22 އޮކްޓޯބަރ 2020
ރާއްޖެ އާއި އެމެރިކާ އިން ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވާނެ ކަމަށާއި އެމެރިކާ އިން އިސް އުފައްދާފައިވާ "އިންޑޯ-ޕެސިފިކް އެލަޔަންސް" އާ ރާއްޖެ ގުޅުމުގެ މަގު ފަހިވާނެ ކަަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލީ ޓެޕްލީޒް ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި އެމެރިކާ އިން ސޮއިކުރި ދިފާއީ އެއްބަސްވުމުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވާނެ ކަމަށާއި އެމެރިކާ އިން އިސް އުފައްދާފައިވާ "އިންޑޯ-ޕެސިފިކް އެލަޔަންސް" އާ ރާއްޖެ ގުޅުމުގެ މަގު ފަހިވާނެ ކަަމަށް ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލީ ޓެޕްލީޒް ވިދާޅުވެއްޖެ އެވެ.
"ނިކީ އޭޝިއަން ރިވިއު" އަށް ޓެޕްލީޒް ވިދާޅުވި ގޮތުގައި ރާއްޖެ އާއި އެމެރިކާ އިން މިދިޔަ މަހު އެއްބަސްވުމުގައި ސޮއިކުރުމުން، އެމްއެންޑީއެފާއި އެމެރިކާ ސިފައިން ގުޅިގެން އޮޕަރޭޝަންތައް ހިންގުން ކުރިއަށް ވުރެ ފަސޭހަ ވާނެ އެވެ. އެމެރިކާ ސިިފައިންނާ އެކުގައި ރާއްޖޭން މީގެ ކުރިން ވެސް ތަފާތު ތަމްރީނުތަކުގައި ބައިވެރިވެފައިވާކަން ސަފީރު ފާހަގަކުރެއްވި އެވެ. އަދި އިންސާނީ އެހީ ދިނުމާއި ކާރިސާތަކުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރަން މިދިޔަ އަހަރު ހިންގި "ޕެސިފިކް އެމްފީބިއަސް ލީޑާސް ސިމްފޯޒިއަމް"ގައި ރާއްޖޭގެ ސިފައިން ބައިވެރިވިކަން ޓެޕްލީޒް ވަކިން ފާހަގަކުރައްވާފައިވެ އެވެ.
"އެ މީހުން ވަނީ އެމެރިކާގެ މެރީންސްއާ އެކު ތަމްރީނުތައް ހަދައި ޑިފެންސް ޓެކްޓިކްސް ދަސްްކޮށްފައި. އަދި އެމެރިކާގެ އެއާފޯސްއާ އެކު މެޑިކަލް އިމަޖެންސީ ތަމްރީނުތައް ހަދާފައި،" ޓެޕްލީޒް ވިދާޅުވި ކަމަށް ނޫހުގައި ބުނެފައިވެ އެވެ.
ޓެޕްލީޒް ވިދާޅުވެފައިވާ ގޮތުގައި އިންޑޯ ޕެސިފިކް ސަރަހައްދަކީ ހުޅުވައިލެވިފައިވާ މިނިވަން ސަރަހައްދެއްގެ ގޮތުގައި ބާއްވަން އެމެރިކާ އިން އިސް ނަގައިގެން އުފައްދާފައިވާ އެލަޔަންސާ ރާއްޖޭން ގުޅުމުގެ ފުރުސަތު ވެސް މި އެއްބަސްވުމުން ފަހިވެގެންދާނެ އެވެ.
ބޭރުގެ ބައެއް ނޫސްއެޖެންސީތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖެ އާއި އެމެރިކާއާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ 2013 ވަނަ އަހަރު އެމެރިކާއާ އެކު ރާއްޖޭން ސޮއިކުރަން އުޅުނު ފަދަ އެއްބަސްވުމެކެވެ. އެކަމަކު އެފަހަރު އެއްބަސްވުމުގައި ސޮއި ނުކުރެވުނީ އިންޑިއާގެ ކަންބޮޑުވުންތައް ހުރުމުން ކަމަށާއި މިފަހަރު ސޮއިކުރީ އިންޑިއާގެ ރުހުމާ އެކުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
"ރާއްޖޭން އެ ބުނާ ބުނުން މިއަށްވުރެ ވަކި ސާފެއް ނުވާނެ. އެ ބުނަނީ ރާއްޖެ އަކީ އިންޑޯ-ޕެސިފިކްގެ ބައިވެރިއެކޭ،" ދަ ވަޔާ ނޫހާ ވާހަކަ ދެއްކެވި އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ ކުރިން ބުނެފައިވެ އެވެ.
އިންޑޯ-ޕެސިފިކް އެލަޔަންސަކީ އިންޑިއާ ކަނޑުގެ ސަަރަހައްދުގައި ޗައިނާގެ ނުފޫޒުގަދަކުރަން ކުރާ މަސައްކަތަށް ހުރަސް އަޅަން އުފައްދާފައިވާ އިއްތިހާދެކެވެ. އެެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އަންނަ ހަފްތާގައި މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖެ އާއި ސްރީ ލަންކާގެ އިތުރުން ދެން ވަޑައިގަަންވަން ހަމަޖެހިފައި އޮތީ އިންޑޯ-ޕެސިފިކްގެ މުހިއްމު ގައުމުތައް ކަމަށްވާ އިންޑިއާ އާއި އިންޑޮނީޝިއާއަށެވެ.
އެމެރިކާ މަނަވަރެއް ހުއްދަނެތި ރާއްޖޭގެ ކަނޑަށް ވަދެފި
ރާއްޖެ-އެމެރިކާ އެއްބަސްވުމަށް އިންޑިއާގެ ތާއީދު
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
ސިވިލިއަނުން ގެންނަނީ އިންޑިއާ ސިފައިން ތިބި އަދަދަށް
އުޅަނދުތައް ދުއްވަން އިންޑިއާ ސިވިލިއަނުން ރާއްޖެއަށް!
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން