29 ޖެނުއަރީ 2019
ވާހަކަ ދައްކަން ޖެހޭނީ އިނގިރޭސިން ބަހުން ކަމަށް ބުނެ އެމެރިކާގެ ޔުނިވަސިޓީއެއްގެ ޕްރޮފެސަރަކު ޗައިނާގެ ދަރިވަރުންތަކަކަށް ފޮނުވި އީމެއިލްއަކާ ގުޅިގެން މައްސަލަ ހޫނުވެ އޭނާ މަގާމުން ވަކިކޮށްފި އެވެ.
ވާހަކަ ދައްކަން ޖެހޭނީ އިނގިރޭސިން ބަހުން ކަމަށް ބުނެ އެމެރިކާގެ ޔުނިވަސިޓީއެއްގެ ޕްރޮފެސަރަކު ޗައިނާގެ ދަރިވަރުންތަކަކަށް ފޮނުވި އީމެއިލްއަކާ ގުޅިގެން މައްސަލަ ހޫނުވެ އޭނާ މަގާމުން ވަކިކޮށްފި އެވެ.
އެމެރިކާގެ ޑިއުކް ޔުނިވަސިޓީގައި ބައޯސްޓެޓިސްޓިކްސް މާސްޓާޒް ޕްރޮގްރާމެއްގައި ބައިވެރިވާ ދަރިވަރުންތަކަކަށް، އެސިސްޓަންޓް ޕްރޮފެސަރެއްގެ މަގާމުގައި ހުރި މޭގަން ނީލީ ފޮނުވި އީމެއިލްއެއްގައި ބުނީ ޔުނިވަސިޓީ އިމާރާތުގެ ތެރޭގައި ތިބޭ ނަމަ ވާހަކަދައްކަން ޖެހޭނީ އިނގިރޭސި ބަހުން ކަމަށާއި އެހެން ނޫން ނަމަ "އެކަމުގެ އަގު ދައްކަން ޖެހިދާނެ" ކަމަށެވެ.
އޭނާ އެފަދަ އިމެއިލަށް ދަރިވަރުންނަށް ފޮނުވީ ޑޫކްގައި ކިޔަވާ ޗައިނާގެ ގިނަ ދަރިވަރުންތަކެއް ޗައިނާ ބަހުން ވާހަކަ ދައްކާތީ އެވެ.
ނަމަވެސް ބޭރު ގައުމެއްގެ ދަރިވަރުންތަކަށް އިނގިރޭސީން ވާހަކަ ދައްކަން މަޖުބޫރުކޮށް ފޮނުވި އީމެއިލުން ދޭހަކޮށްދެނީ ނަސްލީ ތަފާތުކުރުންތައް ކަމަށް ބުނެ، ވަރަށް ގިނަ ބަޔަކު ވަނީ މޭގަން އަށް ސޯޝަލް މީޑިއާގައި ފާޑު ވެސް ކިޔައިފަ އެވެ. އަދި މިއީ ޑިއުކް ޔުނިވަސިޓީގައި ކިޔަވާ ބޭރު ގައުމުތަކުގެ ދަރިވަރުންނާ ދޭތެރޭ ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމުގެ ހެއްކެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
One professor from Duke University sent out an email asking Chinese students not to speak Chinese in school building. pic.twitter.com/6xGkIeScJo
— Hua Sirui 华思睿 (@siruihua) January 26, 2019
ނީލީ ދިފާއުގައި ބުނީ އިނގިރޭސި ބަހުން ވާހަކަ ދައްކަން އެންގީ ނަސްލީ ތަފާތު ކުރުމެއް އޮވެގެން ނޫން ކަމަށާއި އަމާޒަކަށްވީ ދަރިވަރުންގެ އިނގިރޭސި ފެންވަރު ރަނގަޅުކުރަން ބާރު އެޅުން ކަމަށެވެ. އަދި ޗައިނާގެ ބައެއް ދަރިވަރުން ފެކަލްޓީގެ އެހެން މީހުންނަށް ނޭނގޭ ބަރުހުވަޔަކުން ވާހަކަ ދައްކާތީ ކިޔަވައިދޭ ބައެއް ލެކްޗަރާއިންގެ ޝަކުވާތައް ހުރި ކަމަށް ބުންޏެވެ.
"އެހެންވެ ޔުނިވަސިޓީގެ ފެކަލްޓީ އޭރިއާގަ އާއި އެ ނޫން ވެސް ޕްރޮފެޝަނަލް ސެޓިންތަކުގައި އިނގިރޭސި ބަހުން ވާހަކަ ދައްކަން ހިތްވަރު ދިނުން އަހަރެންގެ ބޭނުމަކަށްވީ،" ނީލީ ބުންޏެވެ.
އޭނާގެ ދިފާއުގައި ބައެއް ދަރިވަރުން ވެސް ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ނީލީއަކީ ހުރިހާ ދަރިވަރުންނާ ދޭތެރޭ ވެސް ހަމަހަމަކޮށް ކަންކަން ކުރާ ދަރިވަރުންނާ ވަރަށް ގުޅޭ ޕްރޮފެސަރެއް ކަމަށް ބައެއް ދަރިވަރުން ބުނެފައިވެ އެވެ.
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އެޕަލްގެ ބޮޑު ޕްރޮޖެކްޓެއް
މާމަދަރިފުޅާ އެކު 74 އަހަރުގައި ގްރެޖްއޭޓްވެއްޖެ
ދަރިވަރުންނަށް ހާއްސަކޮށް "ފޭސްބުކް ކޭމްޕަސް"
އުމުރުން 13 އަހަރުގައި ހަތަރު އެސޯސިއޭޓް ޑިގްރީ
9 އަހަރުގެ ކުއްޖާގެ ގްރެޖުއޭޝަން ލަސްވާތީ ގެޔަށް
ޗައިނާއިން ސީއެޗްއެސްއީ އަށް އޭސީތަކެއް ހަދިޔާކޮށްފި
ޗެމްޕިއަންސް ރައުންޑަށް ދިވެހި ކުދިން އެމެރިކާއަށް
"ބްލެކް ޕެންތާ" ގެ ނަމުގައި ސްކޮލަޝިޕެއް
ޗައިނާގެ ދަރިވަރުންނަށް އިމްތިހާނުތައް މަދުކުރަނީ
ހަވަޑް ޔުނިވަސިޓީން ބޯޒްމަންގެ ހަނދާނުގައި ޝަރަފެއް