05 ނޮވެމްބަރ 2016
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މީހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފި އެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދުކުރާ މީހުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމައިފި އެވެ.
އަންނަ އަހަރުގެ ޖެނުއަރީ 14 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މެދުހެންވޭރު ދާއިރާ އަށް ކުރިމަތިލާން ނިންމާފައިވާ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ ގޮނޑި ކާމިޔާބު ކުރެވޭނީ މައުމޫނާ އެކު މަސައްކަތްކޮށްގެން ކަމަށެވެ. އޭނާ ތާއީދު ކުރަނީ މައުމޫނަށް ކަމަށާއި މަސައްކަތް ކުރާނީ އެމަނިކުފާނުގެ ފަހަތްޕުޅުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޓިކެޓުގައި ކައުންސިލަށް ކުރިމަތިލުމަށް އެ ޕާޓީގެ ރަސްމީ އޮފީހަށް އޭނާ ފޯމު ހުށަހެޅުއްވި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ވަނީ، މިދިޔަ މަހުގެ ފަހުކޮޅު ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތަކާއެކު އެ ފޯމު ވެސް ގެންގޮސްފައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"[ރައީސް ޔާމީންގެ ފެކްޝަން] އިން ދެންނެވި ފަހުން ވެސް ފޯމް ލުމަށް. އެކަމަކު ޕާޓީގެ ހާލަތު މިހާރު ހުރި ގޮތުން އަޅުގަނޑު ބޭނުމެއް ނޫން ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާކަށް،" އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މައުމޫންގެ ތާއީދު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ނ. ވެލިދޫ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާ، އެ އަތޮޅު ޅޮހީ ކައުންސިލްގެ ރައީސް މުހައްމަދު އިރުފާން ވެސް ވިދާޅުވީ ސިޔާސީ ދާއިރާއިން ކުރިއަށް ދެވޭނީ މައުމޫންގެ ފަހަތްޕުޅުގައި މަސައްކަތްކޮށްގެން ކަމަށާއި މި ސަރުކާރަށް މައުމޫން ކުރައްވަމުން އައި ތާއީދު އަނބުރާ ގެންދެވުމުން، ރައީސް ޔާމީންގެ ޓީމާއެކު މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަމިއްލަ ގޮތުން ވެލިދޫ ދާއިރާއަށް ކުރިމަތިލުމަށް މައުމޫންގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ ކެމްޕެއިންގައި ވެސް އަމަލީ ގޮތުން ބައިވެރިވަޑައިގަންނަވާނެ ކަމަށް މައުމޫން ވިދާޅުވެފައިވާކަން އިރުފާން ފާހަގަކުރެއްވި އެވެ.
ވެލިދޫ ދާއިރާގައި ހިމެނޭ ދެ ރަށް، ފޮއްދު އާއި ޅޮހީ ރައްޔިތުންގެ ތާއީދު ވެސް އޮތީ މައުމޫނަށް ކަމަށް އިރުފާން ވިދާޅުވި އެވެ.
މައުމޫންގެ ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ އަލީމް ވިދާޅުވީ ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވާދަކުރަން ހުޅުވާލުމުން 257 ފޯމު ލިބުނު ކަމަށެވެ. ނަމަވެސް ފޯމު ހުށަހެޅި މީހުންގެ ތެރެއިން ވެސް އަމިއްލަ ގޮތުން ކުރިމަތިލާން ބޭނުންވެގެން ވަރަށް ގިނަ މީހުން ގުޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން ވިދާޅުވޭ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކޮށްގެން ކަމަށް. އެކަމަކު ތިއްބަވާނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ކަމަށް ވެސް،" އަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ބައެއް މީހުންނަށް މައުމޫންގެ ތާއީދު އޮތް ކަމުގެ ސިޓީއެއް ހޯދުމަށް ވެސް ގުޅަ އެވެ. އެހެންވެ ޕީޕީއެމްގެ ކައުންސިލްގައި މަޝްވަރާކުރުމަށް ފަހު އެކަމަށް ގޮތެއް ނިންމާނެ ކަމަށް އަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ރައީސް ޔާމީން ފެކްޝަންގެ ޕްރައިމަރީ މި މަހު 25 ގައި
ވަކި ބޭފުޅަކު ނެތަސް ހީނަރުކަމެއް ނާންނާނެ: ޕީޕީއެމް
ވާދަ ނުކުރެވޭ ގޮތް ހެދުން ގާނޫނުއަސާސީއާ ހިލާފު
ސަރުކާރާ ގުޅުމަށް ޑީއާރުޕީން ޝައުގުވެރިކަންފާޅުކޮށްފި
އިންތިހާބުގެ ފޯމުތައް ވެސް ޔާމީން ފެކްޝަނުން ގެންދިޔަ!
ފޯމު ހުށަހެޅުމުގެ މުއްދަތު މައުމޫން ފެކްޝަނުން އިތުރުކޮށްފި
ޕީޕީއެމް ވަރުގަދަކުރަން ނައިބު ރައީސަކަށް ޣައްސާން
ޕީޕީއެމް ސަލާމަތްވާން އޮތީ އިސްލާހީ އެޖެންޑާއަކުން!
މައުމޫނާ ޕީޕީއެމް ހަވާލުކުރަން ހުށަހެޅި މައްސަލަ ބާތިލް