Roadha Mihaaru
ހެޕީމާކެޓުން ކުކުޅުގެ އަގު ހެޔޮކޮށްފި

ހެޕީމާކެޓުން ކުކުޅުގެ އަގު ހެޔޮކޮށްފި

03 ޑިސެމްބަރ 2020

ހެޕީމާކެޓުން ވިއްކާ ކުކުޅު ހޯލް ސޭލްކޮށް ގަންނަ ފަރާތްތަކަށް ވަރަށް ބޮޑަށް އަގު ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހެޕީމާކެޓުން ވިއްކާ ކުކުޅު ހޯލް ސޭލްކޮށް ގަންނަ ފަރާތްތަކަށް ވަރަށް ބޮޑަށް އަގު ހެޔޮކޮށްފި އެވެ.

ހެޕީމާކެޓުން މިހާރު ކުކުޅު ކިލޯއެއް 33ރ. އަށް ލިބޭނެ އެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓޭ ނަމަ، އެ އަގުތައް އަންނަ އަހަރު ރޯދަ މަސް ނިމެންދެން ހިފެހެއްޓޭނެ ކަމަށް އެ ފިހާރައިން ބުނެ އެވެ. ހެޕީމާކެޓުން ގަނޑުކުރި ކުކުޅުގެ ފަސް ސައިޒެއް ހޯލްސޭލް ކުރަމުންދެ އެވެ. އެއީ 800 ގްރާމް، 900 ގްރާމް، 1000 ގްރާމް، 1200 ގްރާމް އަދި 1400 ގްރާމް އެވެ.

މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ އަދި ކުޅުދުއްފުށީ ސިޓީގައި ހުންނަ ހެޕީމާކެޓްގެ ފިހާރަތަކުން ގަނޑުކޮށް މުދާ ގަންނަ މީހުންނަށް އިތުރު އަގަކާއިނުލައި ޑެލިވަރީގެ ހިދުމަތް ލިބޭނެ އެވެ.

ހެޕީމާކެޓުން ވިއްކާ ކުކުޅު: އަންނަ ރޯދަ މަހާ ހަމަޔަށް މިހާރުގެ އަގުތަކުގައި އަގުތަކުގައި ކުކުޅު ލިބޭނެ

ހެޕީމާކެޓުން ވިއްކާ ކުކުޅު: އަންނަ ރޯދަ މަހާ ހަމަޔަށް މިހާރުގެ އަގުތަކުގައި އަގުތަކުގައި ކުކުޅު ލިބޭނެ

ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ނަމަ، ހެޕީމާކެޓަށް 7993523 ގުޅުމުން އޯޑަރު ނަގައިދީ، ރަށު ބޯޓަށް ޑެލިވަރީގެ ހިދުމަތް ދެ އެވެ.

ރަށްރަށުގެ ވިޔަފާރިވެރިންނަށް މާލެ ނައިސް، ހެޕީމާކެޓުން އެތެރެކޮށް ވިއްކާ ހުރިހާ މުދަލެއް ގަތުމުގެ ފުރުސަތު އެ ފިހާރައިން ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މެދުރާއްޖޭގެ ރަށްތަކަށް މާލެ އަދި ހުޅުމާލެ އިން، ރާއްޖޭގެ ދެކުނުގެ ރަށްތަކަށް އައްޑޫން އަދި އުތުރުގެ ރަށްތަކަށް ކުޅުދުއްފުށީގައި ހުންނަ ހެޕީމާކެޓްގެ ޑިސްޓްރިބިއުޝަން ސެންޓަރުން ތަކެތި ލިބޭނެ އެވެ.

އެ ފިހާރައިން ބުނީ އަންނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ވެސް ގިނަ ބާވަތްތަކެއްގެ މުދާ އަގު ހެޔޮކުރެވޭނެ އެވެ.