Roadha Mihaaru
ޔުނާންގެ ދެމަފިރިންނަށް ބޮޑެތި ދައުވާތަކެއް ކޮށްފި

ކުޑަކުދިންނާ ބެހިގެން ޔުނާނަށް ނުވަ ދައުވާއެއް، ރިހުލާ އަށް ފަސް ދައުވާއެއް އުފުލައިފި

02 ނޮވެމްބަރ 2020

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިންނަށް ދައުވާކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި، ފިލްމީ ތަރި މުހައްމަދު ޔުނާންގެ ދެމަފިރިންނަށް ދައުވާކުރަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ އަހަރާއި މި އަހަރުގެ އެކި ދުވަސްމަތިން، 18 އަހަރު ނުފުރޭ ކުޑަކުދިންތަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ގދ. ހޯނޑެއްދޫ، އަލަމާގެ، މުހައްމަދު ޔުނާންގެ މައްޗަށް ނުވަ ދައުވާއަކާއި ކ. މާލެ، ނަރުގިސްމާގެއާގެ، ފާތިމަތު ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރަން ފޮނުވާފައިވާ ކަމަށެވެ.

މި މީހުންގެ މައްޗަށް ދައުވާކުރަން މި ފޮނުވީ، އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ޔުނާންގެ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކުރުމަށް ފަހުގަ އެވެ.

ޔުނާނަށް ކުރާ ދައުވާތަކާއި އަދަބު

1- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ބަޔަކު ޖިންސީ އަމަލެއް ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުން. (އަދަބު: 15-18 އަހަރުގެ ޖަލު ހުކުމެއް)

2- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ބަޔަކު ޖިންސީ އަމަލެއް ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުން. (އަދަބު: 15-18 އަހަރުގެ ޖަލު ހުކުމެއް)

3- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުން. (އަދަބު: 15-18 އަހަރުގެ ޖަލު ހުކުމެއް)

4- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުން. ((އަދަބު: 15-18 އަހަރުގެ ޖަލު ހުކުމެއް)

5- އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުން. (އަދަބު: 20-25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

6- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުން. (އަދަބު: 15-18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

7- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުން. (އަދަބު: 15-18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

8- އޮރިޔާންކާޑު ގެންގުޅުން. (އަސާސީ އަދަބު: އެއް އަހަރާއި ހަ މަހަށް ޖަލަށް ލުން)

9- އޮރިޔާންކާޑު އުފެއްދުން. (އަސާސީ އަދަބު: އެއް އަހަރާއި ހަ މަހަށް ޖަލަށް ލުން)

ރިހުލާ އަށް ކުރާ ދައުވާތަކާއި އަދަބު

1- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުން. (އަދަބު: 20-25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

2- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުން. (އަދަބު: 15-18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

3- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުން. (އަދަބު: 15-18 އަހަރާ ދެމެދުގެ ޖަލު ހުކުމެއް)

4- އޮރިޔާންކާޑު ގެންގުޅުން. (އަސާސީ އަދަބު: އެއް އަހަރާއި ހަ މަހަށް ޖަލަށް ލުން)

5- އޮރިޔާންކާޑު އުފެއްދުން. (އަސާސީ އަދަބު: އެއް އަހަރާއި ހަ މަހަށް ޖަލަށް ލުން)

ކުޑަކުދިންނާ ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަތަކުން އަމަލުކުރުމުގެ ގާނޫނުގެ ދަށުން މި ދެމަފިރިންގެ މައްޗަށް ދައުވާކުރަން ކޯޓަށް ހުށަހެޅީ މިއަދު އެވެ.