29 އޮކްޓޯބަރ 2020
މީހަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
މީހަކަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ލީގަލް ރިފޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
އިންޑިއާގެ މީހެއް ކަމަށްވާ ޑރ. އަލަކާ ސިންގަށް 150،000 ޑޮލަރު ދައްކަން ނަޝީދުގެ މައްޗަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ އަލަކާ އިންވެސްޓްކުރި "ބަރުތީލަ" ނަމަކަށް ކިޔާ ކަނޑު އުޅަނދެއް އެހެން މީހަކަށް ވިއްކާލުމުގެ މުއާމަލާތަކާ ގުޅިގެންނެވެ. އެ އުޅަނދު އެހެން މީހަކަށް ވިއްކާލާފައިވަނީ ބޭނުންވި އަގަށް ވުރެ ކުޑަ އަގެއްގައި ކަމަށް ވާތީ އެކަމުގެ ބަދަލެއްގެ ގޮތުން 150،000 ޑޮލަރު ނަޝީދު ދޭން އެއްބަސްވެފައިވާ ކަމަށް ބުނެ އެވެ. އެކަމަކު ނަޝީދުގެ ފަރާތުން ބުނެފައިވަނީ އެކަމުގައި ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތް ކަމަށެވެ.
އެ މައްސަލަ ނަޝީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރި އީމެއިލްތަކުގައި، އެ ފައިސާ އަކީ ނަޝީދުގެ ފަރާތުން ލާޒިމްވުމެއް ނެތި ދިނުމަށް ހުށަހަޅާ ފައިސާއެއް ކަމަށް ބުނުމުން އަލަކާ ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ނަޝީދުގެ އެ ހުށަހެޅުމުގެ ނިޔަތަކީ ކޮބައިކަން އެ އުޅަނދު އެހެން މީހަކަށް ވިއްކާލުމުގެ ކުރިން އޭނާ ސާފުކޮށް ދީފައިވާ ކަމަށާއި އެހެންވެ، ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނަޝީދާ އެކު ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، 150،000 ޑޮލަރު ދައްކަން ނަޝީދުގެ މައްޗަށް ކުރި ހުކުމް ބާތިލްކުރާ މައްސަލަ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ ހުކުމް ބާތިލް ކުރިޔަސް، ނަޝީދުގެ ފަރާތުން އެ މައްސަލާގައި ދަށު ކޯޓަށް ހުށަހެޅި ރައްދު ދައުވާ އެ ކޯޓުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި އެ ހުކުމުގައިވަނީ ނަޝީދު ހުށަހެޅުއްވި ރައްދު ދައުވާ އަކީ އެ މައްސަލައިގެ ތެރެއިން ވަޒަން ކުރެވިގެންދާނެ ވާގިއާތަކާ ގުޅުންހުރި ދައުވާއަކަށް ނުވުމެވެ. އަދި އެ ފައިސާ ދައްކަން ނަޝީދަށް ދަށު ކޯޓުން ދިން މުއްދަތުގެ ސަބަބުން އޭނާގެ އިސްތިއުނާފީ ހައްގަށް އުނިކަމެއް އައިސްފައި ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހާތިފް ހިިލްމީ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު
ކައިޒީންގެ ޝަރީއަތް މަޑުޖައްސާލަން އަންގައިފި
286މިލިއަންގެ ޖޫރިމަނާ :ސުޕްރީމް ކޯޓުން ނާކާމިޔާބު
ތަހުވީލުކޮށްފިނަމަ އިސްތިއުނާފް ނިމެންދެން މަޑުޖައްސަނީ
ހުކުމް ތަންފީޒު ފަސްކުރުމަށް އާ ބާވަތުގެ އަމުރެއް
ހުކުމް ފަސްކުރިޔަސް، ކޯޓަށް ފައިސާ ދައްކަން އެންގިދާނެ
ރެކޯޑް އަދަދެއްގެ ޖޫރިމަނާ ދައްކަންކުރި ހުކުމް ބާތިލް
ޖޫރިމަނާތައް މާ ބޮޑުވާ ނަމަ ކުޑަކުރަން ޖެހޭނެ:ހައިކޯޓު
"ޝަރީއަތް ފަށާފައި ދައުވާ އިސްލާހުކުރަން ނުގެންދެވޭނެ"
ގާނޫނީ ފަންނުގެ ބިލް މަޖިލިހުން ފާސްކޮށްފި