16 ޑިސެމްބަރ 2020
މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ހިދުމަތް، ޅ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފި އެވެ.
މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ކީމޯތެރަޕީގެ ހިދުމަތް، ޅ. އަތޮޅު ހޮސްޕިޓަލުގައި ފަށައިފި އެވެ.
ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން އެ ހިދުމަތް މި ފެށީ، ކެންސަރަށް ފަރުވާ ހޯދާ ބަލި މީހެއްގެ އެދުމަކަށެވެ. އުމުރުން 70 އަހަރުގެ އެ މީހާ އަކީ، ކޮންމެ ތިން ހަފުތާއަކުން ކީމޯ ފަރުވާ ހޯދަން ޖެހޭ މީހެކެވެ. އެކަމަކު ކޮވިިޑް-19ގެ ބަލިމަޑުކަމާ ހެދި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން، ކޮންމެ ފަހަރަކު މާލެ ގޮސް އައިސް، ގޭގައި ކަރަންޓީނު ވުމަކީ ބަލި މީހާއަށް އިތުރު ވޭނަކަށް ވުމުން، އޭނާގެ އެދުމުގެ މަތިން ހޮސްޕިޓަލުގައި ހިދުމަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
"އަޅުގަނޑަށް އެނގިފައިވާ ގޮތުން، މާލެއަށް ދާން އުނދަގޫވާތީ އެ ޕޭޝަންޓު ވަނީ އެހެން ބައެއް ރީޖަނަލް ހޮސްޕިޓަލްތަކަށް ގުޅައިގެން ވެސް އެ ހިދުމަތް ފަށައިދޭން އެދިފައި. އެކަމަކު އެ ހޮސްޕިޓަލްތަކުން އެކަމަށް ތައްޔާރެއް ނޫން،" ޅ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޖައުފަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތަނުގައި ވެސް ކީމޯގެ ހިދުމަތް ފަށާނެ އާލާތްތަކާއި އިމާރާތެއް ނެތް ކަމަށާއި އެކަމަކު ބަލި މީހަކު ވަރަށް ހާލުގައި އުޅޭތަން ފެނުމުން، ހިދުމަތް ފަށަން ނިންމީ ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލާއި ރައީސް އޮފީހުގެ އެހީތެރިކަމާއެކު، ޅ. އަތޮޅު ހޮސްޕިޓަލުން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އާލާތްތައް ހޯދައި، އޮންކޮލޮޖީގެ ހިދުމަތް ދިނުމަށް، އަށް އެނދުގެ ވަކި ޔުނިޓެއް ވެސް ގާއިމުކޮށްފަ އެވެ. އެއީ ކީމޯތެރަޕީ އަކީ ވޭން ހުރި ފަރުވާއަކަށް ވުމުން، އެހެން މީހުންގެ އެއްވެސް އުނދަގުލެއް ނެތި އެތަނުގައި ތިބެވޭނެ ގޮތް ފަހިކޮށްދިނުމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ކޮންމެ މަހަކު ވެސް ކީމޯތެރަޕީގެ ހިދުމަތް ހޯދާ ދެ މީހުން ނައިފަރުގައި އެބަތިއްބެވެ. އަދި އެކި ސަބަބުތަކާ ހުރެ ދަތުރު ނުކުރެވިގެން، އެ ހިދުމަތް ނުހޯދާ އިތުރު ހަ މީހަކު އެ ރަށުގައި ތިބެ އެވެ. އެހެންވެ، އެ ހިދުމަތް ފެށުންވީ، އެ ބަލިމީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔަކަށެވެ.
ޖައުފަރު ވިދާޅުވީ އެތަނުގެ އަމާޒަކީ ޅ. އަތޮޅުގެ އިތުރުން ނ. އަތޮޅާއި ރ. އަތޮޅު އަދި އަތޮޅުގެ މީހުން ވެސް ކީމޯ ތެރަޕީގެ ހިދުމަތަށް އެ ރަށަށް ދިޔުމެވެ. އެއީ މި ދަނޑިވަޅު މާލެ ދިޔުމަށް ވުރެ، ހުރިހާ ގޮތަކުން ވެސް އެ ގޮތް ފަސޭހަ ވާނެތީ އެވެ.
"މިއީ ދުވަހުން ދުވަހަށް ނިމޭ ފަރުވާއެއް. އެކަމަކު މި ދަނޑިވަޅު މާލެ ދިޔުމަކީ ފަސޭޙަކަމަކަށް ނުވާނެތީ އަޅުގަނޑުމެން މި ހިދުމަތް ކޮންމެހެން މި ފެށީ ވެސް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކެންސަރުގެ ގިނަ ބަލި މީހުން ތިބޭއިރު، ބައްޔަށް ހާއްސަ ފަރުވާތައް ހަމައެކަނި މާލޭ ސަރަހައްދުން ލިބުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެ. އެކަމަށް ނިމުމެއް ގެނައުމަށް، ސަރުކާރުން މިހާރު ވަނީ ލ. އަތޮޅުގައި ކެންސަރަށް ހާއްސަކޮށްގެން ހޮސްޕިޓަލެއް އެޅުމަށް ނިންމާފަ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ކުރިން ހުޅުމާލޭގައި އަޅަން ނިންމި މި ތަން، ލ. އަތޮޅަށް ބަދަލުކޮށް އަންނަ އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ކީމޯތެރަޕީ ދޭން ފަށައިފި
ތިނަދޫގައި ކީމޯ ތެރަޕީގެ ހިދުމަތް ފަށައިފި
އައްޑޫ ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ފަރުވާ ފަށައިފި
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި
ކެންސަރަށް ވެކްސިން ހޯދިއްޖެ ކަމަށް ރަޝިޔާއިން ބުނެފި
ފަސްނުޖެހި، އުރަމަތީ ކެންސަރުގެ ވާހަކަދައްކަން އެދިއްޖެ
"ޒެންޓަކް" އިން ދައުވާތައް ހުއްޓުވަން ދެބިލިއަން ދީފި
ކެންސަރުގައި އަހަރެއްގެ ތެރޭގައި ދެބަފައިންގެ މަރު
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ވޭޕް އެތެރެކުރުން މަނާކުރަން ރައީސްގެ އަރިހުން އެދިއްޖެ