28 މާޗް 2021
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހުން މިއައި ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު ޓީމު އޮތް ހާލެއް ބުނަން އެއްވެސް ކޯޗަކަށް ފަސޭހަނުވާނެ ކަމަށާއި އަމާޒަކީ މާދަމާ ހަވީރު އީގަލްސް އަތުން މޮޅެއް ހޯދައިގެން ރަނގަޅު ރޫހެއްގައި ކުރިއަށްދިއުން ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހުން މިއައި ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަށް ފަހު ޓީމު އޮތް ހާލެއް ބުނަން އެއްވެސް ކޯޗަކަށް ފަސޭހަނުވާނެ ކަމަށާއި އަމާޒަކީ މާދަމާ ހަވީރު އީގަލްސް އަތުން މޮޅެއް ހޯދައިގެން ރަނގަޅު ރޫހެއްގައި ކުރިއަށްދިއުން ކަމަށް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނެފި އެވެ.
ކޮވިޑް ކޭސްތައް ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިވެހި ލީގުގެ ކުޅުން ފަންސާސް ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށީ މިދިޔަ ހުކުރު ދުވަހު ހަވީރު އެވެ. އެ ދުވަހު ދެ މެޗެއް ކުޅުނުއިރު، ދަ ގްރާންޑޭ އެ ދުވަހު މެޗެއް ނުކުޅެ އެވެ. މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ދަ ގްރާންޑޭ ކުޅޭ ފުރަތަމަ ކުޅޭ މެޗުގައި މާދަމާ އީގަލްސްއާ ދެކޮޅަށް ނުކުންނާނެ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އިންމަ ބުނީ އެއްވެސް ކޯޗަކަށް އެ ޓީމެއްގެ ލެވަލް އޮތީ މިހާރު މި ހިސާބުގައޭ ކިޔާފައި ވާހަކަ ދެއްކޭނެ ކަމަށް އޭނާ ގަބޫލުނުކުރާކަމަށެވެ. ސަބަބަކީ މީގެ ލީގު ހުއްޓާލާފައި މި ދިޔަ މުއްދަތުގައި ޕްރެކްޓިސް މެޗުތަކެއް ވެސް ކުޅެވޭނެ ގޮތެއް ނުވުން ކަން އިންމަގެ ވާހަަކައިގައި ފާހަގަކުރި އެވެ.
"ޕްރީ ސީޒަން އަކީ ސީޒަނެއްގައި ދެ ފަހަރު ތިން ފަހަރު ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި ފަހަރު މި ދިމާވީ މި ކަހަލަ ގޮތަކަށް. ދެން ހާއްސަކޮށް މެޗު އޮންނަ ދުވަސް އެނގުން ތަންކޮޅެއް ގާތްވެފައި މި ކަހަލަ ކަންތައްތަކާ ހުރެ ވަރަށް އުނދަގުލުން ޓީމު ތައްޔާރުވެފައި މި އޮތީ. ހީވަނީ މެޗެއް ދެމެޗެއް ކުޅެލީމަ ކުޅުންތެރިންގެ ޕާފޯމަންސާއި ޕްލޭޔަރުންގެ ހުރި ލެވަލް ވެސް އެނގޭނީ. ހަމަގައިމުވެސް ހަގީގަތަކީ ކުޅުންތެރިންގެ މެޗު ފިޓްނަސްގެ އަސަރުކުރާނެ،" އިންމަ ބުންޏެވެ.
އިންމަ ބުނީ މި ހާލަތުގައި ވެސް އެންމެ ރަނގަޅު ގޮތަކީ ލީގު ފެއްޓުންކަމަށްވާއިރު، އެގޮތަށް މަގުފަހިވުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ. އެންމެ ފުރިހަމަކޮށް ތައްޔާރުނުވެވުނަސް އުއްމީދަކީ މާދަމާ ކުޅޭ މެޗުގައި ރަނގަޅު ޕާފޯމަންސެއް ކޮށްގެން ރަނގަޅު ނަތީޖާ ނެރުން ކަމަށް އިންމަ ބުންޏެވެ.
