ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނުނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހަށް އެޖެންޑާކޮށް، އެ ބިލްގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފި އެވެެ. ފުރަތަމަ ކިޔުން އިއްވުމާ އެކު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ވަކި މުއްދަތެއް ދިނުމަށް ފަހު ދެން އޮންނާނީ އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ބަހުސް ފެށުމެވެ.
14 އޮކްޓޯބަރ 2020
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނުނޫނުއަސާސީ އަށް ހުށަހެޅި އިސްލާހު މަޖިލީހަށް އެޖެންޑާކޮށް، އެ ބިލްގެ ފުރަތަމަ ކިޔުން މިއަދު އިއްވައިފި އެވެެ. ފުރަތަމަ ކިޔުން އިއްވުމާ އެކު، މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ވަކި މުއްދަތެއް ދިނުމަށް ފަހު ދެން އޮންނާނީ އެކަމާ މެދު މަޖިލިހުގެ ތަޅުމުގައި ބަހުސް ފެށުމެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އިސްލާހެއް ހުށަހެޅުއްވީ، އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ ނިޒާމުގައި ރައީސާއި ވަޒީރުން ޒިންމާދާރުކުރުވޭވަރު ކުޑަކަމުން ރައީސްގެ ބާރު މާ ގަދަކޮށް އޮންނާތީ އެވެ.
ރައްޔިތުންގެ މަޖިލިހަށް ބިލް ހުށަހެޅުއްވުމުގެ ކުރިން "މިހާރު" އަށް ޖާބިރު ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ހެޔޮގޮތުގައި ހިންގޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ.
"މި ނިޒާމުގައި ރައީސް އެ ހުންނަވަނީ ރަސްކަލެއްހާ ބާރުގަދަކޮށް. ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތް. މީހުން ނުވެސް ދަންނަ ބަޔަކު ވަޒީރުންނަށް ލީމާ ކޮރަޕްޝަން ހިންގަވާފައި، އެ ބޭފުޅުން އެ ތިއްބަވަނީ ފިއްލަވައިގެން. ގައުމެއް ނުހިނގާ. ގައުމު މި އޮތީ ބަނޑަށް ޖެހިފައި،" ޖާބިރު އޭރު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމުގެ ފައިދާތަކުގެ ގޮތުގައި ޖާބިރު ދެ ކަމެއް ދެއްކެވި އެވެ. އެއީ ސަރުކާރުގެ އެންމެ އިސްވެެރިޔާ (ބޮޑުވަޒީރު) އަދި އެހެން ވަޒީރުން ވެސް ވަޑައިގެން ރައްޔިތުންގެ މަންދޫބުންގެ ތެރޭގައި އަތުޖެހޭ ހިސާބުގައި ތިއްބެވުމެވެ. ދެވަނަ ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ވަޒީރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބަޔަކަށް ވާނެތީ އެ ބޭފުޅުން ވެސް ޒިންމާދާރުވާނެ ކަމެވެ.
"ބަރުލަމާނީ ނިޒާމަކީ ވަރަށް ކާމިޔާބު ނިޒާމެއް. ސީޝެލްސް، މޮރިޝަސް އަދި ބޮޑެތި ގައުމުތަކަށް ބަލަންޏާ ޔޫކޭ، ޖާމަނީ، އިޓަލީ މިހެން ގޮސް ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ގައުމެއްގައި އެ ނިޒާމު އެ ގެންދަނީ ކާމިޔާބު ކަމާ އެކު ހިންގަމުން،" ޖާބިރު ވިދާޅުވި އެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމު ގެންނަން އެދިވަޑައިގަންނަވާ ކަމަށް އެންމެ ގިނައިން ވިދާޅުވާ ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެެވެ. ނިޒާމު ބަދަލުކުރަން ޖާބިރު އިސްލާހު ހުށަހެޅުއްވުމުން ނަޝީދު އިއްޔެ ވިދާޅުވީ އެ އިސްލާހު އޮތީ އެދިވަޑައިގަންނަވާ ގޮތަށް ނޫން ކަމަށާއި މިއީ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަން ރަނގަޅު ވަގުތު ވެސް ނޫން ކަމަށެވެ.
"ތަކުރާރުކޮށް އަޅުގަނޑު ދަންނަވާލާނަން، އިސްލާހަކަށް އަޅުގަނޑު ވެސް އެދެން. އެހެން ނަމަވެސް އަޅުގަނޑު ނުދެކެން މިއީ އަޅުގަނޑުމެން އެ ބަހުސް ހިންގާންވީ ވަގުތު ކަމަކަށް ވެސް. އަދި މި އިސްލާހު މިބަޔާން ކުރެވެނީ އެ މަގަށް ކަމަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނުއަސާސީ އިސްލާހު ކުރަމުން އައިސް، ވެރިކަމުގެ ނިޒާމު ކަނޑައެޅުމާ ހަމައަށް އައުމުން 2007 ގައި އެކަމާ ބެހޭގޮތުން ވޯޓެއް ނެގި އެވެ. އެ ފަހަރުގެ ވޯޓުން ފާސްވީ ރިޔާސީ ނިޒާމު ބޭއްވުމަށެެވެ. އެކަމަކު އޭރު އެމްޑީޕީން އެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ. އެ ޕާޓީން ތުހުމަތުކުރި ގޮތުގައި ނަތީޖާ ވަނީ އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ސަރުކާރުން އޮޅުވައިލަފަ އެވެ.
ނިޒާމީ ވޯޓުގައި އެމްޑީޕީ ފިޔަވައި ސިޔާސީ އެހެން އިސް ފަރާތްތަކުން ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ. އެމްޑީޕީން އޭރު ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
ބަރުލަމާނީ ނިޒާމު ގެންނަން ޖާބިރު ހުށަހަޅުއްވަނީ
ޔާމީން މިނިވަންކުރަން ގޮވާލައި ޖާބިރުގެ ގަރާރެއް
ދެން ހުށަހަޅާނީ ބަރުލަމާނީ ނިޒާމެއް ގެންނަން: ޖާބިރު
އެމްޑީޕީ ނިމުނީ، ޗެއާމަނަކަށް ހުންނަވާނީ ޖާބިރު: އީވާ
"ބިލްތައް މަޑުޖެހިފައި ހުރީ ސަރުކާރާ މަޝްވަރާ ކުރާތީ"
"އަސްލަމް ގާނޫނާ ހިލާފުވި މައްސަލަ ކޯޓަށް ގެންދެވޭނެ"
ބަނގުރޫޓުވާ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަކަށް: އަަމީރު
"ވިޕަށް ވޯޓުނުދޭން ނިންމީ ރާއްޖެއަށް ގެއްލުންވެދާނެތީ"
ބިލެއް ނެތުމުން ބައިގަޑިއިރު ތެރޭ ޖަލްސާ ނިންމާލައިފި
އިންތިހާބުތަކަށް ނުފޫޒު ފޯރުވާކަމަށް ބުނެ މަޖިލީހަށް