08 ނޮވެމްބަރ 2020
އިންޑޮނީޝިއާގެ ބާލީގެ ޔުނިވަސިޓީއެއްގެ ދަރިވަރުންގެ ޓިއުޝަން ފީ ކާށިން ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑޮނީޝިއާގެ ބާލީގެ ޔުނިވަސިޓީއެއްގެ ދަރިވަރުންގެ ޓިއުޝަން ފީ ކާށިން ދެއްކޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ގައުމުގެ މީޑިއާތަކުން ބުނީ ބާލީގެ ޓެގަލަލަންގްގައި ޓޫރިޒަމްް ދާއިރާ އަށް ހާއްސަ ކޯސްތައް ހިންގާ ޔުނިވަސިޓީ، ވީނަސް ވަން ޓޫރިޒަމް އެކެޑެމީގެ ދަރިވަރުންނަށް ކާށިން ފީ ދެއްކޭ ގޮތަށް ހަމަޖެއްސީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި ދަރިވަރުންގެ އާއިލާތަކަށް އާމްދަނީ ލިބުން ދަތިވެ، ފައިސާގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް ލުއެއް ދިނުމުގެ ގޮތުން ކަމަށެވެ.
އެހެންވެ މާލީ ދަތިކަން ކުރިމަތިވެފައިވާ ދަރިވަރުންގެ ތެރެއިން ކާށިން ފީ ދައްކަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ހުޅުވާލީ މާޗް މަހުގެ ތެރޭގަ އެވެ. މިކަމާ ގުޅިގެން ދަރިވަރުން ވަނީ ޔުނިވަސިޓީގެ ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
ވީނަސް ވަން ޓޫރިޒަމް އެކެޑެމީގެ ފަރާތުން ވަޔަން ޕަސެކް އާދީ ޕުތުރާ ބާލީ ޕުސްޕާ ނިއުސް އަށް ވިދާޅުވީ ފީގެ ގޮތުގައި ދަރިވަރުން ގެނެސްދޭ ކާށި ބޭނުން ކުރާނީ އެކެޑެމީގައި ކާށި ތެޔޮ އުފައްދަން ކަމަށެވެ.
ވަޔަން.
އޭނާ ވިދާޅުވި ގޮތުގައި މިކަން އެތަނުގައި ކުރިއަށް ވުރެ ފުޅާކޮށް ކުރަން ފެށުމުން ދަރިވަރުންނަށް އިތުރު މަސައްކަތެއް ދަސްވެ، އިގުތިސާދުކުރާނެ ގޮތް ވެސް އިތުރަށް ދަސްވެގެން ދާނެ ކަމަށެވެ.
ވަޔަން ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމާ ހެދި ވަރަށް ގިނަ ދަރިވަރުންނަށް ފީ ދައްކަން ދަތިވުމުން އިންސްޓޯލްމަންޓަށް ފީ ދެއްކޭ ގޮތްތަކެއް ވެސް ހަމަޖެއްސި އެވެ.
"އެކަމަކު އެއީ ވެސް ދަރިވަރުންނަށް މާ ބޮޑު ލުޔަކަށް ނުވީމަ ފައިސާގެ ބަދަލުގައި ކާށިން ފީ ދެއްކޭނެ ގޮތް ހަމަޖެއްސީ،" އޭނާ ވިދާޅުވި އެވެ. "މިހާރު ފީ ދެއްކުމުގައި ދަރިވަރުންނަށް އެއްވެސް ދައްޗެއް ނެތް."
ވީނަސް ވަން ޓޫރިޒަމް އެކެޑެމީން ބުނި ގޮތުގައި ކާށިން ތެޔޮ އުފައްދައި، ދެ ބާވަތެއްގެ ފަތްޕިލާވެލި ބޭނުންކޮށްގެން މިހާރު އަންނަނީ ސައިބޯނި ވެސް އުފައްދަމުންނެވެ.
ވީނަސް ވަން ޓޫރިޒަޒް އެކެޑެމީގެ ދަރިވަރުންތަކެއް.
"މިއީ އަސްލު ދަރިވަރުންނަށް ކުރާނެ މަސައްކަތެއް ދަސްވެ، ވިޔަފާރީގެ އުކުޅުތައް ދަސްވެ، އާމްދަނީ ހޯދޭނެ އާ ދޮރެއް ވެސް ހުޅުވިގެން ދާނެ ކަމެއް،" ވަޔަން ވިދާޅުވި އެވެ. "ކާއްޓާއި ފަތްފިލާވެލީގެ ބާވަތްތަކަކީ ލިބިފައިވާ ގުދުރަތީ ވަސީލަތްތަކަކަށްވާތީ އެބަޖެހޭ މި އެއްޗެހީގެ ބޭނުން ހިފާނެ އިތުރު ގޮތްތައް ވެސް ދަސްކުރަން."
ކާށިން ތެލާއި ސައިބޯނި އުފައްދައި ބާޒާރަށް ނެރުމުގެ ހުއްދަ ވެސް ވީނަސް ވަން ޓޫރިޒަމް އެކެޑެމީ އަށް ބާލީގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ދީފަ އެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް
މާމަދަރިފުޅާ އެކު 74 އަހަރުގައި ގްރެޖްއޭޓްވެއްޖެ
ދަރިވަރުންނަށް ހާއްސަކޮށް "ފޭސްބުކް ކޭމްޕަސް"
ނީލަކަންތާ؛ މިއީ އެންމެ ހަލުވި ކަލްކިއުލޭޓަރު
އުމުރުން 13 އަހަރުގައި ހަތަރު އެސޯސިއޭޓް ޑިގްރީ
9 އަހަރުގެ ކުއްޖާގެ ގްރެޖުއޭޝަން ލަސްވާތީ ގެޔަށް
ފޯނާ ދުރުކުރަން ކޮންމެ ކުއްޖަކަށް ފިޔޮކެއް
ނުވަ އަހަރުގައި ޔުނިވަސިޓީން ގްރެޖުއޭޓްވަނީ
އިމްތިހާނު ހަދަން ބޮލުގައި ފޮށިގަނޑެއް އަޅުވައިފި
އިނގިރޭސިން ވާހަކަ ދައްކަން އެންގުމުން ވަޒީފާ ގެއްލިއްޖެ