ގއ. ދާންދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
16 ޑިސެމްބަރ 2020
ގއ. ދާންދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ކުޑަކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ލިބިއްޖެ އެވެ.
އެ ރަށުގެ ކައުންސިލް މެމްބަރަކު ވިދާޅުވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ޒަހަމްވީ އާއިލާ އެކު ޗުއްޓީ ހޭދަކުރަން ފުވައްމުލަކުން ދިޔަ ތިން އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އެ ކުއްޖާ އަށް ލިބުނު ޒަހަމްތަކަށް ދާންދޫގައި ފަރުވާ ދިނުމަށް ފަހު އެ އަތޮޅު ވިލިނގިއްޔަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
ވިލިނގިލީ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި ކުއްޖާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ އިތުރުން ފައިގެ ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާ ކަމަށާއި އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސައިކަލް ދުއްވަން އިން މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސައިކަލް ދުއްވާފައި ވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ދާންދޫ އެކްސިޑެންޓްގައި އަނިޔާވި ކުއްޖާ މާލެ ގެނެސްފި
ހައިވޭގައި އެކްސިޑެންޓެއް، ސައިކަލު އޮތީ ބަސް ދަށުގައި
ހައިވޭގައި ބާރަށް ދުއްވި ޕިކަޕެއް ފުރޮޅާލައިފި
މިދިޔަހަފުތާގައި 154 މީހެއްގެ ލައިސަންސް އަތުލައިފި
ކައްދޫ އެކްސިޑެންޓް: މީހަކު ހައްޔަރުކޮށް، ބަންދަށް!
އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ މަރުވެއްޖެ
މަގުހުރަސްކުރަން އުޅުނު ބަޔަކު އެކްސިޑެންޓުވެ ފަރުވާދެނީ
ފުލުހުން ފެނުމުން އަނބުރާލި ވަގުތު އެކްސިޑެންޓެއް
އެކްސިޑެންޓު ވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ހޯދަނީ
އެކްސިޑެންޓުވި 16 އަހަރުގެ ކުއްޖާ ގެޔަށް ދޫކޮށްލައިފި