Roadha Mihaaru
"ވީ ބޭފަވާ" ގެ ޓިކެޓް ވިއްކަން ފަށައިފި

"ވީ ބޭފަވާ"ގެ ޓިކެޓް ވިއްކަން ފަށައިފި، ފުރަތަމަ ޝޯގެ ޓިކެޓް 200ރ. އަށް

02 ނޮވެމްބަރ 2016

މި މަހުގެ 30 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާ ފިލްމް "ވީ ބޭވަފާ" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 30 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާ ފިލްމް "ވީ ބޭވަފާ" ގެ ޓިކެޓް މިއަދު އޮލިމްޕަހުން ވިއްކަން ފަށައިފި އެވެ.

ފުރަތަމަ ޝޯގެ ޓިކެޓް ވިއްކަނީ 200ރ. އަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100ރ. އަށެވެ.

ސަން ޝައިން ޕްރޮޑަކްޝަނާއި ކިޑްސް ޕްރޮޑަކްޝަނުން ގެނެސްދޭ "ވީ ބޭވަފާއަކީ" މަޝްހޫރު ކެމެރާމަން އިބްރާހީމް ވިސާން (ކަނޑި) ގެ ފުރަތަމަ ޑައިރެކްޝަނެވެ.

މި ފިލްމް އޮލިމްޕަހުގައި ޕްރިމިއާ ކުރާ ރޭ، އާބާދީ ބޮޑު ބައެއް އަތޮޅުތަކުގައި ވެސް ފިލްމް އަޅުވަން ވަނީ ނިންމައިފަ އެވެ.

އޮލިމްޕަހުގައި ފިލްމްގެ 10 ޝޯ ދައްކަން މިހާރު ވަނީ ހަމަޖެހިފަ އެވެ.

ލޯބީގެ ހާދިސާތަކެއްގެ މައްޗަށް މަހުދީ އަހުމަދާއި އަހުމަދު ޒަރީރު ލިޔެފައިވާ ސްކްރީންޕްލޭއަކަށް ހަދާފައިވާ "ވީ ބޭވަފާ" ގެ ކާސްޓުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެންމެ މަޝްހޫރު ތަރިންނެވެ. އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ނިއުމާ މުހައްމަދު، އަބްދުﷲ މުއާޒް (މުއާ)، ފާތުމަތު ފަރީލާ އަދި ޒީނަތު އައްބާސް ހިމެނެ އެވެ.

ތަޖުރިބާކާރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ގެ ސިނެމަޓޮގްރަފީ ފެނިގެންދާ "ވީ ބޭވަފާ" އަކީ ރ. އުނގޫފާރުގައި ޝޫޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ ވެސް ބެލުންތެރިންނަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ހުސައިން ސޮބާހް މިއުޒިކް ހަދައި ދީފައިވާ "ވީ ބޭވަފާ" ގައި ހިމެނޭނީ އަމިއްލަ ރާގުގެ ލަވަތަކެވެ. ފިލްމުގެ ބެކް މިއުޒިކް ހަދައިފައި ވަނީ އައްޔުމަން ޝަރީފެވެ.

"ވީ ބޭވަފާ" އަކީ މި އަހަރު އަޅުވާ ހަ ވަނަ ފިލްމެވެ.