20 ޑިސެމްބަރ 2020
ފުރަަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަކީ ބަލި ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށް މިއަދު ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ފުރަަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަކީ ބަލި ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށް މިއަދު ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން ސަސް ވަނީ ޗެރިޓީ ޝީލްޑް ޗެމްޕިއަން އަދި މިދިޔަ ސީޒަނުގެ ލީގުގެ ރަނަރަޕް ކްލަބް އީގަލްސް 1-0 އިން ބަލިކޮށްފަ އެވެ. ދަ ގްރާންޑޭ އިން ވަނީ ފުރަތަމަ މެޗުގައި 3-0 އިން 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ބަލިކޮށްފަ އެވެ.
"އަޅުގަނޑުމެން ސަސް އަންޑަ އެސްޓިމޭޓެއް ނުކުރާނަން (ބަލި ޓީމެއްގެ ގޮތުގައި ނުދެކޭނަން). އަންޑަ އެސްޓިމޭޓްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފުރަތަމަ މެޗުން އީގަލްސް އަތުން ފުލް ޕޮއިންޓްސް ހޯދާފައި އެ އޮތީ. އެއްވެސް ފުރުސަތެއް ނެތް އެ މީހުން އަންޑަ އެސްޓިމޭޓްކުރުމުގެ. އަޅުގަނޑުމެން ސަސް އަކީ ވަރުގަދަ ޓީމެއް ކަމަށް ދެކިގެން ނަތީޖާ ނެރެން ނުކުންނާނީ،" ކުރިން މާޒިޔާ އަށް ކޯޗުކޮށްދިން އިންމަ ބުންޏެވެ.
އިންމަ ބުނީ ސަސް އަކީ ފުރަތަމަ ޑިވިޝަނަށް އާ ނަމެއް ކަމުގައި ވިޔަސް އެ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ގައުމީ ޓީމުގެ ފުރަަތަމަ އެގާރައިގައި ކުޅެފައި ތިބި ކުޅުންތެރިން އެބަތިބި ކަމަށެވެ. އަދި އެ ޓީމުން ގެނެސްފައިވާ ބިދޭސީ ކުޅުންތެރިން ވެސް ފުރަތަމަ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކިކަން އިންމަ ފާހަގަކުރި އެވެ.
މިދިޔަ ސީޒަނުގައި ދަ ގްރާންޑޭ އިން ސީޒަން ފަށައިގެން ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ފަހުން އެ ޓީމަށް މާލީ މައްސަލަތަކެއް ދިމާވެ ނަތީޖާތަކަށް އަސަރުކުރި އެވެ. އިންމަ ބުނީ މި ފަހަރު އެކަން ތަކުރާރުވިޔަ ނުދޭން ދަ ގްރާންޑޭ މެނޭޖްމަންޓުން ވީހާވެސް ބޮޑަށް ބަލާފައިވަނީ ބަޖެޓަށް ލުއިކޮށް ކުރިއަށްދާން ކަމަށެވެ.
"އަަބަދުވެސް އުއްމީދަކީ އެއްވަރެއްގައި ނަތީޖާތައް ހިފެހެއްޓުން. މިދިޔަ ސީޒަނުގައި ފުރަތަމަ ނަތީޖާތައް ރަނގަޅު އެކަމަކު ފަހުން އެހާ ރަނގަޅެއް ނޫން. އިރާދަކުރެއްވިއްޔާ މެނޭޖްމަންޓުން ވަރަށް ބޮޑަށް ވިސްނައި މިދިޔަ ސީޒަނުގައި އެ ދިމާވި ކަންތައްތައް މި ފަަހަރު ތަކުރާރު ނުވޭތޯ ބަލާނަން،" އިންމަ ބުންޏެވެ
ސަސްގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ ފުރަތަަމަ މެޗުގައި ދިމާވި އަނިޔާތަކުގެ މައްސަލަތަކެއް އެބައުޅޭ ކަމަށާއި އެންމެ ބޮޑު އަމާޒަކީ އޭގެއިން ރިކަވާވެގެން ދަ ގްރާންޑޭ މެޗަށް ވީ އެންމެ ފުރިހަމަކޮށް ތައްޔާރުވުން ކަމަށެވެ.
އީގަލްސް އަކީ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި އެ ޓީމު އަތުން މޮޅުވުމަކީ އާންމުކޮށްވާނެ ކަމެއް ނޫން ކަމުގައި ދެކޭ ކަމަށް ނާދު ބުންޏެވެ. ބޭނުންވަނީ އެ މެޗުން ލިބުނު ހިތްވަރުގެ ބޭނުން ހިފައި ދެން ހުރި މެޗުތަކުގައި ވެސް ރަނގަޅު ނަތީޖާ ނެރުން ކަމަށް އޭނާ ބުންޏެވެ.
"ދިގު ސީޒަނަކަށް ބަލާއިރު މަދު ޕްލޭޔަރެއް މި ތިބީ އެކްސްޕީރިއަންސް. އެ ޕްލޭޔަރުން އަނިޔާނުވެ ސީޒަން ނިންމާލެވޭތޯ ބެލުން މުހިއްމު. އެހެން ބުންޏަސް ކައިރި ކައިރީގައި މެޗުތައް ކުޅޭއިރު އަނިޔާގެ ކަންތައްތައް އަންނާނެ. ވީހާ ވެސް ބޮޑަށް އެ ކުޅުންތެރިން ސީޒަނުގައި ބޭނުންކުރެވޭ ގޮތަށް ހަދަން ޕްލޭންކުރަނީ،" ނާދު ބުންޏެވެ.
ކުރިން ވިކްޓްރީ އާއި އޯލް ޔޫތު ލިންކްއޭޖް (އޭވައިއެލް) އަށް ކޯޗުކޮށްދިން ނާދު ބުނީ އެ ޓީމުގެ ސްޕެއިންގެ ފޯވާޑް ވިކްޓަ ރޮޑްރިގޭޒްގެ ބޭނުން ރަނގަޅަށް ހިފޭނެ ގޮތަކަށް ޓީމު ބައްޓަންކުރުން މުހިއްމު ކަމަށާއި މުޅި ސީޒަނަށް ބަލާއިރު އޭނާ ލައިގެން ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ސަސް އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.
ޓީމުގެ އެތެރޭގެ މައްސަލަތައް ހައްލުވެއްޖެ: އިންމަ
ގުރާންޑޭ އޮތީ މައްސަލަގަނޑެއްގެ ތެރޭގައި: އިންމަ
ބޭނުމީ މޮޅަކުން އަލުން ފަށަން: އިންމަ
މާޒިޔާ ފައިދާ ނަގަން، ދަ ގްރާންޑޭ ދުލެއް ނުދޭނެ
ފުޓްސަލް އާއި ފުޓްބޯޅަ އަށް ހައްލެއް ބޭނުންވޭ
މައްސަލަ ތަކުރާރު ވިޔަނުދޭން އިންމަ އަށް އޮތީ އިތުބާރު
ދަ ގްރާންޑޭގެ މަސައްކަތާ މެދު އިންމަ ހިތްހަމަޖެހިފައި
އުނދަގޫވިޔަސް އުއްމީދަކީ ގަދަ ހަތަރެއް: އިންމަ
މައްސަލަތަކުން ދަސްވި ފިލާވަޅު ސަސްގައި ބޭނުން ހިފާނަން
ހާލަތުން އަރައިގަނެ ކާމިޔާބު ހޯދާނަން: އިންމަ