"ކޮންމެ މެޗަކަށް ވެސް މި ނުކުންނަނީ މޮޅުވުމުގެ ރޫހުގައި ބަލިނުވުމުގެ ރޫހުގައި އިރާދަކުރެއްވިއްޔާ މި ވިސްނުން ދެމެހެއްޓޭތޯ ބަލާނަން. މި ގޮތަށް ހުއްޓާލާފައި ފަށާއިރު މޮޅަކުން ފެށުން ވަރަށް މުހިއްމު،" އިންމަ ބުންޏެވެ.
މި ވަގުތު ދަ ގްރާންޑޭގެ މުހިއްމު ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަ ދިމާވެފައިވާ ކަމަށާއި މި މަހުގެ ޓްރާންސްފާ މާކެޓްގައި ދަ ގްރާންޑޭ އިން އާ ކުޅުންތެރިން ނުގެނައީ މާލީ ހާލަތު ހުރި ގޮތުން ކަމަށް އިންމަ ބުންޏެވެ.
މެޗަށް ނުކުންނައިރު ހާލަތުގެ ގޮތުން އީގަލްސް އަށް އެޑްވާންޓޭޖެއް އެބައޮތް ކަމަށް އިންމަ ދެކެ އެވެ. އެއީ މި ބްރޭކަށް ފަހު އީގަލްސް މިދިޔަ ހުކުރު ދުވަހު މެޗެއް ކުޅެފައިވުމުން އޭގެ އެޑްވާންޓޭޖް އެވެ. ދަ ގްރާންޑޭ އަށް އޮތް އެޑްވާންޓޭޖަކީ އެ މީހުން މެޗެއް ނުކުޅެތިބިއިރު އެ ޓީމު އޮތް ހާލަތެއް އީގަލްސް އަށް ނޭނގުން ކަމަށް އިންމަ ބުންޏެވެ.
"އެޑްވާންޓޭޖެކޭ މި ބުނީ އަޅުގަނޑުމެން އަނބުރާ އައިސްފައި އިން ގޮތެއް ނޭނގޭނެ. ދެނެގެންނަން އުނދަގޫވާނެ. އެ މީހުންގެ މެޗެއް ކުޅެފައި އިނީމަ އަޅުގަނޑުމެންނަށް ލިބިދާނެ އެޑްވާންޓޭޖެއް އެ މީހުންގެ ރިކަވަރީ ލެވަލް. އެ މީހުންގެ ރިވަރީ ރަނގަޅު ވިއްޔާ އެ މީހުންނަށް އެޑްވާންޓޭޖް. ނުވެއްޖެނަމަ ކަމަށް ވިއްޔާ އަޅުގަނޑުމެންނަށް އެޑްވާންޓޭޖް،" އިންމަ ބުންޏެވެ.
އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ އޭނާގެ ޓީމަށް ރަނގަޅަށް ރިކަވާނުވެ މި މެޗު ކުޅެންޖެހުމަކީ މެޗުގެ ހާލަތު ދާ ގޮތަކުން ދަ ގްރާންޑޭ އަށް އެޑްވާންޓޭޖަކަށް ވެދާނެ ކަމަށެވެ. އަދި ދަ ގްރާންޑޭ، ބްރޭކަކަށް ފަހު ފުރަތަމަ މެޗަށްނުކުންނައިރު އެ ޓީމު އޮންނާނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށްވުމުން އޭގެ ކޮންމެވެސް ވަރެއްގެ ފަސޭހައެއް އޮވެދާނެ ކަމަށް ޝާޒް ދެކެ އެވެ.
