08 ނޮވެމްބަރ 2020
ހަބް ކުންފުންޏަށް ފައިސާ ދައްކަން ޑީއާރުޕީގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލައިގައި އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރު ކޮށްދޭން ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ހަބް ކުންފުންޏަށް ފައިސާ ދައްކަން ޑީއާރުޕީގެ މައްޗަށް ހުކުމް ކޮށްފައިވާ މައްސަލައިގައި އެ ޕާޓީގެ ކުރީގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރު ކޮށްދޭން ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ހަބް ކުންފުންޏަށް ހަތް ލައްކަ އަށް ވުުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ އެ ޕާޓީން އެކި ފަހަރު މަތިން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދެއްކުމުންނެވެ. އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
އެ ހުކުމް ޑީއާރުޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ހަބް ކުންފުންޏަށް ފައިސާތަކެއް ދައްކަން އަންގާފައިވަނީ 2008 ގައި ހޯދި ކަމަށް ބުނާ ޚިދުމަތްތަކަކާ ގުޅިގެން ކަމަށާއި އޭގެ ތެރޭގައި ނުދޭ ޚިދުމަތްތަކަކަށް އިންވޮއިސް ފޮނުވާފައި އެބަހުރި ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން އޭރުގެ އެ ޕާޓީގެ ލީޑަރު މައުމޫން ކޯޓަށް ހާޒިރު ކުރައްވައި، އެ މައުލޫމާތު ސާފުކުރަން އެދިވަޑައިގަންނަވާ ކަމަށާއި ޑީއާރުޕީގެ މިހާރުގެ ލީޑާޝިޕަށް އެ މައުލޫމާތުތައް ރަނގަޅަށް ސާފުނުވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޑީއާރުޕީގެ ލީޑާޝިޕް ބަދަލުވުމުން "ވާރޭ ވެހޭ އުސޫލުން" އެކި ތަންތަނުން އެ ޕާޓީއާ ދެކޮޅަށް ދައުވާ ކުރަން ވަނީ ފަށައިފަ އެވެ. އެކަމަކު، ޕާޓީތަކުގެ ދަރަންޏަށް ހަރުދަނާ އުސޫލަކުން ޒިންމާ ކުރުވަންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. ފައިސާ ދޭން ޑީއާރުޕީން އިންކާރު ނުކުރާ ކަމަށާއި ހަބް ކުންފުނީގެ މައްސަލައިގައި ސުވާލު އުފެދޭ އިންވޮއިސްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ހަބް ކުންފުނީގެ ވަކީލު އަބްދުﷲ ނަސީރު ވިދާޅުވިގޮތުގައި، ސައްހަ ނޫން އިންވޮއިސްތަކެއް ކަމަށް ބުނެ ޑީއާރުޕީން ކުރިން ޝަކުވާ ކޮށްފައެއް ނުވެ އެވެ. އެ އިންވޮއިސްތައް ސައްހަ ކަމަށް އެ ޕާޓީގެ އިސްވެރިން ދަށު ކޯޓުގައި ކުރިން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޚިދުމަތް ލިބުނު ކަމަށް ޑީއާރުޕީން ވެސް އިންކާރު ނުކުރާ ކަމަށާއި މައްސަލަ އުފެދިފައިވަނީ ޚިދުމަތުގެ އަގާ ގުޅިގެން ކަމަށް ވިޔަސް، ރަނގަޅު އަގަކީ ކޮބައިކަން އެ ޕާޓީން ބުނެދީފައި ނުވާ ކަމަށް ނަސީރު ވިދާޅުވި އެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.
އެ މައްސަލަ 2015 ވަނަ އަހަރު ޑީއާރުޕީން އިސްތިއުނާފު ކޮށްފައި ވަނިކޮށް، އެ ޕާޓީން ކޯޓަށް ހާޒިރު ނުވުމުން މައްސަލަ ވަނީ ބޭރުކޮށްލައިފަ އެވެ. އެ މައްސަލަ އަލުން ހުށަހެޅީ މިއަހަރު އެވެ.
މައުމޫން ކޯޓަށް ހާޒިރުކުރަން ޖާބިރު އެދިވަޑައިގަތްއިރު، ޖާބިރު އަތުން މައުމޫން ދަރަންޏަށް ނެންގެވި ކަމަށް ބުނާ ފައިސާތަކެއް ހޯދަން ވެސް ޖާބިރު ވަނީ މައުމޫނާ ދެކޮޅަށް ދަށު ކޯޓުގައި ދައުވާ ކޮށްފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުގައި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި މައުމޫނާއި އެ ޕާޓީގެ އިސް ބޭފުޅުން ޕާޓީ ދޫކުރައްވައި، ވަޑައިގަތް ފަހުން ގިނަ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހި މާލީ ބޮޑެތި ގޮންޖެހުންތަކެއް އެ ޕާޓީ އަށް ކުރިމަތިވި އެވެ.
ޑީއާރުޕީގެ ހަތް ލައްކައިގެ ދަރަނިން ސަލާމަތެއްނުވި
މައުމޫން ދަރަންޏަށް ޒިންމާކުރުވަން އުޅޭތީ ސުޕްރީމްކޯޓަށް
ސިޔާސީ ހަރަކާތްތައް ނުހިންގަން ޑީއާރްޕީއަށް އަަންގައިފި
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
ދަރަނީގެ މައްސަލާގައި ޑީއާރުޕީން ދައުވާކުރަނީ
ޑީއާރުޕީއަކީ މި ކޯލިޝަންގެ ބައިވެރިއެއް ނޫން: އިދިކޮޅު
މިފަހަރު ޖާބިރު ބޭނުންވީ ކޯލިޝަނުން މައުމޫން ބޭރުކުރަން
ސުޕްރީމް ކޯޓަށް: މާޒީ ހުތުރު، ދެން ރަނގަޅުކުރޭ!
މައުމޫނަށް މާފުކޮށް، ޖާބިރު މައްސަލަ ނަގަން ނިންމައިފި
މައުމޫން ހާޒިރުނުކުރަނީސް ވާހަކައެއް ނުދައްކާނަން: ޖާބިރު