11 ޑިސެމްބަރ 2020
ރިވައިވަލް ސްޕޯޓްސް ކްލަބުން ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމުގެ ވިސްނުމުގައި ޕޮލިސް ކްލަބާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ރިވައިވަލް ސްޕޯޓްސް ކްލަބުން ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމުގެ ވިސްނުމުގައި ޕޮލިސް ކްލަބާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ އަހަރު ޖޫން މަހު ރާއްޖޭގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ އިސްވެ އުފެއްދި ރިވައިވަލް ސްޕޯޓްސް ކްލަބް އިން އަންނަނީ ރާއްޖޭގައި ބެޑްމިންޓަން ކުރިއެރުވުމުގެ ގޮތުން ގިނަ ހަރަކާތްތައް ހިންގަމުންނެވެ. އެކަމަށް ބޮޅެއް އިތުރު މިވީ އިއްޔެ ޕޮލިހާ އެކު މި ވި އެއްބަސްވުމާ އެކު އެވެ.
ތިން އަހަރުގެ މުއްދަތަށް ވެވުނު މި އެއްބަސްވުމުގެ ތެރެއިން ރިވައިވަލް އާއި ޕޮލިހުން ގުޅިގެން ހައި ޕާފޯމަންސް ބެޑްމިންޓަން ކުޅުންތެރިން އުފެއްދުމާއި ކޯޗުން ތަމްރީނު ކުރުމުގެ އިތުރުން ރާއްޖޭގައި ޔޫތު އެކެޑަމީ ސިސްޓަމް ފުޅާކުރާނެ އެވެ.
ޕޮލިސް ކްލަބުން އަންނަނީ ގައުމީ ލެވަލްގައި އެކި ކުޅިވަރުތަކުގައި ވާދަކުރަމުންނެވެ. ބެޑްމިންޓަންގެ އެކި މުބާރާތްތަކުގައި ޕޮލިސް ކްލަބުން ވަނީ ބައިވެރިވެފަ އެވެ. އަދި ގައުމީ ޓީމުގައި ހިމެނިގެން ބައެއް ޕޮލިހުން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަ ވެސް ކޮށްފަ އެވެ.
ރިވައިވަލް ސްޕޯޓްސްގެ މަސައްކަތް ފަށައިގަތްތާ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ވެފައިވާއިރު، މިހާތަނަށް އެ ކްލަބުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގައި ކުޅުންތެރިންނަށް މުހިއްމު ފުރުސަތުތަކެއް ވެސް ހޯދައިދީފަ އެވެ. އެގޮތުން އެ ކްލަބްގެ ބައެއް ކުޅުންތެރިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެ ކްލަބްގެ ނަމުގައި ރާއްޖެ ތަމްސީލްކޮށްފަ އެވެ.
އޭގެ އިތުރުން ރިވައިވަލް އިން އިސްނަގައިގެންވަނީ ސިންގަޕޫރުގެ ތަޖުރިބާކާރު ބެޑްމިންޓަން ކޯޗު އަބްދުލް ހާމިދު ހާންގެ އެހީގައި ރާއްޖޭގެ ކުޅުންތެރިންނަށް ސެޝަންތަކެއް ނަގައިދީފަ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ބެޑްމިންޓަން ޓީމުތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ހިންގުމަށް ރިވައިވަލް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ރިވައިވަލްގެ ކާމިޔާބީތަކަށް ބަލާއިރު އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި ހޯދި އެވެ. އަދި މިދިޔަ އަހަރުގެ ގާނާގެ ޖޭއީ ވިލްސަން އިންޓަނޭޝަން ސީރީޒްގައި ފިރިހެން ޑަބަލްސް ބައިން ލޯ މެޑަލް ހޯދި އެވެ.
ބީއޭއެމްގެ މައްސަލަ ރިވައިވަލުން އޭސީސީއަށް ހުށަހަޅައިފި
ބީއޭއެމްގެ މައްސަލަ ރިވައިވަލްއިން ވޯލްޑް ފެޑެރޭޝަނަށް
"މިކްސް ޗެމްޕިއަންޝިޕުން ބެޑްމިންޓަނަށް ފައިދާވާނެ"
ސެމީގައި ރިވައިވަލް އާއި އައިބާގެ ކުރިމަތިލުމެއް
ރިވައިވަލް އަށް ވެސް ރަނގަޅު ފެށުމެއް
ޒަޔާނަށް ގޮންޖެހުންތަކާއި ކާމިޔާބީގެ އަހަރެއް
ޒަޔާނާއި ތޯއިފަށް ގާނާ މުބާރާތުން ލޯ މެޑަލް
ޒަޔާން އާއި ތޯއިފްގެ ޕެއާ، ގާނާ މުބާރާތުގެ ސެމީ އަށް
ރިވައިވަލްގެ ތަމްރީންތަކަށް ތަޖުރިބާކާރު ކޯޗަކު އެހީވަނީ
ކްލަބެއް އުފައްދައި ޒަޔާން ފުރުސަތުތައް ހޯދައިދެނީ