03 ޑިސެމްބަރ 2020
ބޮޑުފިނޮޅުގެ މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދީ ހާލުގައި ޖެއްސި މުވައްޒަފުންގެ ކެއުންބުއިމާއި އަސާސީ ޚިދުމަތްތައް ރިޒް ކުންފުނިން ބަލަަހައްޓަން ޖެހޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަަމށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ ނިންމައިފި އެވެ.
ބޮޑުފިނޮޅުގެ މަސައްކަތް ކުރުވައި އެތައް މަހަކު މުސާރަ ނުދީ ހާލުގައި ޖެއްސި މުވައްޒަފުންގެ ކެއުންބުއިމާއި އަސާސީ ޚިދުމަތްތައް ރިޒް ކުންފުނިން ބަލަަހައްޓަން ޖެހޭނެ ކަމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަަމށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އިއްޔެ ނިންމައިފި އެވެ.
ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުގައި ގާތްގަނޑަކަށް 200 ބިދޭސީންނާ މެދު އިންސާނިއްޔަތާ ހިލާފު އަމަލުތަކުން ހައްގު ނިގުޅައިގަތް މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ. އެތަނުން ވަގުތީ އަމުރަކަށް އެދުނީ ބިދޭސީންނާ މެދު ވަކި ގޮތެއް ހަމަޖެހެންދެން ކެއުމާއި ހުރުމާއި ބޭސްފަރުވާގެ އިންތިޒާމާ ރިޒް ކުންފުނިން ހަވާލުވާން ޖެހޭ ކަމަށް ކަނޑައަޅައިދޭށެވެ.
ފަސް މަސް ފަހުން މައްސަލަ ނިންމީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، ރިޒްގެ މައްޗަށް ޕީއައިއެލްސީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށެވެ.
ވަގުތީ އަމުރަކަށް އެދުނު ބޮޑުފިނޮޅުގެ މައްސަލަ ޓްރައިބިއުނަލްގައި ތާށިވެފައި! https://t.co/NcCutgeuZc
— Mihaaru (@Mihaarunews) September 26, 2020
ވަގުތީ އަމުރަށް އެދޭ މައްސަލަ އަވަހަށް ނިންމަން ޖެހުނަސް މިދިޔަ ޖުލައި މަހުގެ 15ގައި ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައިގަނެ ތާވަލުކުރީ ވެސް އެއް މަސް ފަހުން އޮގަސްޓް 19ގަ އެވެ. އެ މައްސަލައިގައި ގޮތެއް މި ނިންމީ، އެތަނުގައި މައްސަލަ ތާށިވެފައި އޮތުމުގެ ކަންބޮޑުވުން ޕީއައިއެލްސީން ފާޅުކުރާތާ ފަސް މަސް ފަހުންނެވެ.
އެތަނުގެ ވަކީލް މަރިޔަމް ޝުނާނާ މިއަދު ވިދާޅުވީ މައްސަލަ ދިގުދެންމުމަށް ފަހު އަމަލުކުރީ އިންސާފުވެރިކޮށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ވަގުތީ އަމުރު ނެރެދިނުން ލަސްވި ކޮންމެ ދުވަހަކީ ބިދޭސީންގެ އެތައް ހައްގެއް ގެއްލިގެން ދިޔަ ދުވަހެއް ކަން ފާހަގަކުރައްވަމުން ވިދާޅުވީ "ބޭކާރު ގޮތުގައި މައްސަލަ ދިގުދެންމީ" ކަމަށެވެ.
"ވަގުތީ އަމުރުތަކުގައި މިގޮތަށް އަމަލުކުރުމުން ކަންބޮޑުވޭ،" ޝުނާނާ ވިދާޅުވި އެވެ.
އެއީ، އިންސާފަށް އެޅޭ ހުރަހެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވަ އެވެ.
Expatriate workers employed by a company belonging to an MP went on strike a few months back after they were forced to work at a resort development site without pay for months. The issue has since died down, but the workers continue to suffer.
— Mihaaru (@Mihaarunews) October 20, 2020
More: https://t.co/yWqHLzpRmg pic.twitter.com/1YhA7ky7zV
ބިދޭސީންގެ ހައްގު ހޯދަން ޕީއައިއެލްސީން ހުށަހަޅާފައި އޮތް މައްސަލައިގައި ރިޒުން އެދުނީ ޖަވާބުދާރީވާން 20 ދުވަސް ދިނުމަށެވެ. އެކަމަކު އެއީ މާ ދިގު މުއްދަތެއް ކަމުގެ ކަންބޮޑުވުން ފާޅުކުރުމުން ޓްރައިބިއުނަލުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
މުސާރަ ނުދިން މައްސަލައިގައި، ބޮޑުފިނޮޅުގައި ދިވެއްސަކު ރަހީނުކޮށް، ފުލުހުންނާ ވެސް ކުރިމަތިލައި އެ ރަށުގެ ބައެއް ތަކެއްޗަށް ވެސް ބިދޭސީން ގެއްލުން ދިނެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރު ވެސް ކުރި އެވެ. މި މުޒާހަރާ އަށް ފަހު ހުޅުމާލެ އަށް އެ މީހުން ގެންނަން ޖެހުނީ ރިޒް ކުންފުނިން ހަވާލުވާން ދެކޮޅު ހެދުމުންނެވެ. އެ ކުންފުނިން ބުނާ ގޮތުގައި، ސީލް ކުންފުނިން ތަރައްގީކުރާ ބޮޑުފިނޮޅުގައި މަސައްކުރީ އެ ކުންފުނީގެ އެންމެ 14 ބިދޭސީންނެވެ.
އެ ބިދޭސީން ހުޅުމާލެ އަށް ގެންދިޔައީ ސަރުކާރުން ބުނެފައިވާ ގޮތުގައި ކެއުންބުއިމަށް ހިނގާ ހަރަދު ރިޒް ކުންފުނިން ހަމަޖައްސައިދޭން އެއްބަސްވުމުންނެވެ.
ފުލުުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ތަހުގީގުކުރާ ބޮޑުފިނޮޅުގެ މައްސަލައާ ބެހޭ ގޮތުން ފުލުހުން ބުނެފައި ވަނީ ބިދޭސީންނަށް މަޖުބޫރުކޮށް، އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ކަމަށެވެ. ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.
ފުލުހުން މައްސަލަ ބަލަން ފެށުމާ އެކު ބިދޭސީންގެ މުސާރަ ހަމަޖައްސައިދޭން ލޭބަ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އިން ރިޒް ކުންފުންޏަށް އެންގި އެވެ. އެ އޮތޯރިޓީން އެންގީ ރިސޯޓު ހަދަން ރިޒް ކުންފުނިން ބޭތިއްބި 179 ބިދޭސީންނަށް މިދިޔަ އޮގަސްޓު މަސް ނިމުމުގެ ކުރިން މުސާރަ ދިނުމަށެވެ. އެކަމަކު އެ އެންގުމަށް ރިޒް ކުންފުނިން އަމަލެއް ނުކުރި އެވެ. މައްސަލަ ބަލަން ރިޒް ކުންފުނިން އެއްބާރުލުން ނުދިން ކަމަށް ބުނެ ފިޔަވަޅު އަޅާނެ ކަމަށް އެލްއާރުއޭ އިން ބުނެފައިވިޔަސް ބިދޭސީންގެ ހައްގުގައި އެޅުނު ފިޔަވަޅެއް މިހާތަނަކަށް ނެތެވެ.
ބިދޭސީންނަށް މުސާރަ ދޭން އެންގި މައްސަލައިގައި ރިޒުން ބުނެފައި ވަނީ، މުސާރައިގެ މައްސަލަ ނިމިގެންދާން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބިދޭސީންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ނިމުމުންނެވެ.
އެކަމަކު އެ މީހުންނާ ހަވާލުވާން ވެސް ދެކޮޅުހަދާފައިވާ ރިޒާގެ ކުންފުނިން މުސާރަ ދޭނެ ކަމުގެ އެއްވެސް އުއްމީދެއް އެ ބިދޭސީންނަކަށް މިހާރަކު ނެތެވެ. އެ މީހުންގެ ކަންބޮޑުވުމަކީ، އާއިލާތައް ހާލުގައި ޖެހިފައި ތިބުމާއި ބޭސްކުރެވޭނެ ގޮތެއް ނެތުމެވެ. އެހެންވެ އެ ބިދޭސީން މިހާރު އާދޭސްކުރަމުން އަންނަނީ ގައުމަށް ފޮނުވައިދޭށެވެ.
ގަވާއިދާ އެއްގޮތަށް ބޮޑުފިނޮޅުގައި ތިބީ 48 ބިދޭސީން!
މެމްބަރު ރިޒާއަށް ހިއުމަން ޓްރެފިކިންގެ ދައުވާކޮށްފި
ބިދޭސީންނަށް މުސާރަނުދީ ސޮއިކުރުވާ ކަމަށް ބުނެ ޕޮލިހަށް
ބޮޑުފިނޮޅުގެ މައްސަލަ ޓްރައިބިއުނަލްގައި ތާށިވެފައި!
އަމުރުނެރުނު މެޖިސްޓްރޭޓްގެ މައްސަލަ ރިޒުން ޖޭއެސްސީއަށް
ކޯޓު އަމުރަށް އަމަލު ނުކުރާނެ ކަމަށް ރިޒުން ބުނެފި
ބިދޭސީންނާ ހަވާލުނުވާން ރިޒުން އެހެން ވާހަކަތަކެއް!
ނުރައްކާ މިސްރާބެއް: މުސާރަ ހޯދައިދެވޭކަށް ނެތް؟
ރިޒުން 205 ބިދޭސީ މުވައްޒަފުންގެ ލިސްޓެއް ފޮނުވި
ރިޒުން ހަވާލުވާން ބޭނުންވަނީ 14 ބިދޭސީންނާ!