14 އޮކްޓޯބަރ 2020
މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ޔާމީން ގަބޫލުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ޔާމީން ގަބޫލުކުރައްވާ ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާ ބެހޭ ގޮތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއިން، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ނަޝީދަށް އަމާޒުވި ފާޑުކިޔުމަށް ރައްދު ދެއްވަމުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޖޭއެސްސީގައި އިންނެވުމަށް ޔާމީން ބޭނުންފުޅުވާނެ ކަމަށެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މިހާރު ދައްކަވަނީ ބޯހަމަނުޖެހޭ ވާހަކަ ކަމަށެވެ. ޖަމީލް ވިދާޅުވީ ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި އެ މަނިކުފާނަށް އިންސާފު ނުލިބުމުގެ އެންމެ ބޮޑު ސަބަބަކީ ޖޭއެސްސީގައި ނަޝީދާއި ސަރުކާރުގެ ނުފޫޒު އޮތުން ކަމަށެވެ.
"ޖޭއެސްސީން ވަނީ ފާޅުގައި ރައީސް ޔާމިންގެ ޝަކުވާތަކަށް ހުރަސް އަޅާފައި،" ޖަމީލް ވިދާޅުވި އެވެ.
ނަޝީދު ބޭނުންވަނީ އިންތިގާލީ އުއްތަމަ ފަނޑިޔާރުކަން ކުރައްވަންތޯ ވެސް ޖަމީލް އައްސަވާފައިވެ އެވެ.
ނަޝީދު ވަނީ ރާއްޖޭގައި އިންސާފު ގާއިމް ނުވެއްޖެ ނަމަ ކުރީގެ ރައީސުންނަށް ލިބޭނެ އަނިޔާ އާއި ގެއްލުން އިންތިހާއަށް ބޮޑުވާނެ ކަމަށާއި އެކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެހެންވެ ޖޭއެސްސީގައި އިންނަވައިގެން ކުރައްވާ ހުރިހާ ކަމެއް ވެސް ކުރަނީ އިންސާފުން ކަމަށާއި ޔާމީނަށް ވެސް އިންސާފު ލިބޭނީ ޖޭއެސްސީގައި ނަޝީދު އިންނަވައިގެން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގަ ރައީސް ޔާމީން މިވަގުތު އެންމެ ބޭނުންވެވަޑައިގަންނަވާނެ ކަމަކީ އަޅުގަނޑު ޖޭއެސްސީގައި އިނުން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު މިއީ އިންސާފު ނެތަތީ އެކަން ވަރަށް ގާތުން ތަޖުރިބާ ކޮށްފައި ހުރި މީހެއް. އެންމެ ފަހަރަކު ދެފަހަރަކު ނޫން،"
ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އޮންނަ ގޮތުން ޖޭއެސްސީގެ މަގާމަކީ އެ މަނިކުފާނަށް ދޫކޮށްލެވޭނެ މަގާމެއް ނޫން ކަމަށެވެ.
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ވައުދެއް ނަމަވެސް އެކަން ލަސްވަމުން ދާތީ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ބެނާ ނަގަން އަމުރު ހޯދި ސަބަބު ހައި ކޯޓަށް ސާފެއްނޫން
ދެ ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް
ނަޝީދު ބޭނުންވަނީ ޖޭއެސްސީގައި މެމްބަރަކު އިނުން
ޖޭއެސްސީ ހިމަނަންވީ ނިޒާމީ ބަދަލުގެ ތެރޭގައި: ނަޝީދު
އަލީ ވަހީދު "ފުރުވާލުން": ނަޝީދު ހިމޭނުން!
ގާޒީ ބާރީ އާއި މެޖިސްޓްރޭޓަކު މިއަދު ވަކިކުރަނީ
ޖޭއެސްސީ ކޮމްޕޮޒިޝަން ބަދަލުކުރުން ލަހެއް ނުވޭ: ނަޝީދު
ޖޭއެސްސީ ބަދަލުކުރާ އިސްލާހު ބޭރުކޮށްލައިފި
ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާ އިސްލާހު އެޖެންޑާކޮށްފި
ހައި ކޯޓަށް ފަރުހީޒާ އާއި ޝަފީއު