"އެ މީހުން (ދަ ގްރާންޑޭ)ގެ ފުރަތަމަ މެޗު ވިޔަސް ދަ ގްރާންޑޭ ޓީމަކަށް ނެތް ބަދަލެއް އައިސްފައެއް. އެހެންވީމަ ޓީމު ނޭގުމުގެ ކަމެއް ނީންނާނެ. އެހެންވީމަ ޓީމު ރީޑްކުރުމުގެ ކަމެއް ނީންނާނެ. އެހެންވީމަ އޭގެ އެކަހަލަ އުނދަގޫކަމެއް ނެތް. މީގެ އިންނާނެ ކަމަކީ ފަހަރުގައި މެޗެއް ނުކުޅެ ފުރަތަމަ މެޗަކަށް ނުކުންނައިރު ފަސޭހަތަކެއް ވެސް ހުންނާނެ. އެއީ މެޗެއް ކުޅެފައި އެންމެ ރަނގަޅު ރިކަވަރީ ނެތް ޓީމަކާ ދެކޮޅަށް ކުޅޭނަމަ އެއީ އެޑްވާންޓޭޖެއް. ފުޓްބޯޅައިގައި މި ކަހަލަ ގޮތަކަށް ކަންތައްތައް ހުންނާނީ ދެކޮޅަށް ވެސް އެޑްވާންޓޭޖް ހުންނާނެ،" ޝާޒް ބުންޏެވެ.
އެންމެ ފަހުން ލީގުގައި ކުޅުނު މެޗަށް ފަހު އީގަލްސް ވަނީ ނުވަ މެޗުން 11 ޕޮއިންޓް ހަަމަކޮށް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ދަ ގްރާންޑޭ މި ވަގުތު އޮތީ ލީގުގެ ތިން ވަނައިގަ އެވެ. އެއީ ނުވަ މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އަށް ގަދަ ހަތަރަކަށް ވަންނަން ބަލާއިރު މާދަމާގެ މެޗުގެ ތިން ޕޮއިންޓް ވަރަށް މުހިއްމެވެ.
ޝާޒް ބުނީ ލީގުގެ ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރުމާއި އަންނަ މަހު ހަތް ވަނަ ދުވަހު އޮތް އޭއެފްސީ ކަޕްގެ ކޮލިފައިންގައި ބޫޓާންގެ ތިމްޕޫ ސިޓިއާ ދެކޮޅަށް ކުޅޭ މެޗަށް ރަނގަޅު ރޫހެއްގައި ދިއުމަށް މި މެޗުން މޮޅުވުން ވަރަށް މުހިއްމު ކަމަށެވެ.
"ދެ ކަމެއް އެބައިން. އެއީ ލީގުގައި (ގަދަ ހަތަރަކަށް) ފައިޓްކުރަން މި ލިބޭ އޮޕްޗިއުނިޓީ. ވަރަށް ބޮޑަށް ފުރުސަތު ހުޅުވިގެންދާނެ މި މެޗުގެ ތިން ޕޮއިންޓާ އެކީ. އެއީ އެއް ކަންތައް. އަނެއްކަމަކީ އޭއެފްސީ ކަޕް މެޗަށް ނުކުންނައިރުގައި ދެ މެޗުގައި ވިން އަކާ އެއްކޮށް ދަންޏާ އެ މޯޓިވޭޝަން އަށް ވެސް ރަނގަޅު. ދެން ހުރިހާ ކުޅުންތެރިންނަށް ވެސް އިނގޭނެ މިއީ މުހިއްމު މެޗެއްކަން،" ޝާޒް ބުންޏެވެ.
ލީގުގައި އީގަލްސް އާއި ދަ ގްރާންޑޭ ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 16:00 ގަ އެވެ.
ޓީމުގެ އެތެރޭގެ މައްސަލަތައް ހައްލުވެއްޖެ: އިންމަ
ގުރާންޑޭ އޮތީ މައްސަލަގަނޑެއްގެ ތެރޭގައި: އިންމަ
އަޔާގެ ގޯލުން ދަ ގްރާންޑޭ އަށް ޕޮއިންޓެއް
ލީގު ނުފެށި ކްލަބްތައް ކެތްތެރިކަން ކޮޅުންލަނީ!
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ"
ފުޓްބޯޅައާ މެދު ފުންކޮށް ވިސްނަން ކްލަބްތަކުން އެދެފި
މާޒިޔާ ފައިދާ ނަގަން، ދަ ގްރާންޑޭ ދުލެއް ނުދޭނެ
ފުޓްސަލް އާއި ފުޓްބޯޅަ އަށް ހައްލެއް ބޭނުންވޭ
މައްސަލަ ތަކުރާރު ވިޔަނުދޭން އިންމަ އަށް އޮތީ އިތުބާރު