޭނާގެ އެފަދަ މައްސަލައެއް މިދިޔަ ހަފުތާގައި އަނެއްކާ ވެސް ފަޅާއެރީ، "ބައްޕަ ލޯބިން ކުރާ ކަމެއް" ކަމަށް ބުނެ ޖިންސީ ގޯނާގެ ވާހަކަތައް ދަރިފުޅު އެހެން މީހަކަށް ކިޔައިދިނުމުންނެވެ.
މި މައްސަލާގައި އޭނާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ރަށުން "މީހާރު" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި މިފަހަރު އޭނާއަށް ތުހުމަތުކުރަނީ ގްރޭޑް 2 ގައި ކިޔަވާ އޭނާގެ އަންހެން ދަރިފުޅާއި އެ ރަށުގެ އެހެން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
އެ މީހާގެ މައްސަލަ އަމިއްލަ ދަރިފުޅުގެ ފަރާތުން ފެންމަތިވީ އެހެން ގެއަކަށް ކުޅެން ގޮސް އުޅެނިކޮށް އެ ކުއްޖާގެ ފަރާތުން ފެނުނު ކަންތައްތަކެއްގެ ސަބަބުން ޝައްކުކުރެވިގެން ބަޔަކު އެ ކުއްޖާއަށް ސުވާލުކުރުމުންނެވެ. އެހެންވެ، މައްސަލަ ފުލުހަށް ވެސް ހުށަހެޅީ އެ މީހުންނެވެ.
އެ މައްސަލާގައި ޖެންޑާ މިނިސްޓްރީން ވެސް އެރަށަށް ދިޔަ އެވެ. އަދި އެ ކުދިންގެ މެޑިކަލް ޓެސްޓް ހެދި ކަމަށްވެ އެވެ.
އެ މީހާ ބުނީ، ތަކުރާރުކޮށް އޭނާގެ ފަރާތުން ދަރިފުޅަށް ޖިންސީ ގޯނާ ލިބެމުން ދިޔަ ކަމަށާއި "އެއީ ބައްޕަ ލޯބިން ކުރާ ކަމެއް" ކަމަށް ވިސްނައިދީ ސިއްރުކުރަން ދަރިފުޅަށް ކިޔައިދީފައިވާ ކަމަށެވެ.
ރޭޕްކުރުމުގެ ތުހުމަތުވާ މީހަކު ދޫކޮށްލި އަމުރު ބާތިލް
ޖުނައިދަށް ތުހުމަތުކުރި ޖިންސީގޯނާގެ މައްސަލަތައް ބަލަނީ
ޓެކްސީ ޑްރައިވަރެއްގެ ޖިންސީގޯނާގެ މައްސަލައެއް ބަލަނީ
ޖިންސީ ފުރައްސާރައިގެ ތުހުމަތުން އިކްރަމް ސަލާމަތްވެއްޖެ
ނުކުޅެދޭ މީހަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަނީ
ތަހުގީގު ފުރިހަމަކޮށް ސަފާރީ ކޭސް އަލުން ޕީޖީއަށް
އަފްޝަންއަށް ޖިންސީ ފުރައްސާރަކުރި މީހަކު ހައްޔަރުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހަކު ރޭޕްކުރި މައްސަލައެއް
އަލީ ވަހީދަށް ދައުވާކުރަން ވަރަށް އަވަހަށް ފޮނުވާނަން: ޕޮލިސް
ޖިންސީ ގޯނާގެ މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި