26 ނޮވެމްބަރ 2020
ޝާހްރުކް ޚާނާ އެކު މިހާރު "ޕަތާން" ހަދަމުން އަންނަ ޑައިރެކްޓަރު ސިދާތު އާނަންދު، އެ ފިލްމަށް ފަހު ހަދާ އޭނާގެ "ވޯ" ގެ ސީކްއެލްގައި ރިތިކް ރޯޝަނާ އެކު ސަލްމާން ޚާނާއި ޝާހްރުކްގެ ހާއްސަ ފެނިލުންތަކެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޝާހްރުކް ޚާނާ އެކު މިހާރު "ޕަތާން" ހަދަމުން އަންނަ ޑައިރެކްޓަރު ސިދާތު އާނަންދު، އެ ފިލްމަށް ފަހު ހަދާ އޭނާގެ "ވޯ" ގެ ސީކްއެލްގައި ރިތިކް ރޯޝަނާ އެކު ސަލްމާން ޚާނާއި ޝާހްރުކްގެ ހާއްސަ ފެނިލުންތަކެއް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ އަހަރު ހިންދީ ސިނަމާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު "ވޯ" އަކީ ރިތިކާއި ޓައިގާ ޝްރޮފާ އެކު ގެނެސްދި ފިލްމެކެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން "ވޯ" ފްރެންޗައިޒަކަށް ހަދާނެކަން އިއުލާންކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ޝާހްރުކާއި ދީޕިކާ ޕަދްކޯން އާއި ޖޯން އަބްރަހަމާ އެކު ހަދާ "ޕަތާން" އަންނަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރުމަށް ފަހު، ސިދާތު "ވޯ" ގެ ސީކްއެލްގެ މަސައްކަތް ފަށާނެ އެވެ.
އެގޮތުން އެ ފިލްމުގެ އެންމެ ހާއްސަ ކަމަކަށް ވާނީ ސަލްމާނާއި ޝާހްރުކް، ރިތިކާ އެކު ހާއްސަ ފެނިލުންތަކުން ފެނުން ކަމަށް މީޑިއާތަކުން ބުންޏެވެ. ބައެއް ނޫސްތަކުން ބުނިގޮތުގައި "ވޯ" ގައި ސަލްމާން ފެންނާނީ އޭނާގެ ފްރެންޗައިޒް "ޓައިގާ" ގައި ކުޅޭ ޓައިގާގެ ރޯލުންނެވެ. "ޓައިގާ 3" ގެ ތައްޔާރީތައް ވަމުން އަންނަ އިރު، އެ ފިލްމު ޑައިރެކްޓްކުރާނެ ކަމަށް ބެލެވެނީ ޝާހްރުކް ޚާން "ފޭން" ގެނެސްދިން މަނީޝް ޝަރުމާ އެވެ.
Looks like #YRF is planning to make its very own special agent universe featuring @iamsrk, @BeingSalmanKhan and @iHrithikhttps://t.co/b4V0a0dID8
— Filmfare (@filmfare) November 24, 2020
ދެހާސް ބާރަގައިގައި ގެނެސްދިން "އޭކް ތަ ޓައިގާ" ޑައިރެކްޓްކުރީ ކަބީރް ޚާނެވެ. ދެހާސް ސަތާރައިގައި "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ވޯ" ގެ ސީކްއެލްގައި ޝާހްރުކް ފެންނާނީ "ޕަތާން" ގައި އޭނާ ކުޅޭ އެޖެންޓުގެ ރޯލުންނެވެ. އެހެންވެ މި ފިލްމު ވަރަށް ހާއްސަވާނެ އެވެ.
ޝާހްރުކް މީގެ ކުރިން ރިތިކާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެއީ 2001 ގެ "ކަބީ ޚުޝީ ކަބީ ޢަމް" ގަ އެވެ. އަދި ޝާކްރުކްގެ 2011 ގެ "ޑޮން 2" ގެ ކެމިއޯއަކުން ރިތިކް ފެނިފައިވެ އެވެ. ނަމަވެސް ރިތިކާ އެކު ސަލްމާން މިހާތަނަށް އަދި މަސައްކަތްކޮށްފައެއް ނުވެ އެވެ.
"ޕަތާން" ގެ ޝޫޓިން މިހާރު ކުރިއަށްދާ އިރު މީގެ ހާއްސަ ފެނިލުމަކުން ސަލްމާން ފެންނާނެ އެވެ. އަދި "ޓައިގާ 3" ގެ ކެމިއޯއަކުން ޝާހްރުކް ވެސް ފެންނާނެކަމުގެ އަޑުތަކެއް އަރާފައިވެ އެވެ. "ވޯ" އާއި "ޓައިގާ" އާއި "ޕަތާން" މި ތިން ފިލްމަކީ ވެސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމުތަކެވެ.
އުފާވެރި އަނެއް ޚަބަރަކީ އަންނަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ގެ ހާއްސަ ފެނިލުންތަކުން ޝާހްރުކާއި ސަލްމާން ވެސް ފެނުމުގެ ފުރުސަތު ލިބިގެން ދިއުމެވެ. އެހެންވެ މި މި ފިލްމުވެގެން ދާނީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތިން ޚާނުން އެކީގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.
"ދޫމް 4" ގެ ވިލަންއަކަށް ދީޕިކާ؟
މިމަހު ޝާހްރުކް އަލުން ފިލްމީ މަސައްކަތަށް ނިކުންނާނެ
"ޕަތާން" ގައި ދީޕިކާ ތަޅާފޮޅާ ރޯލެއް
ސަލްމާންގެ "ޓައިގާ 3" ގައި ޝާހްރުކްގެ ފެނިލުމެއް
އަނުޝްކާގެ ފިލްމީ ކެރިއަރުގައި ނަސީބު ގަދަ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ޝާހްރުކްގެ "ޕަތާން"ގެ ކްރޫއާ ޖޯން ގުޅިއްޖެ
"ވޯ" ގެ ސީކްއެލްގެ ވިލަންއަކަށް ޕްރަބާސް؟
ޝާހްރުކްގެ "ޕަތާން" ގައި ސަލްމާންގެ 20 މިނިޓް
"ވޯ" ގެ ސީކްއެލް އިން ވެސް ޓައިގާ ފެންނާނެ