23 ޑިސެމްބަރ 2020
ވޮޝިންޓަން (ޑިސެމްބަރު 23) - ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށާއި އެހެން މީހުންނަށް ނަމޫނާ ދެއްކެވުމުގެ ގޮތުން، އެމެރިކާގެ މަޝްހޫރު ސައެންޓިސްޓް އެންތަނީ ފައުޗީ ކޮރޯނާވައިރަހުގެ ވެކްސިން ޖައްސަވައިފި އެވެ.
ވޮޝިންޓަން (ޑިސެމްބަރު 23) - ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށާއި އެހެން މީހުންނަށް ނަމޫނާ ދެއްކެވުމުގެ ގޮތުން، އެމެރިކާގެ މަޝްހޫރު ސައެންޓިސްޓް އެންތަނީ ފައުޗީ ކޮރޯނާވައިރަހުގެ ވެކްސިން ޖައްސަވައިފި އެވެ.
ނޭޝަނަލް އިންސްޓްޓިއުޓް އޮފް ހެލްތު (އެންއައިއެޗް) ގައި ފައުޗީ ވެކްސިން ޖެއްސެވި މަންޒަރު ޓީވީތަކުން ވަނީ ލައިވްކޮށްފަ އެވެ.
ވެކްސިން ޖެއްސެވުމަށް ގަމީހުގެ އަތުކުރި އޮޅާލައްވަމުން، އެމެރިކާގައި އިހްތިރާމް ލިބިގެންވާ ސައެންސްވެރިޔާ ވިދާޅުވީ ވެކްސިން ޖަހަނީ ވެކްސިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ޔަގީންކަން އެހެން މީހުންނަށް ދިނުމަށް ކަމަށެވެ.
"ފުރުސަތު ލިބޭ އެންމެން ވެސް ވެކްސިން ޖެހުމަށް ހިތްވަރު ދިނުމަށް އަޅުގަނޑު ބޭނުންވޭ،" އުމުރުން 79 އަހަރުގެ ފައުޗީ ވިދާޅުވި އެވެ.
ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީސް އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރުގެ މަގާމު 1984 ވަނަ އަހަރުން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ ފައުޗީ ޖެއްސެވީ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިނެވެ.
އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޖޯ ބައިޑަން ވެސް ވަނީ ލައިވް ޓީވީގައި ވެކްސިން ޖައްސަވައިފަ އެވެ. އެމަނިކުފާން ޖެއްސެވީ ފައިޒާގެ ވެކްސިނެވެ. ނަމަވެސް ރައީސް ޑޮނަލްޑް ޓްރަމްޕް ވެކްސިން ޖައްސަވާނެ އިރެއް ހާމަކުރައްވައިފައެއް ނުވެ އެވެ.
ޓްރަމްޕަށް ކޮވިޑްގެ ހާލަތު ބަދަލުކޮށްލެވިދާނެ: ފައުޗީ
އަވަސް އަރުވާލައިގެން ވެކްސިން ނުހަދަން އެދެން: ފައުޗީ
"ކޮވިޑުގެ މަރުތައް ތަހުގީގުކޮށް ހައްގު ހޯދައިދޭންޖެހޭ"
ކޮވިޑް ވެކްސިން 217 ފަހަރު ޖެހި މީހެއް!
ކޮވިޑް ވެކްސިނުން ޔޫރަޕްގެ މިލިއަން މީހުން ސަލާމަތްވި
ޔުގެންޑާގައި ކޮވިޑް ވެކްސިން ގިނަވެ އުކާލަން ޖެހިއްޖެ
ކޮވިޑް ވެކްސިންގެ މޭސްތިރިންނަށް ނޮބެލް އިނާމު
ވެކްސިން އުފެއްދި ގޮތުގެ މައްޗަށް ހެދި ފިލްމުގެ ޓްރެއިލާ
ކޮވިޑްގެ އަސްލު ވައިރަސް މިހާރަކު ނުފެނޭ
ވެކްސިންގެ ލުޔާ އެކު ޖޮކޮވިޗަށް އެމެރިކާގައި ކުޅެވޭނެ