Roadha Mihaaru
މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލައަށް ހައްލު ހޯދަނީ

މާލޭގެ މަގުތަކަށް ކުނިއަޅާ މައްސަލަ އަށް ހައްލެއް ހޯދާނަން: ކައުންސިލް

09 ނޮވެމްބަރ 2020

މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ކުށްވެރިކޮށް، އެ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލޭގެ މަގުތަކަށް ކުނިއަޅާ މީހުން ކުށްވެރިކޮށް، އެ މީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އާންމު ތަންތަނަށް ކުނި އެޅުމަކީ ގާނޫނީ ކުށެއް ނަމަވެސް، އެތައް ބަޔަކު އެކަން ކުރެ އެވެ. މަގުމައްޗަށް ކުނި އެޅުމުގެ އިތުރުން މާލޭގެ ޕާކުތަކާއި ޕާކިން ޒޯންތަކަށް ވެސް ކުނި އަޅާފައި ބަހައްޓަ އެވެ.

މާލެ ސިޓީ ކައުންސިލް މެމްބަރު އަހުމަދު ޒަރީރު "މިހާރު" އަށް ވިދާޅުވީ މަގުމައްޗަށް ކުނި އެޅުމަކީ ގާނޫނީ ކުށެއް ކަމަށާއި މާލޭގައި ދިރިއުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް ކުނިއަޅާ ނަމަ އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ. އަދި އެ ފަދަ ތަންތަން ބަލައި ސާފުކުރާނެ ކަމަށާއި އެ ފަދަ އަމަލުކުރާ މީހުން 500 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

މަޖީދީ މަގުގައި ހުންނަ ހީނާމާގެ ޕާކިން ޒޯން ސަރަހައްދަށް މި ދުވަސްވަރު އާންމުކޮށް ކުނި އަޅާފައި ހުރެ އެވެ. ކުނި ކޮތަޅާއި ސަތަރި ފަދަ ތަކެތީގެ އިތުރުން، ދޮންނަ މެޝިނާއި އައިސް އަލަމާރި ވެސް އެ ސަރަހައްދަށް އުކާފައި ހުރެ އެވެ.

އެ މައްސަލަ އެކި އިދާރާތަކުގެ ސަމާލުކަމަށް އެ ސަރަހައްދުގައި އުޅޭ މީހުން ގެނެސްފައި ވެ އެވެ.

ފުލުހުން ބުނީ ކުނި އަޅާ މީހުން ޖޫރިމަނާ ކުރުމަކީ އެ އިދާރާގެ ބެލުމުގެ ދަށުގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ކުނި އަޅާ މީހުން ޖޫރިމަނާކޮށް، އެ މީހުންގެ ނަން އާންމުކުރުން ފަދަ ކަންތައް އެންވަޔަރަމެންޓް ޕޮލިސް އިން މީގެ ކުރިން ކޮށްފައި ވެ އެވެ.

ޕާކިން ޒޯނަށް އެއްލާލާފައި އޮތް އައިސްއަލަމާރި އެއް -- ފޮޓޯ: މިހާރު

ޕާކިން ޒޯނަށް އެއްލާލާފައި އޮތް އައިސްއަލަމާރި އެއް -- ފޮޓޯ: މިހާރު

މި ފަދަ މައްސަލަތައް ބަލާނެ ކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި އެހެން ސަރަހައްދަކަށް ވެސް ބަޔަކު ކުނި އަޅާ ނަމަ އެކަން ކައުންސިލަށް އަންގަން އެދިވަޑައިގަތެވެ.

"ކައުންސިލުން އަބަދު ވެސް މިތިބީ މާލޭގައި އުޅޭ މީހުންގެ ހިދުމަތުގައި. ރައްޔިތުންނަށް އުނދަގޫވާ ކަންތައްތައް އަޅުގަނޑުމެން ހައްލުކުރާނަން،" ޒަރީރު ވިދާޅުވި އެވެ.