Roadha Mihaaru
ކުށުގެ ރެކޯޑް ސާފުކޮށް ދޭން ފަސޭހަ އިންތިޒާމެއް

އިންތިޚާބަށް ކުށުގެ ރެކޯޑް ސާފުކޮށްދޭން ހައި ކޯޓުން ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފި

01 ނޮވެމްބަރ 2016

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް ބަންދު ދުވަސްތަކާއި ނުރަސްމީ ނުރަސްމީ ގަޑިތަކުގައި ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް ބަންދު ދުވަސްތަކާއި ނުރަސްމީ ނުރަސްމީ ގަޑިތަކުގައި ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 15 ވަނަ ދުވަހު ހަމަވާއިރު އިންތިޚާބުގައި ވާދަ ކުރާ ފަރާތްތަކުގެ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑާއި ސާފުކޮށްދިނުމުގެ ޚިދުމަތް ނުރަސްމީ ގަޑިތަކުގައި ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށެވެ.

ރަސްމީ ދުވަސްތަކުގައި ރޭގަނޑު 8:00 އާ ހަމައަށް އެ ޚިދުމަތް ދޭއިރު ހޮނިހިރު ދުވަސްތަކުގައި ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ވެސް އެ ޚިދުމަތް ދޭނެ ކަމަށް ކަމަށް ހައި ކޯޓުގެ ސްޕޯކްސްޕާސަން އަމީން ފައިސަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ފޯމް ހުށަހަޅާ ދުވަހު ރެކޯޑް ސާފުކޮށްދެވޭތޯ،" އަމީން ވިދާޅުވި އެވެ.

ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ މީހުންނާއި ޖިނާއީ ކުށެއް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ މީހުންނާއި އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކާއި ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ވިޔަފާރި ކުރުން ނުވަތަ ބޭނުން ކުރުމުގެ ކުށް ސާބިތުވެފައި ތިބޭ މީހުންނަށް ކައުންސިލް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އަދި ކުޑަކުއްޖަކާ ބެހުމުގެ ކުށް ނުވަތަ ރޭޕްގެ ކުށެއް ސާބިތުވެފައިވާ މީހުންނަށް ވެސް އެ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.