07 ނޮވެމްބަރ 2020
ކްރެޑިޓް ރޭޓިން ކުންފުނި، ފިޗް ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު އަހަން ޖެހޭ ކަމަށާއި އެކަމަކު ގައުމު ދަރަނިވެރި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރެޑިޓް ރޭޓިން ކުންފުނި، ފިޗް ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު އަހަން ޖެހޭ ކަމަށާއި އެކަމަކު ގައުމު ދަރަނިވެރި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ވަނީ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކޮށްފަ އެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވުމެވެ. އެކަމަކު އެ ރޭޓިން ގަބޫލު ނުކުރާކަމަށް، ފިނޭންސް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ. ފިނޭންސިން ދެކޭ ގޮތުގައި ފަހުގެ ޕޮލިސީތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަންނަނީ ބާރުމިނުގައި ކުރިއަރަމުންނެވެ. އަދި ރާއްޖޭން ދައްކަން ޖެހޭ ދަރަނި ބަރާބަރަށް ދައްކަމުން އަންނަ ކަމަށް އިއްޔެ ސަރުކާރުން ބުންޏެވެ.
We have to listen to international indicators, inc. the recent Fitch downgrade. But, we will not default if we can restructure our external debt, esp. to Chinese commercial institutions. With tourism and travel bouncing back, I remain optimistic. ??
— Mohamed Nasheed (@MohamedNasheed) November 7, 2020
ސަރުކާރުގެ ވާހަކައަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ ފިޗުގެ ރޭޓިން ދަށް ކުރި ނަމަވެސް އެ އަޑުއަހަން ޖެހޭ ކަމަށާއި އެކަމަކު ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކޮށްފިނަމަ ގައުމު ދަރަނި ނުވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް، ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޓޫރިޒަމް ކުރިއަރައި ދަތުރުފަތުރުކުރުން ގިނަވަމުންދާތީ، އަޅުގަނޑަށް އުއްމީދު އެބައޮތް،" ނަޝީދު ވިދާޅުވި އެވެ.
މިދިޔަ ދެ އަހަރު ވެސް ރޭޓިން މަތިވެފައިވަނިކޮށް، ފިޗުން އެންމެ ފަހުން ބުނިގޮތުގައި ރާއްޖޭން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެ އަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ފިނޭންސުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖެއިން އަންނަނީ ކާމިޔާބު ކަމާއެކު ކޮވިޑް-19 ކޮންޓްރޯލް ކުރަމުން ކަމަށެވެ. އަދި ރާއްޖޭގެ ބޯޑަރު ހުޅުވައި މަހުން މަހަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނައިރު ޓޫރިސްޓުންނަށް ލުއި ހޯދައިދިނުމަށާއި ރާއްޖެ އަށް އަންނަ އެއާލައިންތައް ވެސް ގިނަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. "މީގެ އިތުރުން އަންނަ އަހަރު ވެސް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަން ބަޖެޓު ބޮޑުވާނެ އެވެ." ފިނޭންސުގެ ބަޔާނުގައި ބުނެފައި ވެ އެވެ.
"އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރާނެ"
މޫޑީސް އިން ރާއްޖެއަށް ދިނީ "ސީއޭއޭ2" ރޭޓިންއެއް
"ފިޗުގެ ލަފަޔާ އެކު ވަށައިޖެހޭ ރިފޯމެއް ގެންނާނަން"
އިސްލާހީ އެޖެންޑާއިން ރޭޓިން މަތިވުމުގެ ފުރުސަތު ބޮޑު
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި
ފިޗް ރޭޓުގައި ރާއްޖެ މިފަހަރު ވެސް ބީ މައިނަސްގައި
"ރޭޓިން ދަށްކުރީ އިގްތިސާދަށް އައި ބަދަލަށް ނުބަލައި"
މޫޑީސްގެ އިންޒާރެއް: ދަރަންޏާ ހެދި ލޯނު ނުލިބިދާނެ!
ފައިސާ ޗާޕްކުރުމުގެ މައްސަލަ އަލުން ކޮމިޓީއަކަށް
"ފިޗުން ރާއްޖެއަށް ދިން ރޭޓިން ގަބޫލެއް ނުކުރަން"