Roadha Mihaaru
އެންއައިސީގެ ކުރީގެ ރައީސް ސިޔާސީ ޕާޓީއެއް ހަދަނީ

އެންއައިސީގެ ކުރީގެ ރައީސް މާނިއު ސިޔާސީ ޕާޓީއެއް ހަދަނީ

27 އޮކްޓޯބަރ 2020

ނެޝަނަލް ޑިމޮކްރަޓިކް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ނެޝަނަލް ޑިމޮކްރަޓިކް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.

އީސީން ކުރި ޓްވީޓެއްގައި ބުނީ ސިޔާސީ ޕާޓީއެއް ހެދުމުގެ މަސައްކަތް ޔޫސޫފް މާނިއު، ގ. އަތާ، އަށް ދީފައިވާ ކަމަށެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއް

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިން ނަމަވެސް ޕާޓީ ރަޖިސްޓްރީކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮއި ހަމަކޮށް، އަދި މަދުވެގެން 300 މީހުން ބައިވެރިވެ، ޕާޓީ އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމުންނެވެ.

އެންމެެ ފަހުން އީސީ އިން ރަޖިސްޓްރީކޮށްދިނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި މައުމޫން ރިފޯމް މޫވެމެންޓް (އެމްއާރްއެމް) ޕާޓީ އެވެ.