Roadha Mihaaru
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

01 ނޮވެމްބަރ 2020

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފި އެވެ.

ޖޭއެސްސީން މިއަދުު ކުރި އިއުލާނެއްގައިވާ ގޮތުން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހޯދަނީ ކޮންމެ ކޯޓަކަށް ފަނޑިޔާރެކެވެ. އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

އެ ދެ މަގާމުގެ ތައުލީމީ ޝަރުތަކީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީއެއް އޮތުމާ އެކު ވަކީލު ކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި މަދުވެގެން ދެ އަހަރުުގެ ތަޖްރިބާ ހުރުމެވެ. އަދި އުމުރުން 25 އަހަރު ވެފައި ހުރުމަކީ ވެސް ޝަރުތެކެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 46،000ރ. ލިބެ އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާން ކުރީ އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އިބްރާހިމް އަލީ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އޭނާ އިސްތިއުފާ ދެއްވުމާއި ސިވިލް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހަސަން ޝަފީއު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައި ވަނިކޮށެވެ.