02 ނޮވެމްބަރ 2016
ބަޣުދާދު (ނޮވެމްބަރު 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ މޫސަލް ހިފުމަށް މިހާރު ފަށާފައިވާ ހަނގުރާމައިގައި އެ ސިޓީގައި ތާށިވެފައި ތިބި އާއްމުންގެ ތެރޭގައި ހަ ލައްކަ އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނޭ ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެފި އެވެ.
ބަޣުދާދު (ނޮވެމްބަރު 2) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އަތް ދަށުން އިރާގުގެ މޫސަލް ހިފުމަށް މިހާރު ފަށާފައިވާ ހަނގުރާމައިގައި އެ ސިޓީގައި ތާށިވެފައި ތިބި އާއްމުންގެ ތެރޭގައި ހަ ލައްކަ އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނޭ ކަމަށް ސޭވް ދަ ޗިލްރަން އިން ބުނެފި އެވެ.
"މިއީ މޫސަލްގެ ކުޑަ ކުދިން ހިމާޔަތްކޮށް އެ ކުދިންނަށް އެ ސިޓީން ނުކުމެވޭނެ ގޮތެއް ހޯދައިދޭން ވަރަށް މުހިންމު ދަނޑިވަޅެއް،" ސޭވް ދަ ޗިލްރަން އިން ބުނެފައިވެ އެވެ.
އިރާގު ސިފައިން މޫސަލް އަށް ވަންނަން ތައްޔާރުވި އިރު އެ ސިޓީގެ ދެކުނުން އޮތް އަވަށެއްގައި ކުޑަ ކުއްޖަކު ހުދު ދިދައެއް ހިފައިގެން. --ފޮޓޯ:އޭއެފްޕީ
މޫސަލްގައި އާއްމުންގެ 1.5 މިލިއަން މީހުން މިހާރު ތިބި ކަމަށްވެ އެވެ. އެ ސިޓީ އަށް ދޭ ހަމަލާތަކާ ގުޅިގެން އެ މީހުންނަށް ވަނީ ނުކުމެވޭނެ ގޮތް ނުވެފަ އެވެ.
"ސީރިއާގެ ހަލަބް ސިޓީ އަށް ވީގޮތަށް މޫސަލް އަށް ވާން ދޫކޮށްލަން ތިބެވޭކަަށް ނެތް. ހަނގުރާމައިގެ ސަރަހައްދުން ކުޑަ ކުދިން ސަލާމަތް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް،" ސޭވް ދަ ޗިލްރަންގެ އިރާގުގެ ޑިރެކްޓާ މައުރީޒިއޯ ކްރިވެއްލާރޯ ވިދާޅުވި އެވެ.
މޫސަލްގެ ދެކުނުން އޮތް އަވަށެއްގައި އަންހެނުންތަކެއް ކުޑަ ކުދިންތަކެއް ގޮވައިގެން. --ފޮޓޯ:އޭއެފްޕީ
ސީރިއާގެ ހަލަބަށް ދޭން ފެށި ވައިގެ ހަމަލާތަކާ ގުޅިގެން އެ ސިޓީގައި އާއްމުންގެ 250،000 އަށް ވުރެ ގިނަ މީހުން ތިން މަހަށް ވުރެ ގިނަ ދުވަހު ތާށިވެފައި ތިބެން ޖެހުނެވެ.
މޫސަލް ހިފަން ދޭ ހަމަލާތަކުގައި އިރާގު ސިފައިން އިއްޔެ ވަނީ އެ ސިޓީ އަށް ވަދެފަ އެވެ. އިރާގުގެ ލަޝްކަރު ވަން އިރު އެ ގައުމުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އައިއެސް އަށް ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ.
މޫސަލް ހިފުމުގެ ހަނގުރާމައިގެ ދެ ވަނަ ފޭސް ފަށައިފި
އިރާގުގެ ބޯޑަރަށް ތުރުކީން ބަރު ހަތިޔާރު ޖަމާކޮށްފި
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ
އައިއެސްއަށް އިރާގުގެ އިންޒާރު: އަމާންދީ، ނޫނީ މަރުވޭ
މޫސަލްއާ ކައިރިވާ ވަރަކަށް އައިއެސްގެ އަނިޔާތައް ބޮޑު
މޫސަލްގެ ހަނގުރާމައަށް ތުރުކީ ވަންނަން އުޅެނީ ކީއްވެ؟
މޫސަލް ކައިރިން އާއްމުންގެ އެތައް ބަޔަކު މަރައިފި
އައިއެސްގެ ލީޑަރުން މޫސަލް އިން ފިލަން ފަށައިފި
މޫސަލް ހިފުން ދަނީ ޝެޑިއުލަށް ވުރެ ބާރަށް: ޕެންޓަގަން
މޮސޫލް: އިރާގުގައި އައިއެސްގެ އެންމެ މުހިންމު ސިޓީ